ކެލިފޯނިއާގެ އޮރެންޖް ކައުންޓީގައި ހިނގައިދިޔަ ހާދިސާއެއްގައި ކާރެއްގެ ތެރޭގައި ހަވާ ގެންގުޅުނު ކުއްޖެއްގެ އަތުގެ ތިން އިނގިލި ގޮވައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެހާދިސާ ހިނގާފައިވަނީ "އެސްޔޫވީ" ވޭނެއްގެ ތެރޭގައެވެ. އެކަން ހިނގައިދިޔައީ ކުއްޖާގެ މަންމަ މަސްތުގެ ހާލަތުގައި ހުއްޓާ ކަމަށްވެއެވެ. އަދި ބަޑިބޭސް ނަގައިގެން ގެންގުޅުނު އިރު ކުއްޖާގެ މަންމަ އެކަމަށް ހުރަސް އަޅާފައިނުވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މިހާދިސާގައި އަނިޔާވި ކުއްޖާ އަކީ އުމުރުން 8 އަހަރުގެ ކުޑަކުއްޖެކެވެ. އެމީހުން ދިރިއުޅެމުންދިޔަ ގެއާއެކު އެ ކާރުވެސް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.

އެހާދިސާގައި އަނިޔާވި ކުއްޖާގެ އިނގިލިތައް ގޮވާފައިވާއިރު، އޭގެ އިތުރުންވެސް ހަށިގަނޑުގެ އެކި ތަންތަނުން ވަނީ ފިހިފައެވެ. ކުއްޖާގެ މަންމަވެސް ވަނީ ކޮންމެވެސް ވަރަކަށް ފިހިފައެވެ. އަދި އެ ދެމައިންނަށް މިހާރު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.