ނެޕީ ހަޑިކުރުމުން މަންމަ އަކު އެންމެ 20 މަހުގެ ތުއްތު ކުއްޖަކަށް އަނިޔާކޮށް މަރާލައިފިއެވެ.

އަމިއްލަ ދަރިއަކު މަރާލުމާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ގޯޖިއާ އަށް ނިސްބަތްވާ ޓްރިންޓީ ޕިޓްމަން ކިޔާ 23 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ޓްރިންޓީގެ ތުއްތު ދަރިފުޅަށް އަނިޔާ ކުރުމަށް ފަހު ހޮސްޕިޓަލަށް ގެންދިޔައީވެސް ހަމަ އޭނާއެވެ. އަދި ހޮސްޕިޓަލަށް ގޮސް ބުނެފައި ވަނީ އެކުއްޖަ އަށް އަނިޔާވެފައި ވަނީ ސިޑިން ވެއްޓިގެން ކަމަށްވެސް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެހެން ނަމަވެސް ކުއްޖާ އަށް ފަރުވާ ދެމުން ގެންދިޔަ ޑޮކްޓަރުންނަށް އެކުއްޖާ އަށް އަނިޔާ ވެފައި ވަނީ ސިޑިން ވެއްޓިގެން ނޫން ކަމަށާއި އެއީ މީހަކު ގަސްދުގައި ކޮށްފައިވާ އަނިޔާތަކެއް ކަމަށް ލަފާކުރެވިގެން މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި އަނިޔާތަކުގެ ސަބަބުން އެކުއްޖާގެ އެތެރެހައްޓަށްވެސް އަނިޔާ ވެފައި ވާކަމަށާއި ފުއްޕާމެއަށްވެސް އެކަމުން އަސަރުކޮށްފައިވާކަމަށް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މިހާތަނަށް ތަހުގީގަށް އެނގިފައިވާ މައުލޫމާތު ތަކުން ހާމަވާ ގޮތުގައި ޓްރިންޓީ އެކުއްޖާ އަށް އަނިޔާ ކޮށްފައި ވަނީ ނެޕީ ހަޑިކުރުމުން ކަަމަށާއި، އަނިޔާ ކުރުމަށްފަހު އެކުއްޖާ ނިންދަވައިފައި ވާނޭ ކަމަށް އޭނާ ބުނިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އޭގެ ފަހުން އެކުއްޖާގެ ބޮޑަށް ހުންނަ އުމުރުން 4 އަހަރުގެ ކުއްޖަކާއި ހަވާލުކުރުމަށް ފަހު ޓްރިންޓީ ދިޔައީ ވަޒީފާ އަށް ކަމަށާއި، އެކުއްޖާ އަށް ނޭވާ ނުލެވިގެން އުޅެން ފެށުމުން އެކަން އަންގާފައި ވަނީ ޓްރިންޓީގެ ލޯބިވެރިޔާ ކަމަށް ފުލުހުންނާ ހަވަލާދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި މައްސަލަ އަދިވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެއަންހެން މީހާގެ އެންމެ ބޮޑަށް ހުންނަ 4 އަހަރުގެ ފިރިހެން ކުއްޖާ އަށްވެސް މީގެ ކުރިން އަނިޔާކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. މޮހޮނާ

  ނުލަފާ.. ތިކަހަލަ މީހުން ރާއްޖޭގަވެސް އެބަތިބި. އަދަބު ނުދެވެނީ

  40
  1
 2. ހާރޓް

  މޭ ގޯޑް ކީޕް ޔޫ އިން ހެލް ފޮރެވަރ އެންޑް އެވަރ. އަމެން.

  17
  1