އައިފޯން ތަކުގައި އަމިއްލަ ގެއްލޭ ހާލަތްތަކުގައި ހޯދުމަށް ބޭނުން ކުރުމަށް އިންނަ މަގުބޫލް ފީޗަރ "ފައިންޑް މައި އައިފޯން" ޓެރެކިން ބޭނުންކޮށްގެން އަންހެންކުއްޖަކަށް ފާރަލައި ރޭޕްކޮށް މަރާލައިފިއެވެ.

ނެވެޑާގެ ކޮލެޖެއްގައި ތައުލީމް ހާސިލް ކުރަމުން ދަނިކޮށް ރޭޕްކޮށް މަރާލައިފައި ވަނީ އުމުރުން 19 އަހަރުގެ ޕައުލާ ޑޭވިސް ނަަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖެކެވެ. އެއަންހެން ކުއްޖާ ރޭޕް ކޮށް މަރާލައިފައި އޮއްވައި ފެނުނީ އޭނާގެ ކާރުގެ ކައިރިން ކަމަށް "ޑެއިލީ މެއިލް" އިން ވަނީ ރިޕޯޓުކޮށްފައެވެ. އޭނާ މަރާލައިފައި ވަނީ ބޮލަށް ބަޑިޖަހައި ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި ފައުލާ މަރާލައިފައި ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ގްލޯވެނީ ރުއިޒްއެވެ. އޭނާގެ އުމުރަކީ 21 އަހަރު ކަމަށާއި ކަމަށާއި އެދެމީހުން ކިޔަވަމުން ދިޔައީ އެއް ސުކޫލެއްގައި ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޕައުލާގެ މަރާއި ގުޅިގެން ގްލޯވިނީގެ މައްޗަށް އުފުލާ ދައުވާގެ އަޑުއެހުމުގައި ހާމަކޮށްފައިވާ ގޮތުގައި ޕައުލާ މަރާލައިފައި އޮތީ ރޭޕްކޮށްފައިކަން އެނގުނީ ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން އޭނާގެ ހަށިގަނޑުގައި އެފަދަ ނިޝާން ތަކެއް ހުރިކަން ފާހަގަކޮށް ހެދި ޓެސްޓުތަކުގެ ނަތީޖާއިންނެވެ.

ޕައުލާ މަރާލާފައި ވަނީ ގްލޯވިނީ އާއި ދެމެދުގައި އޮތް ލޯބީގެ ގުޅުން ނިންމައިލަން މަސައްކަތް ކުރުމުން ކަމަށް ހަބަރުތައް ބުނެއެވެ. އަދި ވަކިވުމުގެ ވާހަކަ ޕައުލާ ފެށި ހިސާބުން ފެށިގެން އޭނާ ގެންގުޅެމުން ދިޔަ ފޯނާއި ގްލޯވިނީގެ ފޯނު ކަނެކްޓް ކޮށް ޓްރެކް ކުރެވޭނެ ގޮތް ހަދައިފައިވާ ކަމަށާއި، އޭނާގެ މަގްސަދަކީ ދެރައެއް ދިނުމަށް ފަހު ޕައުލާ މަރާލުން ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެދެމީހުންގެ މެދުގައި މައްސަލަ ޖެހިފައި ވަނީ ޕައުލާގެ ފިރިހެން ރަހުމަތްތެރިއެއް ހުރުމުގެ ސަބަބުން ކަން އޭނާ މަރާލި ދުވަހު ކޮށްފައިވާ މެސެޖަކުން ސާބިތުވާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝަބްނަމް

    ފައިންޑް އައިފޯނު ބޭނުން ކުރެވޭނީ އެމީހާގެ އައިކްލައުޑް އެކައުންޓްގެ މައުލޫމާތު އެނގި އެއެކައުންޓަށް އެކްސަސް ވެވިގެން. އެހެންގޮތަކަށް އެކަމެއް ނުވާނެ.