އެމެރިކާ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަނެއްގައި އައިއެސްގެ ލީޑަރު އަބޫބަކުރު އަލް-ބަޣުދާދީ އަމިއްލަ އަށް މަރުވެފައި ވާއިރު އޭނާ ޖާނު ގޮއްވާލާ މަންޒަރު ދައްކުވައިދޭ ސެޓަލައިޓް ވީޑިއޯ އެއް އެމެރިކާ އަސްކަރިއްޔާ އިން އާއްމު ކޮށްފިއެވެ.

ޕެންޓަގަން އިން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވީޑިއޯ އާއްމު ކޮށްފައި ވާއިރު އެ ވީޑިއޯ އިން ފެންނަނީ އެމެރިކާ ސިފައިން ދެފަރާތުން ބަޣުދާދީ ހުރި އިމާރާތާއި ދިމާލަށް މަޑުމަޑުން މިސްރާބު ޖަހާތަނެވެ. އަދި އެވަގުތު އެގޭ ތެރޭގައި އައިއެސްގެ 5 ހަނގުރާމަވެރިން ތިބި ކަމަށް ޕެންޓަގަން އިން ބުނެއެވެ.

އޭގެ އިރުކޮޅެއް ފަހުން ދެން ފެންނަނީ ބަޣުދާދީ އޭނާގެ ޖާނު ގޮއްވާލާ މަންޒަރެވެ. ސެޓަލައިޓު ވީޑިއޯ އެއް ކަމުން އެހައި ސާފުކޮށް ނުފެނުނު ނަމަވެސް އެ ސަރަހައްދު ބޮން ގޮއްވުމުގެ ކުރިންނާއި ގޮއްވި ފަހުން އޮތް ތަފާތު ވަރަށް ރީއްޗައް ހާމަވެއެވެ. އެއީ ބަޣުދާދީ ޖާނު ގޮއްވާލި ފަހުން އެ އިމާރާތްވެސް ފެންނަން ނެތް ކަމުންނެވެ.

ޕެންޓަގަންގެ އޮފިޝަލް އިތުރަށް ބުނެފައި ވަނީ މި އޮޕަރޭޝަނުގައި އަނިޔާވީ ހަމައެކަނި އެމީހުންގެ ކުއްތާ އަކަށް ކަމަށާއި އޭނާ އަކީ މީގެ ކުރިން އެފަދަ 50 އޮޕަރޭޝަނުގެ ތަޖުރިބާ ހުރި 4 އަހަރުގެ ކުއްތާ އެއް ކަމަށެވެ. އަދި މިހާރު އޭނާ ފަރުވާ ހޯދުމަށް ފަހު ޑިއުޓީ އަށް ނިކުމެފައިވާ ކަމަށްވެސް ޕެންޓަން އިން މައުލޫމާތު ދެއެވެ.

ތިރީގައި އެވަނީ ޕެންޓަގަން އިން އާއްމު ކުރި ސެޓަލައިޓް ވީޑިއޯއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަސްލު

  ތި ވީޑިއޯއިން ޖާނު ގޮއްވާލާ މަންޒަރެއް ނުފެނޭ.. ވައިގެ ހަމަލާއެއް ދޭ މަންޒަރު ފެންނަނީ.. ޖޯކް އޮފް ދި އިޔާ 2019

  22
  4
 2. ބާރީ

  ސަޅި އެނިމޭސަން އެއް ދޯ؟؟؟

  15
  4
 3. ....

  ކާކު ގަބޫލް ކުރާނީ ތި ވީޑިޔޯ... ފުރަަަަަަތަމަ ވީޑިޔޯ އިން އެބަފެނޭ ބަޔަކު މީހުން ގަޔަ އް ބަޑިޖަހާތަން... އެކަމު ެއެބުނަނީ ކު އްތާ އެކޭ އުޅުނީ... މީހަކަ އް ގެ އްލުމެ އްނުވެޔޭ.... ދެން ކޮބާ ތިބުނާ ކު އްތާ އެތާގަ .؟؟؟ ދެން ތިންވަނަ ވީޑިޔޯ އިން އެބަފެނޭ މަތިން މިސަަ އިލް ތަކެ އް އަޅާ ތަން... އެޅީމަ ތިގޮވާ ތަނެ އް ގޮވަނީ... ތި ފޭކު ވީޑިޔޯ އެެ އް...އ

  12
  3
 4. ހަނަފީ

  އޭނާ އޭ. އެކުއްތާ އަށްތިޔަ ބުނަނީ އޭނާ. ؟؟؟

 5. ލޮލީ

  ތީ ެޑިޓެެއނު

 6. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ތީގެން އެބަ އެނގޭތަ އޭނަ އަމިއްލަޔަށް ޖާނު ގޮށްވާލީކަމެެއް؟ އެމެރިކާއިން ބޮންއެޅީކަމެއް އެބައެނގޭތަ؟ ޔަގީން އަންހެނުންތަކަކާ، 3 ކުޑަކުދިން މަރުވީމަ އެކަން ފޮރުވަން ހެދި ސްޓޯރީއަކާ ވައްތަރީ. އެމެރިކާއަކީ ނުބައި ނުލަފާ ޝައިތާނީ ޔަހޫދީ ދައުލަތެއް. ތި ބައިގަނޑު ތެދެެއް ނަހަދާނެ.

  22