އިންޑިއާގެ ދިރާސާވެރިންތަކެއް ކުރިޔަށްގެންދިޔަ ދިރާސާއަކުން، އެޤައުމުގެ މީހުންގެ ސިކުނޑި، ނިސްބަތުން އެހެން ޤައުމުތަކުގެ މީހުންގެ ސިކުނޑި އާއި އަޅާ ބަލާއިރު ކުޑަ ކަމަށް ދައްކައިފިއެވެ.

ހައިދަރައާބާދުގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދިރާސާވެރިން ކުރިޔަށްގެންދިޔަ މި ދިރާސާގައި އިންޑިއާ މީހުންގެ ސިކުނޑި ކުޑަ ކަމަށް ދައްކާފައިވަނީ ހުޅަނގާއި އިރުމަތީގެ ބައެއް ޤައުމުތަކުގެ މީހުންގެ ސިކުނޑީގެ ސައިޒާއި އަޅައިކިޔައިގެންނެވެ.

ނިއުރޮލޮޖީ އިންޑިއާގައި މިހާރު ޝާއިއުކޮށްފައިވާ މި ދިރާސާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެހެން ގިނަ ޤައުމުތަކުގެ މީހުންގެ ސިކުނޑި އާއި އަޅާބަލާއިރު އިންޑިއާ މީހުންގެ ސިކުނޑި ކުޑަވުމަކީ އެކަމުގެ ސަބަބުން އިންޑިއާގެ އާބާދީއަށް ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވާ މައިގަނޑު ސަބަބެއް ކަމަށް ބެލެވިދާނެ ކަމަށެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި، ސެންޓަރ ފޯ ވިޟުއަލް އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަޖުރިބާކާރު، ޖަޔަންތީ ސިވަސްވާމީ ބުނީ ސިކުނޑި ކުޑަވުމަކީ ސިކުނޑީގެ މައްސަލަތަކަށް މަގުފަހިވެ އެކަމާއި ގުޅިގެން ކުރިމަތިވާ ސިއްހީ އެނޫންވެސް މައްސަލަތަކަށް ހުޅުވިފައި އޮންނަ ދޮރެއް ކަމަށެވެ. އެހެންކަމުން އިންޑިއާ މީހުންގެ ސިކުނޑީގެ ހާލަތަށް ބަލާއިރު، އެމީހުން މިކަމަށް ޚާއްސަ ސަމާލުކަމަށް ދިނުމަކީ މުޙިންމު ކަމެއް ކަމެއް ދެކޭ ކަމަށް އޭނާ ބުންޏެވެ.

މިއީ އިންޑިއާގައި މިހާތަނަށް ކުރިޔަށްގެންދިޔަ ސިކުނޑީގެ މިފަދަ ފުރަތަމަ ދިރާސާއެވެ. މި ދިރާސާގައި ބޭނުންކުރި މައުލޫމާތުތައް އަޅާކިޔާފައި ވަނީ ހުޅަނގުގެ ބައެއް ޤައުމުތަކުގައި ކުރިން އެއްކޮށްފައިވާ މައުލޫމާތުތަކާއެވެ. މި ދިރާސާގެ އަލީގައި ގިނަ މައުލޫމާތުތައް އިންޑިއާގެ އިންސްޓިޓިއުޝަން އޮފް އިންފޮމޭޝަން ޓެކްނޮލޮޖީން ހޯދާފައި ވާއިރު، އެ މައުލޫމާތުގެ އަލީގައި އިތުރު ބައެއް ހޯދުންތައް ހޯދުމަށްވެސް ދިރާސާ ޓީމުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ދިވެހި

  އެހެންވެ މަބުނަނީ ދިވެހީންގެ ސިކުނޑި މާބޮޑޭ. ދިވެހީން މިހާ ކުރިއަރައިގެން ދަނީ އެހެންވެ. ސަތޭކަ ސަތޭކަ މުސްލިމު ވީމަ. އިންޑިއާ ޖެހޭނީ ދިވެހިން ދައްކާ މަގުން ހިނގަން.

  20
 2. ޔައްޔަ

  ތީ ދިރާސާ އެއް ނެހެދިއަސް އެންމެންނަށްވެސް އެނގެން އޮތް ކަމެއްތާ..ހިލަ ގަނޑުތަކަށާއި ދިރޭ އެއްޗިއްސައް އަޅުކަން ކޮށް މީހުންގެ އިއްފަތްތެރިކަން ފޭރިގަންނަން އެންމެ ކުޅަދާނަ އީ އިންޑިއާ މީހުން.

  42
 3. ހުސޭނުބޭ

  މިއިން އެގެނީ ގެރިމަސް ނުކާ މީހުންގެ ސިކުނޑި ކުޑަކަން!

  36
 4. މަރިޔަމް

  ?އެމީހުންނަށް އަދި ކިރިޔާތަ އެކަން އެއެގުނީ އަހަރެމެންނަށް މާކުރިންވެސް އެނގޭ އެކަން.އިންޑިޔާ މީހުންގެ ހަމައެކަނި ސިކުނޑި ކުޑައީއެއްނޫން އެމީހުން އެއީ ބޮލަށް ވައިއަރާފައި ތިބި ޤަމާރުބައެއް.އަމިއްލަ އަތުން ހަދާ އެއްޗަށާ ގެރިއަށް އަޅުކަންކުރުމާ އެއްލަކަ ފަހަރަށް މީހާދުނިޔެއަށް އުފަންކުރުމާ އެކަހަލަގެ ކަންތަައް ކުރާނީ ޤަމާރުން ނޫން ދެން ކޮންބައެއް.އަދި އިތުރަށް ދިރާސާ ހަދާލަބަލަ އޭރުން އިނގޭނެ ޤަމާރުންކަން އެއީ.???

  10
 5. ޟަތީނު

  ޢެހެންވީމަ ކަންނޭގެ ތިހާ ރޭޕްކުރާހިތްވަނީ

  37
 6. ދިވެހިމިީހަާ

  ރޭޕިސްތާނު ވީމަ ވާ ގޮތް އެއީ

  34
 7. ޒިއާން

  ސިކުނޑި ކުޑަޔަސް އާއިލާ ދިގު ދަންމަން ވަރަށް ކުޅަދާނަ. ޕޮޕިއުލޭޝަނަށް ބަލާލިއަސް އެނގޭނެ

  8
  1
 8. ނިށާން

  ދިރާސާ އެއް ނެހެދިއަސް އެންމެންނަށްވެސް އެނގޭ ކަމެއްތީ..

  14
 9. ބޯލަބޭ

  މަހީކޮށްގެން މިހުންނަނީ މިމީހުން ގެ ސިކުނޑި ނީންނަ ކަމަށް

  10