އެމެރިކާގެ އިލިނޯއީގައި ފުލުހުން ހޯދަން އިއުލާން ކުރި މީހަކު ނުފެނިގެން އުޅެނިކޮށް، އޭނާގެ ފޮޓޯ އެޑިޓު ކުރުމަށް ފަހު އާއްމު ކުރުމުން އަމިއްލަ އަށް ފުލުހުންނާއި ހަވާލު ވެއްޖެއެވެ.

އޭނާ ހޯދަން ފުލުހުން އިއުލާން ކުރީ މަސްތުގެ ހާލަތުގައި އޭނާ ކާރު ދުއްވުމުން ކޯޓަށް ހާޟިރުވާން އެންގުމުންނެވެ. ނަމަވެސް އޭނާ ހާޟިރުވާން އެންގި ދުވަހަށް ކޯޓަށް ހާޟިރު ވެފައެއް ނުވެއެވެ.

ކޯޓަށް ހާޟިރު ނުވެ، އޭނާ ވަނީ ފުލުހުން އޭނާ ހޯދަން ފޭސްބުކް މެދުވެރިކޮށް ކުރި ޕޯސްޓަށް ކޮމެންޓުވެސް ކޮށްފައެވެ. އެ ކޮމެންޓުގައި އޭނާ ވަނީ ތިމަންނަގެ ކޮސްޓިއުމް ކޮބައިތޯ ސުވާލު ކޮށްފައެވެ.

މިއާއިއެކު ފުލުހުން ވަނީ އެ ޕޯސްޓު ޑިލިޓް ކުރުމަށް ފަހު، އޭނާ ލައިގެން ހުރީ ސެއިލަރުން (ކަނޑުދަތުރު ކުރާ މީހުން) ލާފަދަ ކޮސްޓިއުމް އެއް ހެން ފޮޓޯ އެޑިޓް ކުރުމަށް ފަހު އެ ޕޯސްޓު އާއްމު ކޮށްފައެވެ.

މި ޕޯސްޓް ފުލުހުން ކުރިތާ އިރުކޮޅެއް ތެރޭގައި އޭނާ ވަނީ އެދުވަހުގެ މެންދުރު ވުމުގެ ކުރިން އަމިއްލަ އަށް ފުލުހަށް ހާޟިރު ވާނެ ކަމަށް ބުނެފައެވެ. އަދި އޭނާ ބުނި ގަޑީގެ ކުރިން ހާޟިރުވިކަން ފުލުހުން ވަނީ ޔަގީންވެސް ކޮށްދީފައެވެ.

އުމުރުން 25 އަހަރުގެ އެ މީހާ ފޮޓޯ އެޑިޓުކޮށް އާއްމު ކުރުމާއި އެކު ފުލުހަށް ހާޟިރުވުމުން އެތައް ބައެއްގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަކުރުބެ

    ކަލޯ މިސޮރު މާވަޑި ފަލާހާ ހާދަވައްތަރޭ ދޯ ! އަނެއްކާ ފަލާހުބާ ؟؟ ޔަގީންވާނީ ސޭޓް ކުރެން އަހާލީމައޭ !