ޖައްވުގައި ހިނގާ ކަންތައްތައް ބެލުމަށް ބޭނުން ކުރަމުން އަންނަ ހަބްލް ޓެލެސްކޯޕް އަށް އާދަޔާއި ހިލާފު "މޫނެއް" ޖައްވުގެ ތެރެއިން ފެނިއްޖެއެވެ. މި މޫނުގެ ފޮޓޯއެއް ޔޫރަޕިއަން ސްޕޭސް އެޖެންސީ އިން އާއްމު ކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ފޮޓޯއަށް ލިބިފައެވެ.

ބާރުގަދަ ޓެލެސްކޯޕަށް ފެނުނު މަންޒަރަކީ އާއްމު ގޮތެއްގައި ނުފެންނަ ތަފާތު މަންޒަރަކަށް ވުމުން ސައިންސްވެރިން މި މޫނަށް ދީފައިވާ ނަމަކީ "ޖިންނިއެއްގެ މޫނެވެ." ނަމަވެސް މިއީ ބިރުވެރި ކަމެއް އެކުލެވިގެންވާ މޫނެއް ނޫން ކަމަށް ސައިންސްވެރިން ބުނެއެވެ.

މިމޫނު ފެނިފައި ވަނީ ދުނިޔެ އާއި 704 މިލިއަން އަލި އަހަރު ދުރުންނެވެ. މި މޫނުގައި ދެ ލޯގެ ސިފައިގައި ފެންނަމުން އެންދަނީ ދެ ދުންތަރިއެވެ.

"ދެ ދުންތަރި މިގޮތައް ފެނުން އެއީ ވަރަށް ނާދިރުކަމެއް. ދުންތަރިގެ ވަށައިގެން މޫނެއްގެ ބައްޓަމަށް ފެންނަމުން އެދަނީ ޖައްވުގައި ހުރި ގޭހާއި ކުނިބުންޏާއި ތަރިތައް. އެއީ ކުރިމަގުގައި ވަރަށް ތަފާތު ގޮތަކަށް ބަދަލު ވެގެން ދާނެ އެއްޗެހިތަކުން އުފެދިފައިވާ ރިންގެއް." ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި މިގޮތައް އުފެދޭ ރިންގެއް 100 މިލިއަން އަހަރަށް ދެމިގެން ދާނެއެވެ. ނަމަވެސް މިފަދަ ރިންގްތައް އުފެދެން މެދުވެރިވާ ހަޤީޤީ ސަބަބެއް އަދިވެސް ސައިންސްވެރިންނަކަށް ނޭނގެއެވެ.

ޖައްވުގެ ދިރާސާތައް ސައިންސްވެރިން ކުރަމުން އަންނަތާ މިހާރު އެތައް އަހަރެއްވީ ނަމަވެސް އަދިވެސް ސައިންސްވެރިންނަށް ހަޤީޤަތް ދެނެގަނެވިފައި ނުވާ އެތައް ކަމެއް ޖައްވުގައި ހިނގަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝޭކު

    ތީ މުސްލިމުންނަށް ބިރުދައްކަން ކުރަހާފަ ހުރި އެއްޗެއް

    2
    8
    • ގާބޯ

      ކިތަންމެ ނުރުހުނަސް އިސްލާމްދީނަށް ނަސްރު ލިބޭނެ.

      20
      2