ނޮދަން ޓެރިޓަރީގައި ފިރިހެނަކު ކޯރެއް ތެރެއަށް އެރި އުޅުނު ވަގުތު ކިނބުލެއް އޭނާގެ ޖިންސީ ގުނަވަން ކާލައިފިއެވެ.

އުމުރުން 42 އަހަރުގެ އެލްސްޓޮން ލާމީ ޖަންގަލި ތެރެއަށް ވަދެ އުޅުނީ ޝިކާރަ ކުރުމަށެވެ. މިހެން އުޅުމުގެ ތެރޭގައި އޭނާ ވަނީ އެތަނުގައި އޮތް ކޯރެއް ހުރަސް ކުރަން މަސައްކަތް ކޮށްފައެވެ. މިކަން އޭނާ ކުރަން އުޅުނީ ކޯރު ތެރޭ އޮތް ލަކުޑި ބުރިއެއް މައްޗައް އަރައިގެންނެވެ.

ނަމަވެސް ލަކުޑި ބުރިއެއް ކަމަށް ހީކޮށް ލާމީ އަށް ހަގީގަތުގައި އަރައިގެން ހުރެވުނީ 12 ފޫޓު ދިގު ކިނބުލެއް މައްޗައްކަން އެނގުނުތާ 15 ވަރަކަށް ސިކުންތު ފަހުން އެ ކިނބޫ ވަނީ ކުއްލިއަކަށް ލާމީ ކޯރު ތެރެއަށް ވައްޓާލައި އޭނާގެ ކަނާތު ފައިގައި ދަތް އަޅާފައެވެ. އެއަށް ފަހު އެ ކިނބޫ ވަނީ އޭނާގެ ޖިންސީ ގުނަވަންވެސް ކާލާފައެވެ.

ލާމީ ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންދަން ތައްޔާރު ވަނީ

"އެއީ ކިނބުލެއްކަން އެނގި އޭތީގެ ލޮލަށް ބަލައިލި ވަގުތު އެ ކިނބޫ އޮތީ އަހަންނާއި ދިމާލަށް ބަލަހައްޓައިގެން. އޭތި ބުނާ ކަހަލަ ކަލޭ ތީ އަހަރެންގެ ކާނާ އޭ" ލާމީ ބުނެފައި ވެއެވެ.

ލާމީ އަށް އޭތި އިތުރަށް ހަމަލާ ދިނުމުގެ ކުރިން އޭނާ ވަނީ ކިނބުލުގެ ނޭފަތް މަތީގައި ވަރަށް ބާރަށް 3 ފަހަރު ޖަހާފައެވެ. އެއަށް ފަހު އޭނާ އޮތީ ކިނބުލުގެ ތުނބުގައި ހިފައިގެންނެވެ. މިވަގުތު ތެރޭގައި ލާމީގެ ކުއްތާތައް ލާމީ އާއި އެކު ޝިކާރަ ކުރަން އައި އެކުވެރިޔާގެ ސަމާލުކަމަށް އެކަން ވަނީ ގެނެސްފައެވެ.

އޭނާގެ އެހީތެރިކަމާއި އެކު ލާމީ ވަނީ އިތުރު ގެއްލުމެއް ނުހޯދައި އެއްގަމަށް އަރައިފައެވެ. ލާމީ ވަގުތުން ހެލިކޮޕްޓަރެއްގެ އެހީގައި ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ޑޮކްޓަރުން ކުރަން ޖެހޭ އޮޕަރޭޝަންތައް ކުރުމަށް ފަހު ލާމީގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޔާންބެތް

    ހާދަ ހަޔާތްކުޑަ ކިނބުލެކޭ

    101
    3
    • މަންޖެ

      މަ ހީހީ ހަލާކު ވެއްޖެ...

      42
      16
  2. ދޮށީކޮއި ޢަލީގެ މުޙައްމަދު

    އެވާނީ އަންހެން ކިނބުލަކަށް

    16
    3
  3. ނަލަގޮމާ

    ތިވާނީ އަންހެން ކިނބުލަކަށް

    15
    4
  4. ޅޮހިބޭ

    އެއީ ހިތާނު ނުކުރާތީ

    1
    1
    • ކަސިމު

      ޢަސްލު

  5. ޕިސްޕިސް

    މީހަކަށް އެހާބޮޑު އަނިޔާއެއް ވީމައިވެސް، ކަލޭމެން ތި ހަޖޫ ޖަހަނީ އެވެ. ތީގެން ދޭހަވަނީ، އިންސާނިއްޔަތު ކަމެއް ނެތްކަމާއި، ކަލޭމެންގެ ޖާހިލު ކަމެވެ.

    23
    2
  6. ާކަލޮ

    ސަހަަދަށް.............