ދާދި ފަހުން އެމެރިކާ އަސްކަރިއްޔާ އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އަމިއްލަ ޖާނު ގޮއްވާލައިގެން މަރުވެފައިވާ އައިއެސްގެ ލީޑާރު އަބޫބަކުރު އަލް-ބަޣުދާދީގެ ޖަނގިޔާ ވަނީ އެ އޮޕަރޭޝަނުގެ ކުރިން ވަގަށް ނަގާފައެވެ. ނަމަވެސް އެއީ ކީއްވެގެން ކުރި ކަމެއްކަން އެނގޭ ހެއްޔެވެ؟

ބަޣުދާދީގެ އަރިހުގައި އުޅުނު ޖާސޫސްވެރިޔާ އޭނާގެ ޖަނގިޔަލެއް ވަގަށް ނެގީ އެ ޖާސޫސް ނިސްބަތްވާ ކުރުދީ ހަނގުރާމަވެރިން ބުނެގެންނެވެ. އެއީ އެމެރިކާ ސިފައިން އެ އޮޕަރޭޝަން ހިންގުމުގެ ކުރިން އެތާ އެތެރޭގައި ބަޣުދާދީ ހުރިތޯ ޔަގީން ކުރުމުގެ ބޭނުމުގައެވެ.

މި އަހަރުގެ މެއި މަހުގެ 15 އިން ފެށިގެން ކުރުދީ ހަނގުރާމަވެރިން އެމެރިކާ އާއި ގުޅިގެން މަސައްކަތް ކުރަމުން އައި އިރު، ކުރުދީން ވަނީ ބަޣުދާދީ އޭނާ ހުރިތަން ސީރިޔާގެ އެއްކޮޅުން އަނެއްކޮޅަށް ބަދަލުކުރި އިރު އެކަމަށް ވަރަށް ފާރަލައިގެންނެވެ. މިގޮތުން އެމީހުންގެ އަމިއްލަ ސިފައިނެއް ބަޣުދާދީގެ އަރިސް މީހެއްގެ ގޮތުގައިވެސް އެމީހުން ހެދީ ވަރަށް ދުވަހުގެ މަސައްކަތުންކަން ފާހަގަކޮށްލެވެއެވެ.

ބަޣުދާދީ ޖާނު ގޮއްވައިލި ސަރަހައްދު

ކުރުދީން ބަޣުދާދީގެ ޖަނގިޔާ އެމެރިކާ ސިފައިން ޑީއެންއޭ ޓެސްޓު ހެދުމަށް ދިން ކަމަށް ބުނާއިރު އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމީހުން މި އޮޕަރޭޝަނުގައި ބޮޑު އެހީއެއް ވެދިންކަން ފާހަގަކޮށް، އެފަދަ ފަރާތްތަކުގެ އެހީ އާއި ނުލައި ބޮޑު އޮޕަރޭޝަނެއް ކާމިޔާބު ކަމާއި އެކު ނިންމައި ނުލެބޭނޭ ކަމަށް ބުނެފައެވެ.

ބަޣުދާދީ ހައްޔަރު ކުރަން ސިފައިން އައުމާއި އެކު އޭނާ އަށް ސަލާމަތެއް ނެތްކަން އެނގުމުން ވަނީ ބަންދުވެފައިވާ ބިންގަރާހެއް ތެރެއަށް ވަދެ އޭނާގެ 3 ކުދިންނާއި އެކު ޖާނު ގޮއްވާލައިގެން މަރުވެފައެވެ. އަދި މަރުވެފައި ވަނީ އޭނާ ކަންވެސް ޑީއެންއޭ ޓެސްޓުތަކުން ވަނީ ކަށަވަރު ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތޭރަ

    ކާފަރުން ގެ މީޑިއާތަކުގައި ފަތުރަމުންދާ ހުރިހާ ވާހަކަތަކެއް ވާނެ އިނގޭ ގަބޫލުކުރަން. ކޮން ޖަންގިޔާ އެއްތަ؟ ކިހިނެއްތަ އިނގެނީ ބަޢުދާދީ ލަނީ ޖަންގިޔާ ކަމެއް؟ އެއީ އޭނާގެ ޖަންގިޔާ އެއް ކަމެއްވެސް. ޓުރަންޕުމެންކަހަލަ ވާންޗޯމެން ދައްކަފާނެ ކޮންމެފަދަ ހަމަނުޖެހޭ ވާހަކައެއްވެސް. ޔަގީނޭ އެބުނާ ޖަންގިޔާ އެ ޓުރަންޕު ރެސްލިން ތެޅި އިރު ލީ ޖަންގިޔާ ކަން.

    12
    4
  2. ކޮތަރު

    ޖަނގިޔާ ވަގަށްނަގާ ދޭށެ ލާރި ދޭނަމޭ: ޓްރަމްޕް.

    11