ހަގީގީ ލޯބި ހޯދަން މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ނަމަވެސް އެކަން އަދި ކާމިޔާބުވާ ގޮތެއް ނުވާ ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ސެލީނާ ގޮމޭޒް ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ސެލީނާ ބުނެފައިވަނީ އޭނާ ހުސްކޮށް ހުންނަތާ ދެ އަހަރުވެފައިވާ ކަމަށެވެ. އެހެންކަމުން ދެން އޭނާއަށް ހާސިލް ކުރެވޭ ލޯބި އެއީ "ސީރިއަސް" ލޯތްބަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ސެލީނާ ބުންޏެވެ. އަދި އެ ދުވަހަކަށް އިންތިޒާރު ކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓީވީ ޝޯވް އެއްގައި ވާހަކަ ދައްކަމުން ސެލީނާ ބުނީ އޭނާ ބޭނުންވަނީ އަބަދުވެސް ލޯބިވެރިޔާ އާއި އެކުގައި ހުރުމަށް ކަމަށެވެ. އަދި ދެމީހުންގެ ދެމެދުގައި "ކޮމިއުނިކޭޝަން" މަދުވެގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި މިނޫންވެސް ލޯބި ދެމެހެއްޓޭނެ އެތައް ކަމެއް ހަގީގީ ލޯބިވެރިއެއްގެ ކިބައިން ފެންނާން ވާނެ ކަމަށް ސެލީނާ ބުނެއެވެ.

ހަގީގީ ލޯބީގައި ސެލީނާ އުންމީދުކުރާ ގޮތް ހިއްސާކުރަމުން އޭނާ އިތުރަށް ބުނީ، ލޯބިވެރިޔާއާއެކު އޭނާ އުޅެން ބޭނުންވަނީ "ވަރަށް ޓްރާންސްޕޭރެންޓް" ކޮށް ކަމަށެވެ. އެގޮތުން އޭނާ އަކީ، ބޭނުންވާ ކަމެއް ނުވަތަ ހިތުތެރޭގައިވާ ކަމެއް ސިއްރުކޮށްގެން ހުންނަ ހިތްވާ މީހެއް ނޫން ކަމަށާއި، ލޯބިވެރިޔާ އެކަން ބަލައިގަންނަން ޖެހޭނެ ކަމަށް ސެލީނާ ބުންޏެވެ.

ސެލީނާ ބުނީ މިހާރު އޭނާ އިންތިޒާރުކޮށްގެން ހުރީ އަބަދުވެސް އެންމެ އުންމީދުކުރިފަދަ ލޯތްބެއް ހާސިލްވާނެ ދުވަހަކަށް ކަމަށެވެ. އަދި ހިތްއެދޭފަދަ މީހަކާއި ދިމާވެ އެ ހުވަފެން ހަޤީޤަތަކަށް ވަންދެން އެ އިންތިޒާރަށް ނިމުމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ސެލީނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާއެވެ. ދުވަސްތަކެއް ވަންދެން އޮތް އެ ގުޅުން ނިމުމަކަށް އައި ފަހުން ބީބާ ވަނީ އެމެރިކާގެ މޮޑެލް ހެއިލީ ބޯލްޑްވިން އާއި ކައިވެނިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަހުމަދު

  މަ އެބަހުރީމު............

  15
  5
 2. މަތީނު

  ޢައްޗީޑި ތިކަަހަލަ ގޮތެއްފޮތެއްނެތް އަންހެނުންނާއި ކައިރިވާނީ މޮޔައިން!

  35
  11
 3. ްއާސިފު

  އޭނައަށް މެސެޖް ކުރެވޭނެ ގޮތެއް ބުނެލަދީބަލަ.

  21
  3
 4. Anonymous

  ތި ފުރުސަތު ނުލިބިގެން އުޅޭތާ ކޮން ދުވަހެއް.... ދީބަ ނަމްބަރު

  19
  2
 5. ބަސީރު އަބުދުއްނާސިރު

  އޭނަ ބޭނުންވަނީ ފަރަންޖީ ލަވަކިޔާ މޮޅަށް ނަށާ ކަޅު ނަސްލުގެ އިސްކޮޅުން ދިގު ފިރިހެނެއް.

  10
  5
  • ޖަސްޓިން

   ކަޅު އިސް ނޮޓު ހާ ޓައިޕު..

   12
   3
 6. ބޮންދުމޭން

  މަވެސް ހުސްކޮށް ހުންނަތާ މިހާރު 02 އަހަރު ވެއްޖެ. ހީވަނީ މިފަހަރު މަގޭނަސީބު ކަންނޭގެ މިފަހަރު މިއީ

  16
  1
 7. ޝޭޚްރުޝްދީ

  މީގެއިން ފެންނަނީ ދުނިޔޭގެ އުނިކަން.. ނިކަން ބަލާބަލަ.. ރީތި ފައިސާވެރި .. މަޝްހޫރު.. އެކަމަކު އިންނާނެ މީހެއް ނުވޭ..

  24
  3
  • ޙސހ

   ރުފިޔާއަކަށް ހަގީގީ ލޯތްބެއްނުގަނެވޭނެ ކަން?

   23
   2
 8. އެކުއްޖާ

  ހައިސްކޫލް މިއުޒިކަލް ބެލިއިރު އަހަރެން ހުރީ ސެލީނާދެކެ ހަގީގީ ލޯބިވެފަ އެކަމް އޭރު އަހަރެން ކުރި އެއްވެސް މެސެޖް އަކަށް ސެލީ ޖަވާބެއްނުދިންތާ ސީންވެސް ކޮށްނުލާ އެހެންވީމަ މިހާރު ބުނެވޭނީ ދެން އިނދެވޭނީ ދެއަންބަށޭ..