މީސް މީޑިއާގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ފޭސްބުކުގައި މިހާރު ޕޯސްޓްތަކަށް ތަފާތު ރިއޭކްޓުތައް ކުރެވެއެވެ. ނަމަވެސް މިގޮތަށް ހެދުމުން ބައެއް މީހުން ދަނީ ފެންނަ ހުރިހާ ޕޯސްޓަކަށް ރީނދޫ ކުލައިގައި އިންނަ "ހަހަ" ރިއޭކްޓު ކުރަމުންނެވެ. މިއީ ވަރަށް ގިނަ ބައެއްގެ ހިތްތަކަށް އަސަރު ކުރުވާ ކަމެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.

ތެދެކެވެ. ހުރިހާ ޕޯސްޓަކަށް "ހަހަ" ރިއޭކްޓު ކުރުމުން ބައެއް ފަހަރު ރުޅި އާދެއެވެ. އެއީ އަހަރެންގެ ޕްރޮފައިލް ފޮޓޯ ބަދަލު ކުރި ނަމަވެސް، ނުވަތަ ކިތަންމެ ސީރިއަސް ޕޯސްޓެއް އަޕްލޯޑް ކުރިނަމަވެސް ބައެއް މީހުން އަބަދު މި ރިއޭކްޓު ކުރާތީއެވެ.

ގިނަ ބަޔަކު އެންމެ ރުޅި އަންނަނީ އެމީހުންގެ ޕޯސްޓަކަށް ހުސް "ލަވް" ރިއޭކްޓު ލިބިފައި ހުއްޓައި އެކަން ނިންމައިލުމުގެ ގޮތުން ކޮންމެވެސް މީހަކު ލައިކެއް ނުވަތަ "ހަހަ" ރިއޭކްޓު ކުރާތީއެވެ. ފޭސްބުކް ހާވާލާ އިރު، މިކަން ކުރުމުގެ ސަބަބުން މީހުން ރުޅި އަންނަކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.

އެއީ، މިގޮތަށް ރުޅި އައިސްގެން އެތައް ބަޔަކު ފޭސްބުކުގައި ސްޓޭޓަސްތައް އަޕްލޯޑް ކުރާތީއެވެ. ގިނަ ފަހަރަށް މިހެން ކަންތައް ކުރަނީ އަންހެން ކުދިންނެވެ. އެކަމަކު މަދުން ނަމަވެސް ފިރިހެން ކުދިންގެ ފަރާތުންވެސް މިކަމާއި މެދު ހިތްހަމަނުޖެހޭކަން ފެނެއެވެ. އެމީހުން ބުނާ ގޮތުގައި މަޖާ ޕޯސްޓެއް ނޫންނަމަ އެ ރިއޭކްޓު ކޮންމެހެން ކުރާކަށް ނުޖެހެއެވެ.

މިހެން ކަންތައް ވާނަމަ ކަން ކުރަންވީ ގޮތް ވަރަށް ސާފެވެ. އެފަދަ ސްޓޭޓަސްތަކުންވެސް މައްސަލަ ހައްލު ނުވެއްޖެނަމަ އެބަޔަކު އަންފްރެންޑު ކޮށްލާށެވެ. ނުވަތަ އެމީހުންގެ ޕޯސްޓު ތަކަށްވެސް "ހަހަ" ރިއޭކްޓު ކުރާށެވެ. މިގޮތަށް އަބަދު "ހަހަ" ރިއޭކްޓު ކުރާ މީހަކު އެނގޭ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުއްތުނާ

    ހަހާ ރިއެކްޓް ކާރީ އަހާބަލަ އެން މެގިނައިން އެ ރިއެކްޓް ކުރަނީ ކޮންބައެއްތޯ އަހަންނަކަށްވާ ނޭނގެ

  2. ލެސަން

    ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމުކަމެއް. ބަޔެއްފަހަރު ފެނޭ ޤުރްއާނުގެ ބަޔެއް ސޫރަތްތަކާއި އެ ސޫރަތްތަކުގެ މާނަ ހިމެނޭ ޕޯސްޓުތަކަށްވެސް ހަހާ ރިއެކްޓުކޮށްފައި ހުންނަ މަންޒަރު. އެފަދަ ބަޔެއްމީހުން އެކަންކުރަނީ ހަމަ ނޭނގިގެންބާއޭވެސް ބަޔެއްފަހަރު ހިތަށްއަރާ ދަރަޖައަށް މިކަންވަނީ އާންމުވެފައި. މިހެން މިބުނީ ގިނަފަހަރަށް އެފަދަ މީހެއްގެ އެފްބީ ޕްރޮފައިލް ބަލައިލާއިރު މުޅިންވެސް ހުންނަނީ ދީނީ ލިޔުން ނުވަތަ ކީރިތި ޤުރްއާނުގެ ތަރުޖަމާ ހިމެނޭ ޕޯސްޓުކޮށްފައި.