ހޮލީވުޑުން މިއަހަރު ނެރެފައިވާ އެންމެ ކާމިޔާބު އެއް ފިލްމު 'ދަ ޖޯކަރ' ގެ ފަރަންސޭސިވިލާތުގެ ޕެރިސްގެ ސްކްރީނިން ޝޯއެއްގެ ތެރެއިން މީހަކު ބާރަށް ﷲ އަކްބަރު އޭ ގޮވުމުން ޝޯ ހުއްޓުވާލައި، ސިނަމާ ހުސްކޮށްފިއެވެ.

ޕެރިސްގެ 'ގްރޭންޑް ރެކްސް' ސިނަމާގައި މިދިޔަ އާދީއްތަ ދުވަހު ކުރިއަށްދިޔަ ސްކްރީނިންގްގެ ތެރެއިން އެމީހާ އެންމެ ފުރަތަމަ، އެރޭ ފްރާންސް ގަޑިން 09:30 ވީއިރު ތެދުވެ ހަޅޭއްލަވާފައިވަނީ، "މި ފިލްމު ސިޔާސީ" އޭ ގޮވަމުންނެވެ. ފިލްމު ބަލަން ވަދެ ތިބި މީހުން އެމީހާ ކައިރީގައި ހިމޭންވުމަށް އެންގިއެވެ. އިރުކޮޅެއް ނުވަނީސް އެމީހާ ވަނީ އޭނާ އިށީންދެގެން ހުރި ގޮނޑި މައްޗަށް އަރައި، މޭ މަތީގައި އަތް ޖަހައިގެން ހުރެ ބާރަށް، ﷲ އަކްބަރު ގޮވަން ފަށާފައެވެ.

ފަރަންސޭސި ނޫހެއް ކަމަށްވާ 'ލަ ޕަރޭސިއަން' އިން ރިޕޯޓު ކުރާ ގޮތުން، އެ މީހާ ތަކްބީރު ގޮވަން ފަށައި، ފިލްމު ބަލަން ވަދެ ތިބި މީހުންގެ ތެރޭގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އެ ބިރުވެރިކަން އިތުރަށް ބޮޑުވީ، އޭނާގެ އަތުގައި ބަޑިއެއް އޮތް ކަމަށް ބައެއް މީހުން ބުނަން ފެށުމުންނެވެ. "ކުއްލި ސިހުމެއް އެތަނުން ލިބުނީ. މީހުން ސީޓުތައް މަތިން ފުންމަމުން ދިޔަ. ބައެއް އަންހެން ވެރިން ބިން މައްޗަށްވެސް ވެއްޓުނު." އެރޭގެ ޝޯވ އަށް ވަން ވިކްޓާ ކިޔާދިނެވެ.

އެރޭގެ އެ ކުއްލި "ހާލަތު" ގެ ސަބަބުން ސެކިއުރިޓީ ގާޑުން ވަގުތުން އެ ސިނަމާ ހުސްކުރުމުގެ މަސައްކަތް ފަށައިގަތެވެ. އެ މަސައްކަތުގެ ތެރޭގައި ތަކްބީރު ގޮވި މީހާ ދެނެގަނެވި، އެމީހާގެ ގައި މައްޗަށް ސިނަމާއަށް ދިޔަ ބައެއް މީހުންނާއި، ސެކިއުރިޓީން ފުންމައިގަތެވެ. ނަމަވެސް، އެމީހާ އަށް އެ ދޭތެރެއިން ދެމިގަނެ ސިނަމާއިން ބޭރަށް ދުވެފައި ނިކުމެވޭ ގޮތް ވިއެވެ. އޭނާ ހުއްޓުވާފައިވަނީ ސިނަމާ ބޭރުން ފުލުހުންނެވެ. ފުލުހުން އޭނާ ހައްޔަރުވެސް ކުރިއެވެ.

ފުލުހުން ފަހުން އޭނާގެ ނަން ހާމަނުކޮށް ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ހައްޔަރު ކުރެވުނީ 34 އަހަރުގެ ޕެރިސް އަށް އުފަން މީހެއް ކަމަށެވެ. އަދި އޭނާ އަތުން އެއްވެސް ހަތިޔާރެއް ފެނިފައިނުވާކަން ފުލުހުން ކަށަވަރު ކޮށްދިނެވެ. ސިނަމާ ހުސްކުރުމަށްފަހު އެތަނުގައި ބޮމެއް ނުވަތަ ހަތިޔާރެއް އޮތްތޯ ބެލުމަށް ކުއްތާ ބޭނުންކޮށްގެން، ފުލުހުންގެ ބޮން ސްކޮޑުން ވަނީ އެތަން ފާސްކޮށްފައެވެ. ނަމަވެސް، އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

ލަ ޕަރޭސިއަން އިން ބުނިގޮތުގައި ސިނަމާގެ އިސްފަރާތްތަކުންވެސް ދެކޭ ގޮތުން ޖޯކަރ ފިލްމަކީ ވަކި ކަހަލަ މީހުންނާ ގުޅޭ ފިލްމެކެވެ، ވެރިކަމުގެ ނިޒާމާ މުޅިން ދެކޮޅު ފަރާތްތަކުން ވަރަށް ބަލާހިތްވާ ފިލްމެއްގެ ގޮތުގައި އޮތީ ވެފައެވެ. ޖޯކަރ ފިލްމަކީ މިހާތަނަށް 17 އަހަރުން މަތީގެ މީހުންނާ ގުޅޭ، 'އާރް ރޭޓެޑް' ލޭބަލް ޖެހި އެންމެ ކާމިޔާބު އެއް ފިލްމެވެ. މިމަހުގެ 4 ވަނަ ދުވަހު ނެރުނު އެ ފިލްމަށް މިހާތަނަށް މުޅި ދުނިޔެއިން 850 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާޒިމާ ސަކޫރު

    އެހެން ގޮވުމަށްފަހު އެތައް ބޮންތަކެއް ގޮށްވާފަ އެބޮހުރި. މިހެން ކިޔާފަ ބޮން ގޮށްވާ މީހުން މަރާ މީހުން ގިނަވެފައިވަނިކޮށް މިފަދަ ގޮތަށް މީހުން ތެރޭ ބިރުވެރިކަން އުފައްދަން ވާނެތޯ . އަދި އަމުދުން މާ ދީނީ މީހަކަށް ވިއްޔާ މިއުޒިކާ އައުރަ ނިވާވުވާ އަންހެނުން ދައްކުވައިދޭ މިފަދަ ފިލުމެެއް ބަލަންގޮސް އެހެން ކިޔަން ޖެހޭ ސަބަބެއް ނޯންނާނެ . މިފަދަ މީހުން މީ ހަގީގީ ދީނަށް ފުރައްސާރަކުރާ މީހުން .

    30
    5
  2. ހުދުހުދު

    ސުބުހާނައްﷲ މި ކާފަރުން ތަކުބީރު ގޮވީމަ ހާދަ ބިރެކޭ މިގަންނަނީ.

    24
    7
    • Anonymous

      ބިރުނުގަތިއްޔާ ދެރަ. ޓަކުބީރުކިޔާފަ މީހުންމަރާމީހެއްދޯތީ

      6
      3
    • XD

      މަވެސް ބިރުގަންނާނެ. ލޮލް.

      6
      5
    • Anonymous

      ކޮން މައެއް

      2
      3
  3. ހުސޭނުބޭ

    ތަކްބީރު ގޮވާއަޑު އިވުމުން ޝައިޠާނުން ދުވެ ފިލާނެ! ތިވާނީ ފިލްމު ބަލަން ވަދެ ތިބީ މުޅިންވެސް ޝައިޠާނުންކަމަށް!

    10
    3