ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ، ތުއްތު ކުއްޖަކަށް ގަދަަކަމުން ސިގިރޭޓު ބޯން ދީ، ސިޑިން ވައްޓާލާ ވީޑިއޯއަކުން ގިނަ ބަޔަކަށް ސިހުން ލިބިއްޖެ އެވެ.

އެ ވީޑިއޯ އަކީ ސްނެޕްޗެޓް ސްޓޯރީއަކަށް މީހަކު އަޕްލޯޑު ކުރި ވީޑިއޯ އެކެވެ. އެ ވީޑީއޯގެ ދެ ބައެއް ވާއިރު އެއް ވީޑިއޯ އިން ފެންނަނީ ކުއްޖާ އަތަށް ސިނގިރޭޓެއް ދީ، އަނގައިގައި ލައްވާ ތަނެވެ. އަދި ހަމަ އެ ވީޑިއޯގައި ލައިޓަަރަކުން އެ ސިނގިރޭޓު ރޯ ކުރާ މަންޒަރުވެސް ފެނެއެވެ.

ދެވަނަ ވީޑިއޯގައި ފެންނަނީ ސިޑިއަކުން ކުއްޖާ ފައިބަނިކޮށް ކުއްޖާގެ ބުރަކަށީގައި ފައި އަޅައި ކުއްޖާ ސިޑިން ވައްޓާލާ މަންޒަރެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން ޓްވިޓާގައި އެ ވީޑިއޯ ހިމެނޭ ޓްވީޓަށް 1000 އަށްވުރެ ގިނަ ރިޓްވީޓް ވަނީ ލިބިފައެވެ.

ޓްވިޓާގައި ގިނަ މީހުން ދަނީ އެ ކަން ކުރުވި މީހާއަށް ހައްގު އަދަބު ދިނުމަށް ގޮވާލައި ރުޅިވެރިކަމުގެ ޝުއޫރު ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު