ސްނޯ އިން އަބަދުވެސް ފޮރުވިފައި އޮންނަ އިޓަލީގެ ސަރަހައްދަކުން 1991 ވަނަ އަހަރު ފެށުނު އިންސާނެއްގެ ހަށިގަނޑުގެ ހަޤީޤަތް ހޯދުމުގައި ސައިންސްވެރިންނަށް ކުރިއެރުންތަކެއް ލިބިއްޖެއެވެ.

އޮޒީގެ ނަން ދީފައިވާ މީހާގެ ހަށިގަނޑު ފެނުނީ ކަނޑުގެ ލޮނުގަނޑަށް ވުރެ 3210 މީޓަރު މަތިންނެވެ. ސްނޯތަކުގެ ތެރޭގައި ވަޅުލެވިފައި އޮތް ހަށިގަނޑު ފެނުނު ދުވަހުން ފެށިގެން ސައިސްވެރިން އަންނަނީ އެހަށިގަނޑުގެ ދިރާސާތައް ކުރަމުންނެވެ.

ހަށިގަނޑު ފެނުނުތާ ތިރީހަކަށް އަހަރު ފަހުން މިހާރު ސައިންސްވެރިންނަށް ޔަގީން ކުރެވިފައި ވަނީ މިއީ 5300 އަހަރު ކުރިން ދުނިޔޭގައި އުޅުނު ފިރިހެނެއްގެ ހަށިގަނޑު ކަމެވެ. ހަށިގަނޑު ފެނުނު ސަރަހައްދުން ސައިންސްވެރިންނަށް ފެނުނު އެހެން އެއްޗެހީގެ މައްޗަށް ބިނާކޮށް މިހާރު ވަނީ އޭނާ ލައިގެން ހުރި ފައިވާނާއި އަންނައުނު ހުންނާނެ ގޮތް ކަމަށް ލަފާކުރެވޭ ގޮތް ވެސް ހޯދާފައެވެ.

މި ހަށިގަނޑުގެ ދިރާސާތައް ކުރާ ޔުނިވަސިޓީ އޮފް ގްލަސްގޯގެ ސައިންސްވެރިން ބުނާ ގޮތުގައި އޮޒީ މަރުވިއިރު އޭނާގެ އުމުރަކީ 45 އަހަރު ކަމަށް މިހާރު ގަބޫލު ކުރެވެއެވެ. އޭނާ މަރުވި ސަބަބެއް އަދި ނުހޯދެއެވެ. ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި މަރުވިއިރު ވެސް އެއީ ސިއްހަތު ރަނގަޅު މީހެކެވެ. އެހެންކަމުން އޭނާ މަރުވީ އެކްސިޑެންޓެއްގެ ސަބަބުން ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ. މަރުވިއިރު އޮޒީގެ ބަރުދަނުގައި ހުރީ 50 ކިލޯ ކަމަށާއި އޭނާގެ އިސްކޮޅަކީ 5 ފޫޓް ދެ އިންޗި ކަމަށް ވެސް ސައިންސްވެރިން ގަބޫލު ކުރެއެވެ.

ސައިންސްވެރިން މިހާރު ވެސް ގެންދަނީ އޮޒީގެ އިތުރު ދިރާސާތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    މީގައި ހަގީގަތެއްނެތް. ހުރީ ލަފާކުރުން ތަކެއް.

    16
    1
  2. ފޮޑިތަށޅާ

    ހީވުމެއް ޔަގީނެތްނޫޫ