ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން މީހާގެ ގޮތުގައި މަޝްހޫރު ވި ރަޝިޔާގެ ޓަންޒިލްޔާ ބިސެމްބިޔެވާ މަރުވެފައި ވަނީ އުމުރުން 123 އަހަރުގައެވެ.

1896ވަނަ އަހަރު އުފަންވި ޓަންޒިލްޔާ އަކީ ރަޝީޔާގެ އެންމެ ދުވަސްވީ މީހާކަށް ކަމަށް މީގެ ކުރިން އޭނާ ދައުވާ ކުރުމުން އެ ގައުމުގެ ސަރުކާރުން ވަނީ އެކަން ބަލައިގަނެ، އެ ގައުމުގެ އެންމެ ދުވަސްވީ މީހާގެ ރެކޯޑު އޭނާގެ ނަމުގައި ރަޖިސްޓްރީވެސް ކޮށްފައެވެ.

ޓަންޒިލްުޔާ އޭނާގެ ބައެއް ދަަރިންނާއި އެކު

މިއާއި އެކު އޭނާ ވެގެން ގޮސްފައި ވަނީ ދުނިޔޭގައި ވެސް ހުރި އެންމެ ދުވަސްވީ މީހާ އަށެވެ. މުސްލިމެއް ކަމުގައިވާ ޓަންޒިލްޔާގެ އަވަށްޓެރިން އޭނާ ސިފަ ކުރަނީ ވަރަށް މަޑުމައިތިރި އަދި އަބަދުވެސް އެހެން މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރީ ފަރާތެއްގެ ގޮތުގައެވެ.

ޓަންޒިލްޔާ މި ދުނިޔެ އާއި ވަކިވިއިރު އޭނާގެ 3 ދަރިންނާއި 10 މާމަ ދަރިންގެ އިތުރުން 25 މުނިމާނަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. "މަންމަ ދުވަހަކުވެސް މަޑުން އިށީނދެގެންނެއް ނީނދޭ. އަބަދުވެސް ކޮންމެވެސް ކަމެއްގައި ބުރަކޮށް އުޅޭނީ" ޓަންޒިލްޔާގެ ދަރިޔަކު ބުނެފައި ވެއެވެ.

ޓަންޒިލްޔާ އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީވެސް އޭނާ އަށް 100 އަހަރު ފުރުންވެސް ފަހުންނެވެ

ޓަންޒިލްޔާ ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލާއި ހަށިގަނޑަށް އެފަދަ ގެއްލުން ހުރި އެއްވެސް ކަމެއް ކޮށްފައި ނުވާއިރު އޭނާ ކައި އުޅުނީވެސް ސިއްހަތަށް ފައިދާ ހުރި އެއްޗެއްސެވެ. މިހާރު އެ އާއިލާގެ ގަބުރުސްތާނުގައި ޓަންޒިލްޔާ ވަކިވެފައި ވާއިރު އެ އަވަށުގެ އެންމެން ވަނީ އޭނާގެ ޖަނާޒާގައި ބައިވެރިވެފައެވެ.

ގިނަ ދުވަސްތަކަކު ސަރުކާރަށް މަސައްކަތް ކޮށްދިނުމުން އޭނާގެ އަގު ވަޒަންކޮށް ސަރުކާރުން އޭނާ އަށް އެވޯޑެއްވެސް ދީފައިވާކަން ފާހަގަކޮށްލެވެއެވެ. އިއްޔެ އޭނާ މަރުވުމާއި ގުޅިގެން އެތައް ބަޔަކު އަންނަނީ އޭނާގެ އާއިލާ އަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.