އަނބިމީހާއާ ގުޅުން ބާއްވާތީކަމަށް ބުނެ، މީހެއްގެ ލޮލަށް އެސިޑް އިންޖެކްޓްކޮށް ލޮލުގެ ފެނުން ގެއްލުވާލައިފިއެވެ.

މިކަން ހިނގީ ރޭގެ ވަގުތެއްގައި އުއްތަރްޕްރަދޭޝްގެ ޕިޕްރާ ޗޮވްކް އަވަށުގައެވެ. އެ ހާދިސާގައި އަނިޔާވީ ޓެގްރާ ފުލުހުންގެ ސްޓޭޝަންގައި މަސައްކަތް ކުރާ ޑްރައިވަރަކަަށެވެ.

އޭނާގެ ލޮލަށް އެސިޑް އިންޖެކްޓް ކުރީ އެތަނުގައި މަސައްކަތް ކުރާ އެހެން މީހެއްގެ އަންބަކާ އޭނާ ގުޅުން ބާއްވާތީ އެކަމާއި ރުޅި އައިސްގެންނެވެ.

އެ ހާދިސާގައި އޭނާގެ ލޮލުގެ ފެނުން ވަނީ ގޮސްފައެވެ. އޭނާ ބުނީ، އޭނާއަށް އެ ހަމަލާ އަމާޒުވީ އޭނާއާއެކު މަސައްކަތް ކުރާ އެހެން މީހެއްގެ އަންބަކާއި ގުޅުން އޮންނާތީ ކަމަށެވެ. އޭނާ އާއި އެ އަންހެން މީހާ މި މަހުގެ 6 ވަނަ ދުވަހު އެގެއިން ފިލައިގެން ދިޔަ ކަަމަށާއި، އެކަމާއި ގުޅިގެން އެ އަންހެން މީހާގެ ފިރިމީހާ ފުލުހަށް މައްސަލަ ހުށަހެޅީ އޭނާ އެ އަންހެން މީހާ ކިޑްނެޕް ކުރީ ކަަމަށް ބުނެކަމަށް އޭނާ ފުލުހުންނަށް ކިޔާދިނެވެެ.

ނަމަވެސް އެ އަންހެން މީހާ ވަނީ އޭގެ 10 ދުވަސް ފަހުން އޭނާގެ ފިރިމީހާގެ ގާތަށް އެނބުރި އައިސްފައެވެ. އޭނާ އެނބުރި ގެއަށް އައީ ކީއްވެކަމެއް ނޭނގެއެވެ.

މި ފިރިހެން މީހާއަށް ހަމަލާދީފައި ވަނީ އޮޅުވާލައިގެން އެ އަންހެން މީހާ ބަލާ ފުލުހަށް ދިޔުމަށް ގުޅާ ފުލުހުންގެ ސްޓޭޝަން ކައިރިންނެވެ. އޭނާ ހަމަލާދީފައި ވަނީ 20 މީހުންގެ ގުރޫޕަކުންނެވެ. އެ މީހުން އޭނާ ގެންދިޔައީ އެ ހިސާބުގަނޑުގައި ހުންނަ ކާ އެއްޗެހި ވިއްކާ ތަނަކަށެވެ. އެތަނަށް ގެންގޮސް އޭނާ އަށް ވަރަށް އަނިޔާ ކުރިކަމަށް ވެއެވެ.

އަދި އެ މީހާގެ ލޮލަށް ސިރިންޖެއް ބޭނުންކޮށްގެން ވަނީ އެސިޑް އިންޖެކްޓްކޮށްފައެވެ.

މި މައްސަލާގައި އެކަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އިތުރު މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު