"އެކުދިން އެތަނަށް ފޮނުވަން، އެކަމަށް އެހީތެރިވެ ހިއްވަރު ދީ ހެދި ބަޔަކަށް ދުވަހަކުވެސް މަޢާފެއް ނުކުރާނަން.." މިއީ ސީރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އައިސިސް ޖަމާޢަތާއި ގުޅުނު ދިވެހި ޒުވާނެއްގެ މަންމަގެ ވާހަކައެވެ. އެބައެއްގެ ސަބަބުން ޒުވާން ދުވަސްތައް ގުނަމުން ދިޔަ ދަރިފުޅާއި އަބަދަށްޓަކައި ވަކިވާން ޖެހުމުން އަދިވެސް އެ މަންމައަށް ކުރަނީ ބުނެދޭން ނޭނގޭހައި ފުން އަސަރެވެ.

2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސީރިޔާގައި މަރުވި ފުވައްމުލަކު ދިގުވާނޑު، އަހުމަދު މުންސިއުގެ މަންމަ ރިފާތު އަހުމަދު ދީދީ ވަނީ އޭނާގެ ދަރިފުޅުގެ ވާހަކަތައް އަލްޖަޒީރާއަށް ދިން އިންޓަވިއު އެއްގައި ކިޔައިދީފައެވެ.

ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ މީހުން އިތުރުވަމުންދާ މައްސަލައަށް އަލިއަޅުވާލައި، ސީރިޔާ އަށް ހަނގުރާމަކުރަން ދިޔަ ބައެއް ދިވެހިންގެ މައުލޫމާތު ހާމަކޮށް އަލްޖަޒީރާ އިން ނެރެފައިވާ ޑޮކިއުމެންޓްރީ އެއްގައި ބުނެފައި ވަނީ ވެރިކަންކުރާ މާލޭގައި، ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކަށް މީހުން ތަމްރީނުކޮށް ފޮނުވާ ނެޓްވޯކުތަކެއް ހިންގަމުންދާ ކަމަށެވެ. އަދި މި ނެޓްވޯކުތަކުގެ އެހީގައި ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ސީރިޔާއަށް ގޮސްފައިވާ ކަމަށް އެ ޑޮކިއުމެންޓްރީގައި ބުނެފައި ވެއެވެ.

އަލްޖަޒީރާއަށް ދިން އިންޓަވިއުގައި، މުންސިއުގެ މަންމަ ރިފާތު، އޭނާގެ ދަރިފުޅުގެ ވާހަކަތައް ހިއްސާކުރަމުން ބުނެފައިވަނީ، އަނބިމީހާ އާއެކު ދަރިފުޅު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ބޭސްފަރުވާއަށް ލަންކާއަށް ކަމަށް ބުނެއެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން އިދާރާތަކަށް މައްސަލަ ހުށަހެޅުމުން އެނގުނީ، އޭނާ ދަތުރުކުރީ ރާއްޖެއިން ސީދާ ތުރުކީގެ އިސްތަންބޫލަށް ކަމަށް ރިފާތު ބުންޏެވެ.

ރިފާތު ބުނިގޮތުގައި ސީރިޔާގައި ހަރަކާތްތެރިވަމުން ދިޔައިރު މުންސިއު އާއި އޮންލައިންކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

"ގުޅައިގެން ފުރަތަމަ ވާހަކަ ނުވެސް ދެއްކުނު. ދެން އޭނަ ވެސް ވަރަށް ރުއި. ދެން ރިފޫ ބުނީ ކީއްކުރަންހޭ ދަރިފުޅު މަންމައާ ވަކިން ތިތަނަށް ތި ދިޔައީ. މަންމަ ބަހައްޓާފަ މަންމަ ދޫކޮށްލާފަ." ސީރިޔާއަށް ދިޔަ ފަހުން އެންމެ ފުރަތަމަ ދަރިފުޅާއި ވާހަކަ ދެއްކުނު ވަގުތުގެ ހަނދާންތައް އާކުރަމުން ކަރުނައަޅާ ހާލުގައި ރިފާތު ކިޔައިދިނެވެ.

ރިފާތު ބުނިގޮތުގައި ސީރިޔާގައި މުންސިއު ހަރަކާތްތެރިވަމުން ދިޔައިރު ވަރަށް ގިނައިން ގުޅާހަދާ ކަމަށެވެ. އަދި އޭރު އެމީހުން ދިޔައީ ތަމްރީނުތައް ހަދަމުން ކަމަށާއި، ތިން މަސް ދުވަހުގެ ޓްރޭނިންގަކަށް ދާ ވާހަކަވެސް ބުނި ކަމަށް ރިފާތު ބުންޏެވެ. މިގޮތުން އުޅޭ އިރު އެކި ތަންތަނަށް ބަދަލުވާ ވާހަކަ ދަރިފުޅު ބުނާ ކަމަށާއި އެގޮތުން ހަމަނުޖެހުން އެންމެ ބޮޑު އެއް ސަރަޙައްދު ކަމަށްވާ ރައްޤާގައިވެސް މުންސިއު އުޅުނު ކަމަށް ރިފާތު ބުންޏެވެ.

ރިތާފު ބުނިގޮތުގައި މުންސިއު މަރުވި ރޭވެސް އޭނާ އާއި ގުޅައިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނެވެ. އެގޮތުން އެންމެ ފުރަތަމަ އެރޭ ގުޅާފައި، ހަމަލާއަކުން ސަލާމަތްވެވުނު ވާހަކަ މުންސިއު ކިޔައިދިން ކަމަށާއި، "އުމުރުގައި ތަން އޮތުމުން" ސަލާމަތްވީ ކަމަށް ދަރިފުޅު ބުނި ކަމަށް ރިފާތު ބުންޏެވެ.

މުންސިއު މަރުވީ ސީރިޔައަށް އޭނާ ދިޔަތާ އަށްވަނައަށް ވީ މަހުއެވެ. އޭނާ މަރުވި ނަމަވެސް އެކުގައި ސީރިޔާއަށް ގެންދިޔަ އަނބިމީހާ، ސުމާ އަލީގެ ޚަބަރެއް ނުވެއެވެ. އެ ދެމީހުން ސީރިޔާއަށް ދިޔައީ ކައިވެނިކުރިތާ އަހަރެއްވެސް ނުވަނީހެވެ.

ރިފާތު ބުނިގޮތުގައި އޭނާގެ ދަރިފުޅަށް ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނީ ޖަލުގައި މުންސިއު ހޭދަކުރި ދުވަސްތަކުގައި ޖަލުން ދިމާވި މީހެއް ކަމަށެވެ. ނަމަވެސް އެއީ ސީދާ ކާކު ކަމެއް ރިފާތު އަކަށް ނޭނގެއެވެ. ޖަލުން މިނިވަން ވުމަށްފަހު ދަރިފުޅު ދީނީ ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއްދީ ވަރަށް ބޮޑަށް ބަދަލުވެގެން ދިޔަތަން ފެނުނު ކަމަށާއި، ސީރިޔާއަށް ފުރައިގެން ދިޔައީ އޭގެ ފަހުން ކަމަށް ރިފާތު ބުންޏެވެ.

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން އެގައުމަށް ދިޔަ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މިހާރު އެގައުމުގައި މަރުވެއްޖެއެވެ. ނަމަވެސް އަދިވެސް ބައެއް ދިވެހިން ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވަމުން ދެއެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނޭއިރު، އެއިން ބައެއް މީހުން ވަނީ ހާލުގައި ޖެހި އެނބުރި ޤައުމަށް އަންނާނޭ މަގު ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މަރު ގައިމު

  ނަސީބެއްނުން ޑުރަގު ނަގައިގެން ރަށުތެރޭގައި ގިނަވެގެން އުޅޭ މީހަކަށް ނުވިކަން. ތިއީ ހަމަ ބަތަލެއް.

  27
  56
  • އެމް ޑީ އެން

   "ހައްރިޖިލް މުއުމިނީނަ އަލަލް ޤިތާލް" ސައްހަ ހަދީސެއްގެ ތަންކޮޅެއް..

  • އަހުމަދު

   ތިޔަ ވިސްނުން ރާއްޖޭގެ ގިނަމީހުންގެ ނުހުންނާނެ. ރަސޫލާ صلى الله عليه وسلم ގެ ސިޔަރަތު ރަނގަޅަށް އަޑުއަހައިފި ނުވަތަ އެ ތާރީހު ކިޔައިފި މަންމައަކު ތިގޮތަށް ނުބުނީސް. އެންމެ ހައިރާން ވަނީ ކާފަރުންގެ ހަމަލާއެއްގައި އަމިއްލަ ދަރިފުޅު މަރުވުމުން އެކަމާ ހިތްހަމަ ނުޖެހުނީތީވެ. ތިޔަ މަންމަގެ ބުއްދި ވީކޮންތާކުތޯ؟ ޞަހާބީންގެ މަންމައިން އޭރު ރޮއެ ކަރުނަ އެޅީ އެބައިމީހުންގެ ދަރީން ހަނގުރާމައަކުން މަރުނުވެ އެނބުރި އައުމުން...............

   8
   3
  • ފުވައްމުލަކު

   އިސްލާމީ ދީނަށް ނަޞްރެއް ލިބުމަށް ނޭދޭ މީހުންނާއި ކަމުގެ ޢިލު މު ލިބިފައިވާ މީހުންނަށް މާރަނގަޅުވާނެ މަސްވެގެން އެކަމުގައި މުޅި އުމުރު ހުސްވެދާން ދިއުންވެސް.. ކާފަރުން އެދެނީ ، ﷲ ނޫރު އެބައިމީހުންގެ އަނގަ ތަކުން ފުމެނިއްވާލުމަށެވެ. ﷲގެ ދިން އެއިލާހު ރައްކާތެރި ކުރައްވައެވެ.

 2. ބޮޑުވަގުބާޣީޓެރަރިސްޓު

  ތީ މިއުޅޭ ބޮޑު ޓެރަރިސސސްޓުގެ އައުވާނުންގެ ކަމެއް. ދީނީ އިލްމުވެރިންގެ ބޮލުގަ އަޅުވާ އެމީހުންގެ އަގު ވައްޓަން ވެގެން އެކަލޭ ހިންގާ ޖަރީމާތަކުން އެއް ޖަރީމާއަކީ ތީ. ހުރިހާ ކަމެއްގެވެސް އަމާޒަކީ ދީނީ މިނިވަންކަން މިތާ އޮތުން. އެކަލޭގެއަކީ ގައުމަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް. ނުބައި ހިއްޕެވުމަކުން އެކަލޭގެ ހިއްޕަވާފާނދޭވެ. އާމީން!

  56
  5
 3. އަޒާ

  ދަރިންނަށް އެވަރުގެ ހޭލުންތރިކަމެއްނުދީ، އެ ކުދިންގެ އަޤީދާއާއި އެހާ ފަސޭހައިން ކުޅެލެވުނީ މައިން ބަފައިންގެ ތަރުބިއްޔަތުގެ ސަބަބުން ކަމަށް ޤަބޫލު ނުކުރަންތޯ އަދިވެސް..؟؟؟ އެހެން މީހަކަށް އެ ކުދިންގެ ބޯ ކާލެވޭނީ އަޤީދާގެ ސަބަބުން... ސަލާމް..

  58
  7
 4. ޓެރަރިސްޓް ޕާޓީ ޑީޕީ

  ތިއީ އަލްޖަޒީރާ އާއި ދިވެހި ސަރުކާރުން ރާވައިގެން ކުރާ ކަންކަން. ޔާމީނުއޭ ކިޔައިގެންވެސް ސިޔާސީ ގޮތުން އޭނަގެ އަގު ވައްޓާލަން ޑޮކިއުމެންޓެރީއެއް ހެދުވި. މިހާރު ތިއުޅެނީ މިތަނުގައި ދީނަށް އުޅޭ މީހުންގެ ދުވަސް ދުއްވާލަން.

  68
  6
  • ޔާމީން

   ޔަގީނުންވެސް

 5. ޙަސީނާ

  އެހެންމީހަކަށް މާފުނުކުރުމަށް ބުނުމުގެ ބަދަލުގަ އެމިހަކަެި ދަތިފުޅު ބައްދަލުވިގޮތް އާދެ ޖަލަށް ދިޔަގޮތާމެދު ވިިސްނާ ރިފޫ. ޢެމީހަކު ވަކިކަމެއްކުރުމަށްބުންޏަސް ކުރުމާއި ނުކުރުން އެއީ އިޚްތިޔާރެއް.

 6. ސޯލްޖާ

  މި ރިޕޯޓުގެ ބޭނުމަކީ ސީދާ ރައްޔިތުންގެ ފޯކަސް އެމް.ޑީ.އެން ގެ ެިޕޯޓުން ގެއްލުވާލުން. ރައްޔިތުން ނިކަން ވިސްނަން އެބަޖެހޭ

 7. ސަލަފް

  قال الله تعالى في كتابه الكريم..." يَا أَيُّهَا النَّبِيُّ حَرِّضِ الْمُؤْمِنِينَ عَلَى الْقِتَالِ"...ދެން ކީކޭބާ މިމީހުން މިކިޔަނީ..

  • އަހުމަދު

   މާނަ:
   "އޭ ނަބިއްޔާއެވެ. މުއުމިނުންތަކުންނަށް ހަނގުރާމައަށް ނިކުތުމަށް ކަލޭގެފާނު އަމުރުކުރައްވާށެވެ...........،"

   ދުނިޔޭގަ ގިނަމީހުންތިބީ ޤާފިލުކަންމަތީ........

   • ސަލަފް

    *(ހިއްވަރު ލައިދޭށެވެ.)