އެންމެ ގިނަ އަދަދަކަށް ސިންގާ އުޅޭ އެއް ޤައުމު ކަމުގައިވާ ސައުތުއެފްރިކާގައި އުޅޭ ސިހުރުވެރިން އެމީހުންގެ ސިހުރުތައް ހެދުމަށްޓަކައި ސިންގާގެ ހަށިގަނޑުގެ ބައިތައް ބޭނުން ކުރާކަން ފަޅާ އަރައިފިއެވެ.

ސިހުރުވެރިން އެ ސިންގާތައް މަރާލަނީ ޒަހަރު އަޅާފައިވާ ކާނާ އެ އެއްޗެއްސައް ކާން ދިނުމަށް ފަހުގައެވެ. އެ ކާނާ ކެއި ފަހުން 15 މިނެޓު ތެރޭގައި 4 ސިންގާ މަރުވުމާއި އެކު ސިހުރުވެރިން ވަނީ އެ ޖަނަވާރުތަކުގެ ފައިތަކާއި ކޮލުގެ ކަށިތައް ވަގަށް ނަގައިގެން އެ ސަރަހައްދުން ފިލާފައެވެ.

ސިންގާ އެއްގެ ފައިތަކާއި ބޯ ބުރިކޮށްލާފައި

"އަހަރެން މިތަނުގައި މަސައްކަތް ކުރާތާ 10 އަހަރު ވެއްޖެ. މިތަން ވެފައި އޮތީ ޖަނަވާރުންނަށް އިންސާނުންގެ އުނދަގޫތަކާއި ކުރިމަތިނުލައި ހަމަޖެހިލައިގެން އުޅެވޭ ތަނެއްގެ ގޮތުގައި. އެކަމު މިހާރު މިތަނުގައިވެސް ޖަނަވާރުތަކަށް ސަލާމަތެއް ނެތް" ޖަނަވާރުތައް ބެލެހެއްޓުމާއި ހަވާލުވެގެން ހުރި ސްޓީވެންސް ބުނެފައިވެއެވެ.

އެ ސިހުރުވެރިންނަށް އެ ޖަނަވާރުތައް ބެލެހެއްޓުމަށް ހަދާފައިވާ ސަރަހައްދުގެ މައުލޫމާތު ވަރަށް ރަނގަޅަށް އެނގެއެވެ. އެއީ އެމީހުން އެކަން ކޮށްފައި ވަނީ އެއްވެސް މީހަކަށް ނުފެނި ކަމުގައި ވާތީއެވެ. އެ ސަރަހައްދަކީ ޖަނަވާރުން ބޭނުން ގޮތަކަށް އުޅެން ދޫކޮށްލާފައިވާ ސަރަހައްދެއް ނަމަވެސް، ހުއްޓުމެއް ނެތި އެތަން އަބަދުވެސް ޕެޓްރޯލް ކުރެއެވެ.

ސިންގާތައް މަރާ ކަމަށްު ތުހުމަތު ކުރެވޭ ސިހުރުވެރިންތަކެއް އެމީހުންގެ މުނާސަބާ އެއް ފާހަގަ ކުރަނީ

ވިއެޓްނާމް ފަދަ ދުނިޔޭގެ ބައެއް ގައުމުތަކުގައި މަރުވެފައިވާ ސިންގާ އެއްގެ ކަށިތައް 50،000 ޕައުންޑު ނުވަތަ 1 މިލިއަން ދިވެހި ރުފިޔާގެ ބޮޑު އަގެއްގައި ވިއްކާލެވެއެވެ. މި ކަށިތައް އާއްމު ގޮތެއްގައި ގަންނަނީ ހަމަ ސިހުރުވެރިންނެވެ.