ޖިންނި ސައިތާނުންގެ ވާހަކައަކީ އަހަރެން މީގެ ކުރިން އެހާ ބޮޑަށް ޤަބޫލު ކުރަން ބޭނުން ވާ ވާހަކައެއް ނޫނެވެ. އެފަދަ ވާހަކައެއް ދެއްކިޔަސް އަހަރެން ގާތަަށް ގިނަ ފަހަރު އަންނަނީ ހިންޏެވެ. އަހަންނަށް އެކަން ވަނީ މުސްކުޅި ބޯދާ ކަމަކަށެވެ. ޖިންނި ސައިތާނުންގެ ވާހަކަތައް އަހަރެން ޤަބޫލުކުރަން ފެށީ އަހަންނަށް އެފަދަ ނާމާންކަމެއް ކުރިމަތިވުމުންނެވެ.
އެއީ މިދިޔަ ހަފްތާގެ ހޯމަ ވިލޭރެއެވެ. އަހަރެން ދިރިއުޅެމުން އަންނަނީ ހުޅުމާލޭގައެވެ. ނަމަވެސް ވަޒީފާއަށްދާން ޖެހެނީ ފުރަ މާލެއަށެވެ. ބައެއް ދުވަސް ދުވަހު ވަޒީފާގައި އުޅުމަށް ފަހު އަހަންނަށް ގެއަށް އާދެވޭއިރު އޮންނަނީ ވަަރަށް ދަންވެފައެވެ.
އާދައިގެ މަތިން އެރޭވެސް ހުޅުމާލެ ދިއުމަށް ސިނަމާލެ ބުރިޖުންލާފައި ގޮސް ހުޅުލެ-ހުޅުމާލެ ހައިވޭއިން ދަތުރުކުރަމުން ދިޔައީއެވެ. މުޅި ހައިވޭގައިވެސް އެވަގުތު ދަތުރުކުރަމުން ދިޔައީ އަހަރެން އެކަންޏެވެ. އަރިމަތީގައި ދިއްލާފައި ހުރި މަގުބައްތިތަކުގެ އަލި ނޫން އިތުރު އެއްވެސް އަލިކަމެއް އެތާކު ނެތެވެ. އަހަރެން ސައިކަލު ދުއްވާފައި ދިޔައީ ފުދޭވަރަކަށް ބާރު ސްޕީޑުގައެވެ. އެއީ ވެފައިވާ ވަރުބައްޔާއި، ނިދި އައިސްފައި ހުރިލެއްވެސް ބޮޑު ކަމުން އަވަހަށް ގެއަށް ދިއުމުގެ ބޭނުމުގައެވެ. ކުއްލިއަކަށް އަހަރެންގެ ކަންފަތް ދޮށުގައި އަހަރެންގެ ނަމުން މީހަކު ގޮވާލިއެވެ. އަހަރެން ސިއްސައިގެން ގޮސް ފަހަތް ބަލާލީމެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ދެން އެނބުރި ކުރިމައްޗަށް ބަލާލިއިރު އަހަންނަށް ފެނުނީ، އަހަރެންގެ ކުރިމަތިން އަންހެނަކާއި ވައްތަރު އެއްޗެއް ހުރަސްކޮށްލި ތަނެވެ. ބަލަބަލާ ހުއްޓާ އެ އެއްޗެއް ގޮސް ގެއްލުނެވެ. އަހަރެން ގަތީ އަމަށަކު ބިރެއް ނޫނެވެ. އެއާއި އެކު ސައިކަލުގެ ސްޕީޑު އެންމެ ބާރުކޮށްލީމެވެ. އެއިރު އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ.
ހުޅުމާލެ ގޮސް ގެއަަށް ވަދެވުނުތަނާހެން އަހަރެންގެ ބޮލަށް ބަރުވާން ފެށިއެވެ. އެއާއި އެކު އަހަރެންގެ ހޭވެރިކަން ގެއްލުނެވެ. އަހަރެން ހޭވެރިކަންވީއިރު، އަހަރެން އޮތީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އެއިރު އަހަރެން ކައިރީގައި އަހަރެންގެ އަންހެނުންނާއި، ގާތް ދެތިން ރައްޓެއްސަކު ތިއްބެވެ. ހޭ އެރުމާއި އެކު އެވާހަކަތައް އަހަރެން އެމީހުންނަށް ކިޔާ ދިނީމެވެ. އެ ދުވަހަށް ފަހު އަހަރެން މިއަދާ ހަމައަށްވެސް އެކަނި ދަންވަރު ގަޑީގައި ބުރިޖުން ދަތުރުކުރުމަށް ބިރުގަނެއެވެ.
"މިއީ މި ހާދިސާ ހިނގި ފަރާތުން "ޖަޒީރާ ނިއުސް"އަށް ދީފައިވާ މައުލޫމާތުގެ މައްޗަށް އެ ނޫހުގައި ލިޔެފައިވާ ވާހަކައެކެވެ.. މި ހާދިސާގެ އަސްލު ނުގެއްލޭނެހެން އުނި އިތުރު ގެނެސްފައިވާނެއެވެ."
މާރިދު ޖިންނިޔެއްގެ ސިފާގައި ތިފެނުމީ ލާދީނީ އެމްސީހަމީދު!!!!
އާދަކޮއް މިމަގުން ކުރި ކަޑާންޔާ ހާލު ކިހިނެއް ތޯ އެހިދާނޭ، ނަން އަހާލަން ޖެހިދާނޭ....
މިލަވަ ކިޔަމުން ތަ ދިޔައި؟
ފުރަތަމަ ކަމަކަށް ޖިއްނި ޝައިތާނުން އުޅޭކަން ގަބޫލުނުކުރުން އެއީ މައްސަލައެއް
އުޅޭކަން ޤަބޫލުކުރަމޭ، ރޫހާނީ ނުވަތަ ސުޕުރިޗުއަލް ކަންކަމަކީ ލޮލަށް ނުފެނުނަސް ޤަބޫލުކުރަންޖެހޭކަންކަން.. ޖިންނިންނާ މަލާއިކަތުންނާ މާތް ހޫރުންގެ ވާހަކަ ދޮގެއް ނުކުރެވޭނެ އެކަމަކު މިވެނި ޖިންނިއެއް ނޫނީ އޭންޖެލްއަކާ ދިމާވިއޭ ކިޔާފަ މި ދައްކާ ވާހަކަ ހަމަ ޤަނޫލުކުރަން ދަތިވަނީ.
މިއީ ލީނާގެ ވާހަކަ އެއްތަ؟
ރައްކާތެރިކަމަށް އާޔަތުލް ކުރްސީ ވެސް އަދި އިޚްލާޞް ފަލަޤި ނާސް ވެސް ކިޔަވައިގެން ދަތުރުތައް ކޮށްބަލަ.
މާތް ކަލާނގެ އެންގެވި ގޮތައް ދެންވެސް އުޅެބަލަ ކުރުސި އާ ދެންވެސް ކިޔަން ތިބި އެއްޗެހި ކިޔައިގެން
މިމީހާގެ މައުލޫމާތު ބޭނުން، އެއީ ގަވާއިދާ ޙިލާފް އެތައް ކަމެއް ކޮއްފި. ބާރަށް ސައިކަލު ދުއްވުން. މަގުގަ ހުރީ ހަމަ އެކަނި މަގު ބައްތީގެ އަލި ކަމަށް ވަނީނަމަ އެއީ ސައިކަލު ހެޑްލައިޓު ނުދިއްލާ ދުއްވުން. ކަންފަތް ކައިރީ ވާހަކަ ދެއްކޭނީ ހެލްމެޓް ނާޅާ ދުއްވީމަ. އެހެންވީމަ ދައުވާ އުފުލަން ބޭނުންވާތީ މި މީހާ އާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން އެދެން. ޝުކުރިއްޔާ
ފުރަތަމަ ކަމަކީ ޖިންނި ޝައިތަަނުން އުޅޭކަން
ގަބޫލް ނުކުރަނީ ތިމާގެ ޖާހިލުކަން،