މީހުން ބަލައިގަންނާނޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ބައެއް މީހުންގެ ހުންނަ ވަރަށް މޮޅު ހުނަރެކެވެ. ބަރަކް އޮބާމާ އަދި ޖަސްޓިން ޓްރޫޑޯފަދަ ސިޔާސީ ލީޑަރުންނަކީ އެފަދަ އެމީހުންގެ ބަސް މީސްމީހުން ކައިރީގައި ވިކޭ އަދި އެމީހުން ދައްކާ ވާހަކައަށް ދެން ތިބޭ މީހުން ކަނުލައި އަޑުއަހާ ހިތްވާ ބައެކެވެ. އެފަދަ މީހުންނަކި ދިރިއުޅުމުގައިވެސް ކުރިއެރުން ފަސޭހައިން ހޯދައިގަންނަ ބައެކެވެ. އެހެންނަމަވެސް އެ ހުނަރަކީ އެހެން މީހުންނަށްވެސް ދަސްކުރެވިދާނޭ ހުނަރެކެވެ.

މީހުން ބަލައިގަންނަފަދަ ގޮތަކަށް ވާހަކަދެއްކުމުގައި އެންމެ ފުރަތަމަ ވިސްނަން ޖެހޭނީ ތިމާ ކިޔާ އެއްޗަކާއި ތިމާގެ ޙިޔާލުތައް އެއްގޮތަކަށް ކަނޑައެޅުމަށެވެ. އެގޮތުން މީހާގެ ވިސްނުމާއި އަނގައިން ނިކުންނަ ބަސްބަހާއި ހުންނަންޖެހޭނީ އެއް ގޮތަކަށެވެ. އޭގެ މާނައަކީ މީހާ ކިޔާ އެއްޗަކީ އެމީހާ ހަގީގަތުގައި ގަބޫލުކުރާ އެއްޗިއްސަށް ވާން ޖެހޭކަމެވެ. އެހެން ނޫންނަމަ ތިމާ މީހާ ގަބޫލުނުކުރާ ވާހަކައެއް އެހެން މީހެއްގެ ގާތުގައި ދެއްކުމުން ވަކި އެ މީހާ ގަބޫލުކުރާނެތޯ؟

އިތުރު ބޭކާރު ވާހަކަތައް ނުދައްކައި ތިމާ ބުނަން ބޭނުންވާ ވާހަކަ އެއީ އަނެއް މީހާ ކިތަންމެ ހިތްހަމަނުޖެހޭ ވާހަކައަކަށްވިޔަސް ބުނުމަކީ އެހެން މީހުންގެ ސަމާލުކަން ދަމައިގަންނަ ކަމެކެވެ. އިތުރު ވާހަކަތަކުގެ ބަދަލުގައި މީހާގެ މައިގަނޑު ޕޮއިންޓަށް ބާރުދޭ ވާހަކައެއް ދެއްކުމަކީ ދެން ކުރެވިދާނެ ކަމެކެވެ. އޭރުން ތިމާ އެ ބުނި ވާހަކައެއް ބުނަން ޖެހުނު ސަބަބުވެސް އެހެން މިހުންނަށް ވިސްނިގެން ދާނެއެވެ.

އަދި ބޮޑެތި ބަސްތައް ބޭނުންކޮށްގެން ތިމާގެ މޮޅުކަން ދެއްކުމަކީ އެހެން މީހުން ބައެއް ފަހަރު ފޫހިވާނޭ ކަމެއްކަން ދަންނާށެވެ. އެގޮތުން ކުރު އަދި ފަސޭހައިން ވިސްނައިގަނެވޭނޭފަދަ ގޮތަކަށް ވާހަކަތައް ބެހެއްޓުމަކީ ކުރުން އެންމެ ރަނގަޅު ކަމެވެ. ވާހަކަދައްކާއިރު އެހެން މީހުންނަށް ތިބާ ދައްކާ ވާހަކައިގެ ބޮޑު މަންޒަރު ސިފަވާނޭފަދަ ގޮތަކަށް ވާހަކަދެއްކުމަކީވެސް މީހުންގެ ސަމާލުކަން ވަރަށް ފަސޭހައިން ލިބިގަންނަ ކަމެކެވެ.

މިއީ ވާހަކަދެއްކުމުގައި ގެންގުޅެންވީ ރީތި އަދި މޮޅު އާދަތަކެކެވެ. އެ އާދަތަކާއިއެކު މީހާއަށް އެކި ގޮތްގޮތުން ކުރިއެރުން ލިބުމަކީވެސް ވަރަށް ގާތް ކަމެކެވެ. އަދި ވާހަކަދައްކާ މިންވަރަށް އަނެއް މީހާގެ ވާހަކަތައް އަޑުއެހުމަށްވެސް ހަދާން ނައްތައިނުލާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދުއްލާ

    ދެއަނގައިން ވާހަކަ ދެއްކީމަ މީހުން ބަލައިގަންނާނެ.