ބަލާ ބެލުމަށް ފިޔާތޮށި ކުލައެއް ހުންނަ ޗޮކްލެޓް ބަރ އެއް ކިޓްކެޓް އިން އުފައްދައި ލޯންޗްކޮށްފިއެވެ.

އެ ޗޮކްލެޓް އުފައްދާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކޮކޯ އުފައްދާ އެއް ކުންފުނި ކަމުގައިވާ ބެރީ ކޯލެބޯޓް އިންނެވެ. އެ ޗޮކްލެޓް އުފެއްދީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ކަމަށްވާއިރު، އެއީ 13 އަހަރު ދުވަހުގެ ދިރާސާއަށްފަހު އުފެއްދުނު ޗޮކްލެޓެކެވެ.

ދުނިޔޭގެ ހަތަރު ގައުމެއްގައި އެ ޗޮކްލެޓު ތައާރަފްކޮށްފައިވާއިރު، މުޅި ދުނިޔެއަށްވެސް އާ، އެ ޗޮކްލެޓު އުފައްދައި ވިއްކުމުގެ ޝަރަފު ލިބިފައިވަނީ ހަމަ އެކަނި ނެސްލޭ އަށެވެ.

އެ ޗޮކްލެޓުު އުފައްދަނީ ރޫބީ ކޮކޯ ބީންސް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަހުރަ

    ރާއްޖެއަށް އަންނާނީ ކޮންއިރަކުން؟؟؟