އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 11 އާކު މުޅި މީސްމީޑިޔާގައި ދެކެވުނީ އެ ފޯނުގެ ކެމެރާގެ ވާހަކައެވެ. އައިފޯނުގެ ކެމެރާ ހީވަނީ އުނދުނެއް ހެނޭ ނުވަތަ ކާއްޓެއް ހެން ކަމަށް ބުނެ އެތައް ބަޔަކު ދިޔައީ ފާޑުކިޔަމުންނެވެ.. އެންމެ ފަހުން ނެރުނު އައިފޯން 11 ގައި އިންނަނީ 2 ކެމެރާއެވެ. އަދި އައިފޯން 11 ޕްރޯއާއި، 11 ޕްރޯ މެކްސް ގައި އިންނަނީ 3 ކެމެރާއެވެ. އަނެއްކާވެސް ދެން އުފެދޭ ބޮޑު ސުވާލެއް އެބައޮތެވެ! އައިފޯން 12 ނިކުންނަ އިރު، އޭގައި ކިތަށް ކެމެރާ އިންނާނެހެއްޔެވެ؟

ދާދި ފަހުން މިވަނީ އައިފޯން 12 ގެ ޑިޒައިން ކަމަށް ބެލޭ ފޯނެއްގެ ޑިޒައިން މީސްމީޑިޔާގައި އާންމުވެފައެވެ. މި ވީޑިޔޯއިން ބުނާ ގޮތުގައި އައިފޯން 12، ފަހުގެ އައިފޯން ތަކާއި އަޅާ ބަލާއިރު ވަރަށް ތަފާތުވާނެއެވެ. އެގޮތުން އެންމެ ބޮޑު ތަފާތަކަށް ފެންނާނީ އެއްވެސް ޕޯޓެއް ނެތުމެވެ. އެގޮތުން ހެޑްސެޓް އަދި ޗާޖިންގެ ޕޯޓްވެސް މި އައިފޯނުގައި ނީންނާނެއެވެ. މިފޯނާއި އެކު ބޭނުންކުރަން ޖެހޭނީ ވަޔަލެސް ޗާޖިންގ އަދި އެއަރޕޮޑްއެވެ. މީގެ އިތުރުން މިހާރުގެ އައިފޯނަށްވުރެ، އައިފޯން 12 ތުނިވާނެއެވެ. އަދި ކަންތައް ވަށްވެފައި، އަތަށް ހިފާލަން ފަސޭހަވާނެއެވެ.

ވީޑިޔޯއިން ފެންނަ އައިފޯން 12ގެ އެންމެ ތަފާތު ކަމަކީ އެ ފޯނުގެ ކެމެރާއެވެ. އެގޮތުން އެ ފޯނުގައި 7 ކެމެރާ އިނދެެއެވެ. އެހެންނަމަވެސް މިފަހަރު މިކަމާއި ގުޅިގެން ފޯނަށް މަލާމާތްކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުލިބޭނެއެވެ. ސަބަބަކީ ފޯނުގެ ބޭރުން ކެމެރާ ފެންނަށް ނީންނާތީއެވެ. މި ފޯނުގައި ކެމެރާތައް އިންނާނީ ފަހަތު ބިއްލޫރިގަނޑޫގެ ތެރޭގައެވެ. އަދި ފްރޮންޓް ކެމެރާވެސް އިންނާނީ ސްކްރީނުގެ ތެރޭގައެވެ. އެހެންކަމުން ކެމެރާތައް ފެންނަން ނީންނާނެއެވެ.

އައިފޯން 12 ގެ ކެމެރާ ވެގެންދާނީ މިހާތަނަށް އެއްވެސް އައިފޯނަކުން ނުފެންނަ ވަރުގެ ވަރުގަދަ ކެމެރާއަކަށެވެ. އެގޮތުން މިހާރު މި ބޭނުންކުރާ ވީޑީޔޯ ކެމެރާއިން ނެގޭ ފެންވަރުގެ ވީޑިޔޯ، އައިފޯން 12 އިން ނަގާލެވޭނެއެވެ. އަދި ޕޯޓްރައިޓް ފޮޓޯގެ އިތުރުން، ވީޑިޔޯގައިވެސް އެޕެޗާ 1.4 ގައި ނަގާލެވޭނެއެވެ.

މީގެ އިތުރުން އައިފޯން 12ގެ ފަހަތު ބިއްލޫރިގަޑުގެ ގޮތުގައި އިންނަ އޯލެޑް ސްކްރީނުގެ ސަބަބުން، ފޯނުގެ ކުލަ ބޭނުން ކުލައަކަށް ބަދަލުކޮށްލެވޭނެ ކަމަށް އެ ވީީޑިއޯއިން އިނގެއެވެ.

އެހެންކަމުން މިއީ ހަގީގަތެއްތާ ބެލުމަށް އިންތިޒާރު ކުރަންވީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ިޮފަލިނަރަ

    ތިހެނެއް ނީންނާނެ ޔަގީނ......ލލލލލ

    10
    2
  2. މަ

    ފާޑު ނުކީދާނެތަ ޗާޖަރު ހިފައިގެން ނޫންގޮތަކަށް ތަނަކަށް ގޮސްހުއްޓާ ޗާޖުގޮސްފިނަމަ ހާދަ އުނދަގޫވާނޭދޯ ޗާޖަރެއްހޯދަން

  3. ނުކި

    މަ ބޭނުންވަނީ އިރުގެ އަލިންވެސް ޗާޖު ކުރެވޭކަހަލަ ފޯނެއް. ކީއްތަ ވާނީ ކުޑަ ސޯލާ ޕެނަލެއްވެސް ހަރުކޮށްލިއްޔާ.

    11