ދިވެހި އަންހެނަކު ކައިވެނި ކުރުމަށްޓަކައި "ފިޓް" ފިރިހެނެއް ހޯދަން އިއުލާން ކޮށްފިއެވެ.

ރާއްޖޭގައި ފޭސްބުކުގެ ޒަރިއްޔާ އިން އިންނާނެ މީހުން ހޯދުމަށް ހަދާފައިވާ ޕޭޖެއް ކަމުގައިވާ "ކައިވެނި ޕޭޖު"ން އެ އަންހެން މީހާގެ އިއުލާން އާއްމު ކޮށްފައި ވާއިރު އޭގައި ވަނީ އެ އަންހެން މީހާ އަކީ ކ.މާލެ އަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ އަންހެނެއް ކަމަށެވެ.

އެ އަންހެން މީހާގެ ނަން ބަޔާންކޮށްފައި ނެތް ނަމަވެސް، އޭނާ އަށް މާލޭގެ ގެއިން ކުލީގެ ގޮތުގައި މަހެއްގެ މައްޗައް 58،000 ރުފިޔާ ލިބޭ ކަމަށް އެ އިއުލާނުގައި ވެއެވެ.

އޭނާގެ ތައުލީމީ ފެންވަރު ސިއްރު ކޮށްފައި ވާއިރު މީގެ ކުރިން ކޮށްފައިވާ ކައިވެންޏަކުން އޭނާ އަށް ތިން ދަރިން ވަނީ ލިބިފައެވެ. އެ މީހާ އަކީ ތެލެސީމިއާ ކެރިއަރެއް ނޫންކަންވެސް އެ އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް، އޭނާ އާއި ކައިވެނި ކުރަން ޝައުގުވެރިވާ ފަރާތްތަކުގެ ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ.

އޭގެ ތެރޭގައި އެންމެ ފުރަތަމަ ކަމަކަށް އުމުރުން 20-48 އަހަރާއި ދޭތެރޭގެ މީހެއް ކަމުގައި ވާން ޖެެހެއެވެ. އެއަށްފަހު، ސާފުތާހިރު ކަމާއި އެކު "ރީތިކޮށް" ހުންނަ މީހަކަށް ވާން ޖެހޭއިރު ހަށިގަނޑަށް ބަލާފައި ފިޓު މީހެއްކަން އެނގެން ޖެހޭނެއެވެ. ތިއީ މާ ގިނައިން ފައިސާ ލިބޭ މީހަކަށް ނުވި ކަމުގައި ވިޔަސް މި ކައިވެންޏަށް ޝައުގުވެރިވާނަމަ ކުރިމަތިލެވިދާނެއެވެ.

" މަތީ މަގާމެއް ނުވަތަ މާގިނަ ފައިސާ ލިބޭ މީހަކަށް ނުވިޔަސް އެންމެ ރަނގަޅެވެ. އަޅުގަނޑަށް ފައިސާ ލިބެއެވެ." އެ އަންހެން މީހާގެ އިއުލާން ނިންމައިލަމުން ބުނެފައިވެއެވެ.

އެ އަންހެން މީހާ އާއި ކައިވެނި ކުރަން ޝައުގުވެރިވާ ފަރާތްތަކުން "ޕީ2536" މިހެން ޖެއްސެވުމަށް ފަހު ތިޔަ ފަރާތުގެ މައުލޫމާތާއި އެކު ކައިވެނި ޕޭޖަށް މެސެޖެއް ކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. Anonymous

  ދެން ތީނައާ ކައިވެނި ކުރާމީހަކު މަސައްކަތެއް ނުކުރިޔަސް އޯކޭ ވިއްޔާ މަ ހަމަ ރެޑީ.. މަށަކީ ޕާޓޭ އެއް..??

  85
  3
  • ދޮންބެ

   އަންހެން މީހާ ބުނީ ތެދަށް ހިނގަން ނޭންގޭމީހަކު ކިހިނެއްހޯ ފިޓް މީހަކަށް ވާނީ؟؟

   109
   2
   • XD

    އެލްއެމްއޭއޯ

    21
   • ??

    ??? ހީހީ ހީީ

    21
 2. ބޯކިބާ

  އެކަމަކު މަޖިލީހުގަ ކިޔަނީ މާލޭ މީހުނަކީ ވަރަށް ހާލުގަ އުޅޭ ނިކަމެތި ބައެކޭ. ކުއްޔަށް ލައްކައިންލިބޭމީހާވެސް ވަންނާނެތަނެއް ހުންނަކަމަކަށްނުވޭ. ދަރީގެ އެޕާޓުމަންޓު ކުލިނުދެއްކިގެން ހެޔޮއެދޭމީހުން ދޭއެއްޗަކުން އުޅޭކަމަށްބުނާމީހާ ދެން ފެންނަނީ ވިއްސަކަށްބުރިއަށް ގެހިއްލާތަން، ބޭންކުބަލާއިރު 100 މިލިއަނުން ފައިސާ.

  92
  80
 3. މޯޑު

  ނެށް ސައުގު ވެރިކަމެށް

  65
  4
 4. މުބީނު މާރނީ

  މަތީ ގައިވާ ބޯކިބާ އަށް. ތިޔަ އިއުލާން އަކީ ފިރިހެނުންނާއި މައްލަވަކުރަންވެގެން ދޮގު މައުލޫތު ލިޔުނު އަންހެނަކަށްވުން ބޮޑަށް ގާތީ. އެކަހަލަ ކަންކަމަށް ކިޔަނީ "ސްކޭމް". މާލޭގެ 100 އަކުން 3 ޕަސަންޓް އަންހެނަކަށްވެސް އެބުނާ ގޮތަށް ފައިސާ ލިބޭ ހުންނާނެ އެކޭ ނުބުނާނަން. މަޖްލިހުގައި ބޮންޑަ އެވިދާޅުވަނީ މުޅިއަކުން ދޮގުވާހަކަ އެއް ނޫން. މާލޭގެ ގިނަމީހުންގެ ބައިންބަފައިންގެ ގެ ބަހައިގެން ލިބެނީ އަލިފާން ފޮއްޓެއްގެ ބޮޑުމިން. މިކަންކަމަކީ ބަޔަކާއި ހަވާލުކޮށްގެން ހިސާބު ޖަހައިގެން ބެލިދާނެ ކަންކަން. މިގޮތަށް ހިސާބުން ބެލުމަކީ މިޒަމާނުގައި އުނދަގޫކަމެއް ނޫން. މިގޮތަށް ބެލިނަމަވެސް ބޮންޑޭ އެވިދާޅުވަނީ ތެދުކަން ހާމަ ވާނެ. ގިނަ މާލޭ މީހުން އުޅެނީ ހާލުގައި. ރާއްޖެތެރޭ މީހުން އުޅެނީ މާ އަރާމުގައި!

  76
  76
  • ބޯކިބާ

   ގޯސްވާހަކަ ހުރޭތޯ މިޒަމާނުގަ. މާލޭގަ 50 ހާސް ކަރަންޓު މީޓަރު އެބަހުރި. އެއީ އިންސާނުން ގަޔަށް ކަރަންޓު ގުޅާފަހުރި މީޓަރެއްނޫން. އެއީ މާލޭމީހުންގެ ރަޖިސްޓަރީގަ ހުރި ތަންތަނަށް ގުޅާފަހުރި މީޓަރު. ކޮންމެ މީޓަރަކީ 1 ކޮޓަރިކަމަށް ބެލިއަސް ތިދައްކާވާހަކައިގެ ދެކޮޅުނުޖެހޭކަން އެބައިނގޭ. 50 ހާސް މީޓަރުން 45 ހާސް މީޓަރު ހުރި ތަންތަން ހުންނާނީ ކުއްޔަށްދީފަކަން ޔަގީން. އެހެން ނޫންނަމަ މާލޭ ކޮންމެ މީހަކަށް ހަތަރު ފަސް މީޓަރު އެޖެހެނީ.

   28
   32
 5. ޢަހްމަދު

  ޢަންހެންމީހާއަށް 50 އަހަރު އެކަމަކު ފިރެހެން މީހާގެ ޢުމުރު 20 އަހަރާ 48 އަހަރާ ދެމެދު ޖޯކް ދޯ . ތިޔާއުޅެނީ ޅަކުދިންނަށް ހިތްކިޔާތީ ހެހެ.

  45
  5
 6. ދަރިން

  އައްޑޫ މުއްސަދި ފިރިހިނުން ވެސް ތިކަމައް ޝައުގުވެރިވާނެ. އެމީހުންނަކީ މާލެ ގެޔަކައް ފައި ހިއްޕާލާނެ ގޮތެއް ނުފެނިގެން އުޅޭބަޔެއް. މާލެ މީހަކާ އިދެވުނީމަ އެނިމުނީ.

  67
  17
  • މާނިޔާ

   ހަހަހަ އައްޑޫ މީހުންގެ ގައިގަ އެޅިފަ އޮންނަ މިއޮއް ޓެގެއްތާ ދޯ!

   34
   3
  • ބިގަރު

   އެކިމީހުން ފައިހިއްޕަން އުޅޭނީ އެކި ކަންކަމާތާ. މާލޭމީހުން ދެވިހިފާފަ ހުންނަނީ ދައުލަތުގެ ހަޒާނާއަށް. އޭރަކު ފައިހިއްޕުނުމީހަކު ގޯނިގޯނީގަ ހަޒާނާ ގޯއްޗަށް ކަހާލަނީ.

   27
   6
 7. Anonymous

  ޕީ2536

  12
 8. ދަތްގޯނި

  ހަމަ އެކަނި ފައިސާ އަށްޓަކައި ކުރާ އެއްވެސް ކަމެއްގައި ބަރަކާތެއް ނުހުންނާނެ. ގޮއްޔަ އަދި ފުންކޮއް ވިސްނާފައި ރަގަލަށް ތިޔަ އިޢުލާނު ޖަހާލާ.

  35
  3
 9. ޟަނާއު

  މަ ވަރަށް ލައިކު އެކަމަކު 54ޥެއްޖެ އަދި ވަރަށް ފިޓު.،الحَمْدُ ِلله

  30
 10. ހަސަދު

  ބައެއް ކޮމެންޓު ކުރާ މީހުންނަށް ދަންނަވާލަން އޮތީ މާލޭ މީހަކަސް މާލެއެިން ވެސް އަދި ރަށަކުން އުޅެލާނެ ތަންލޮޅެއް ލިބޭނެ ހަމަ އެއްވެސް ގޮތެއް ނެތޭ. އަދި ދަންނަވާލަން މާލޭގެ ބިން އޮތީ މަދު އިންސައްތަ މީހުންގެ އަތުގައި. ވޭތުވެ ދިޔަ 30 އަހަރު ކުރި ކަމަކީ މާލެ ހަލާކު ކުރުން.

  22
  5
  • ބުޅާ

   ލ.ގަމުން އެކަނިވެސް މާލޭމީހުނަށް 450 ގޯތިދީފަ އެބައޮތް. އެހެން ރަށްރަށުގޮތެއް ބުނާކަށްނޭނގެ.

   18
   2
 11. އެމްޑީއެން

  އައިސިސް ގޮލައެއް ހޯދާ

  19
  9
 12. ކެނެޑީ

  ތިކަމަށް އެންމެ ފިޓީ ސަގަރު ލުތުފީ

  22
  3
 13. ދަބޯރަތޭ

  ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ތަމެން ކީކޭތޭ ބުނަނޫ ތަމެންނަށް ނޭގެއޭ އެހެންތޭ ތަމެން ދެން ދަގަ އެ ގޯއްޗަށް އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  6
  4
  • ?

   އޯ މައި ގޯޑް! ޙީ އިޒް ބެކް!!???

 14. ޒާޒާޤx

  ތީ ހުސްދޮގުތީފޭކު މައްޒެގަޑެއް ތިފިޑިޔަކާ އިއްނާނެ މީހަކުނުވާށނެ ތިއީރަގަޅު މީހެއްނަ ތިގޮތައް އިއުލާނު ކުރާނެތަ ހަމަޔަގީނުއްވެސް އަހަރެއް ބޭނުމެއްނޫ ހޯ ހޯ ހޯ އަހަރެއްވާ ސަލާމް

  7
  2
 15. މަހްމޫދު

  މަވެސް ލައިކުވޭ މަގޭ ޢުމުރަކީ 47 އަހަރު މާތްﷲ އިރާދަކުރެއްވީތީ އަދިހަމަ ފިޓު

  12
  2
 16. ށައުގީޟ

  ޟާލޭގެ މީހުން ހާލުގައި ޖެއްސީ އްދިގުާސްތާ 30 އަހަރުގެ ވެރިކަމުގަ އެމީހާޔައް ވޯޓް ނުދިނީމަ މާލޭގެ މީހުންދެކެ ރުޅި އައިސްގެން މިހާރުވެސް ސަރުކާރުތަކުން މިދަނީ އެސަގާފަތް އާލާކުރަމުން ހަމައެކަނި މާމޭގެ ރައްޔަތުންނައް ބިން ހަރާން މީގަ ހެއްވާކަމަކީ ހުދު ތިމާމީހާޔާ ތިމާމީހާގެ މާމަދަރިންވެސް މިކަމުގަ އަޅުވެތި

  2
  1
 17. Anonymous

  ފިޓް ފާޒިލް އައް މި ހަބަރު ލިބިއްޖެބާ؟

  19
 18. ޑރ. ރާމީ ހަސަން ވައިނުޖެހޭގެ(މުބީނު މާރނީ)

  ބޯކިބާ އަށް. ކަރަންޓް މީޓަރަކުން މާލޭ ގެ މީހެއްގެ ހާލެއް ނޭންގޭނެ. މައިންބަފައިންގެ ގޯތި ބަހައިގެން އަލިފާން ފޮއްޓެއްގެ މިންވަރު ލިބުނަސް އެލިބުނު ތަންކޮޅަށް ކަރަންޓް މީޓަރ ލާންޖެހޭނެ. ބޮންޑޭ އެވިދާޅުވަނީ މާލޭ މީހުން އުޅެނީ ހާލުގައޭ. އެކަން ގިނަ މީހުންގެ ލޮލަށް ފެނޭ. ކަންފަތަށް އަޑު އިވޭ. އަދި އެއީ ހަގީގަތެއްތޯ ސަރުކާރުން ބަލަންވެސް ޖެހޭނެ!!! ހިޔުމަން ރިސޯސް މަސައްކަތް ކުރާ ބަޔަކަށް ފައިސާ ދީފައި މާލޭގެ ކިތައް މީހުންތޯ އަލިފާން ފޮށި ވަރުގެ ތަންތަން ކޮޅުގައި އުޅެނީ ބަލާދޭށޭ ބުނީމާ ބަލާފާ ތަފާސް ހިސާބުން ނަތީޖާ ދައްކާ ދޭނެ. ނަތީޖާ ދައްކާނީ މާލޭ ގެ ގިނަ މީހުން އުޅެނީ ރާއްޖެތެރޭ މީހުންނަށް ވުރެ ހާލުގައި ކަން ކަށަވަރު !!!!

  12
  8
  • ބިޑިބޯ

   ކޮންހާ ހާސަރެއްތަ ތިދަމަނީ. ބޯހިމެނުމުގަ އެއޮތީ މާލޭ މީހުންގެ ރަޖިސްޓްރީގަ 53 ހާސް ގޭބިސީ ހުރިކަމަށް. އެއީ ދޮޅުލައްކަ ކޮޓަރި. މިހުރިހާ ތަނެއް ކުއްޔަށްދީގެން ކަލޭމެން ތިތިބެނީ ވަންނާނެތަނެއްނެތޭ ކިޔާފަ އާއިލާ އެއްކޮޓަރިއަކަށްލައިގެން ފައިސާކޮޅު ގުނަން. ކަލޭމެން ކިޔާ އެއްޗެއްގެ ދެކޮޅު ރާއްޖޭގެ އެހެންމީހުނަށް ނޭނގުނު ޒަމާނެއްވެސް ދިޔަ، އެކަމަކު މިއީ އެޒަމާނެއްނޫން.

   12
   3
 19. ޒަނީ

  ޢަޅުގަނޑ ު ލައިކްވޭ އަޅުގަނޑު އުމުރު 40 ނިޔާޒް އަޅުގަނޑު މަސައްކަތް ކުރަނީ އެމްއެންޑީއެފްގަ..ރަށަކީ ކުޑަހުވަދޫ

 20. ޔޫސޭ

  ބަންގާޅީން އތިބީ ރެޑީގަ ވަރިހަމަޔޯ 80 ވިއަސް އޯކޭ ޔޯ ލައިކް ލާރިކޮޅު އަދި ވިޔަފާރި

 21. މަމެން

  މާލޭ ބައެއް މީހުއްނަކީ ރާއްޖެތެރޭ މީހުން ފެލައިގެން އުޅޭ ބައެއް.. މާލޭ މީހުން ވެސް ބައެއް މީހުން އުޅެނީ ހާލުގައޭ ކިޔާބަލަ.. އެއްމެނެއް ނޫން ދޯ..

 22. ފަޒީލް

  58 އަހަރުގެ އަންހުންވެސް ބޭނުންވަނީ ފިޓު ފިރިހެނުން. ދެން ނެތެއްނުން ސަލާމަތެއް

  8
  2
 23. ޑރ. ރާމީ ހަސަން މަނިކު

  މަތީގައިވާ ބިޑިބޯ އަށް. ރާއްޖެތެރޭގައި މީހުން އުޅެނީ މާ އަރާމުގައި. ބޯހިމެނުމުން އެދައްކަނީ މާލޭ މީހުން އުޅެނީ ކުދިކުދި ކޮޓަރީގައި ކަމަށް. އަމިއްލަ އަށް ތިޔަ އެއްބަސް ވެވުނީ. ބޮންޑަ އެވިދާޅުވާ ބަހުގެ ހަގީގަތް ބެލުމަށް މާލޭ ގެ ގިނަ މީހުން އުޅޭ ހާލު ތަފާސް ހިސާބުން ބެލުމުގެ ސާރވޭ އެއް ކުރަން ސަރުކާރުން އެދެން. އަމިއްލަ ޖަމާއަތަކުން ނަމަވެސް. ރާއްޖެތެރޭގައި އަނބިމީހާ އަށް ގޯއްޗެއް. ފިރިމީއަށް ގޯއްޗެއް. އަނބިމީހާގެ ގޯތި އޮންނަނީ ގެސްޓް ހައުސް އަކަށް 30.000 އަށް ކުއްޔަށް ދީފައި.

  1
  3
 24. ހަހަ...

  ހެވެއްނު މާލެ އޭބުނާއިރަށް ދުއްވާގަންނާނެ ފަހަތުން... ހީވާނީ ރަންގަނޑެއް ފެނިގެންއުޅޭހެން.... މަށަށް ހެޔޮ މާލެ ހިލޭވެސް....