ފޮޓޯ އިން ތިޔަ ފެންނަނީ މެލޭޝިޔާގެ ރަސްގެފާނު ސުލްތާން މުހައްމަދު 5އާއި އޭނާ އެންމެ ފަހުން ކައިވެނިކޮށްގެން އުޅުނު ރަޝިޔާ އަންހެން މީހާ އަށް ލިބުނު ދަރިފުޅެވެ.

މިދިޔަ އަހަރުގެ ޖޫން މަސް ތެރޭ މެލޭޝިޔާ ރަސްގެފާނާއި އޮކްސާނާ ނަމަކަށް ކިޔާ އެ އަންހެން މީހާ ކައިވެނި ކޮށްގެން ހަނީމޫން އަށް އޮސްޓްރޭލިއާ އަށް ދިޔަ ނަމަވެސް، ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވަނީސް، އަދި އޮކްސާނާ ބަނޑަށް 4 މަސް ވެފައި ވަނިކޮށް ރަސްގެފާނު ވަނީ އޭނާ ވަރިކޮށްފައެވެ. އަދި އެ ދަރިފުޅަކީ އޭނާގެ ދަރިއެއް ނޫން ކަމަށް ދޭހަވާ ގޮތަށްވެސް ވަނީ ވާހަކަ ދައްކާފައެވެ.

އޮސަކްނާ ދަރިފުޅާއި އެކު

ނަމަވެސް އޮކްސާނާ ބުނާ ގޮތުން ރަސްގެފާނު ހުރީ ވަރަށް ބޮޑަށް ދަރިއަކު ބޭނުންވެފައެވެ. އަދި އޭނާ ބަނޑުބޮޑުވިކަން އެނގުމުން އޭނާގެ ހުރިހާ ރައްޓެހިންނާއި އާއިލާގެ އެންމެންނަށްވެސް ގުޅައި އެ ހަބަރު ދިން ކަމަށް އޮސަކްނާ ބުނެއެވެ.

މިހާރު އޮސަކްނާގެ ދަރިފުޅަށް 5މަސް ވެފައި ވާއިރު ދާދި ފަހުން އޭނާ ވަނީ މީސް މީޑިއާގައި ދަރިފުޅުގެ ފޮޓޯ އެއް އާއްމު ކޮށްފައެވެ. އަދި ދަރިފުޅު އޭނާގެ ބައްޕަ އާއި ވަރަށް ވައްތަރު ކަމަށްވެސް އޭނާ ބުނެއެވެ. ގިނަ ބަޔަކު ބުނާ ގޮތުން ރަސްގެފާނާއި އެ ކުއްޖާ އާއި ވަރަށް ވައްތަރެވެ. އަދި އެމީހުންގެ ކައިވެނި އަލުން ކުރުމަށްވެސް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.

މެލޭޝިޔާ ރަސްގެފާނު

ނަމަވެސް އޮސަކްނާ ވަނީ އެ ދަރިފުޅަކީ އޭނާގެ ދަރިއެއް ކަމަށް ބުނެ އެ ކުއްޖާ އަށް ލިބެން ޖެހޭ ފައިސާތައް ހޯދުމަށް ކޯޓަށްވެސް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފު

    މިޒަމާނަކީ ތިފަދަ ކަމަކާ ބަހުސް ކުރަންޖެހޭ ޒަމާނެއް ނޫން ޑީއެންއޭ ޓެސްޓަކުން ތިކަން ކަށަވަރުވާނެ...

    27
    1
    • ހުސޭނުބޭ

      ކެކެކެކެކެ... އަވަހަށް އެ ކުއްޖާގެ ގުއި ނެޕީ ޓްރަމްޕަށް ފޮނުވާ!

      16
      4
  2. ޒީ

    އަސްލުވެސް ވައްތަރު.
    ހިޔެއްނުވޭ ފޭކެއްހެނެއް.
    ދިރިއުޅުން ހަލާކުކުރަން މީހުންގެ ނުބައިކަމާއެވެ.