އިންޑިއާގެ މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ މިވަގުތު ހުރީ ދިއްލީގައެވެ. ރާޖްކުމާރް ރައޯ އާއެކު އޭނާ ފެނިގެންދާ ފިލްްމްގެ މަސައްކަތަށް އޭނާ ދިއްލީގައި ހުރިިއިރު، އެ ސިޓީގެ ވައި ތަގައްޔަރުވުމުން އޭނާ ވަނީ މޫނުގައި މާސްކްއެއް އަޅާއިގެން ހުރެ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ.

އެ ޕޯސްޓުގައި ޕްރިޔަންކާ ވަނީ ވައި ތަގައްޔަރު ވުމުން ލިބޭ އުނދަގޫތަކުގެ ވާހަކަދައްކާފައެވެ. އަދި އޭނާ ވަނީ ޓީމުން އޭނާއަށް އެއާ ޕިއުރިފާސް އާއި މާސްކް ދިނީތީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ، އޭނާގެ ފޭނުން ރައްކާތެރިވެތިބުމަށްވެސް އެދިފައެވެ.

އޭނާ މިގޮތަށް ބުނުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވާން ވަނީ ފަށާފައެވެ. އެގޮތުން ޕްރިޔަންކާ މީގެ ކުރިން ސިގިޓް ބޮމުން ދާ މަންޒަރު ފެންނަ ފޮޓޯ މީސް މީޑިއާގައި އާއްމުވެފައިވާތީ އެ ވާހަކަ ގިނަބަޔަކު ދެއްކިއެވެ. ގިނަ ބަޔަކު ޕްރިޔަންކާއަށް ޖޯކު ކެހީ އެ ސަބަބައި ހެދިއެވެ.

ގިނަ ބަަޔަކަށް ކަމުނުދިޔައީ ޕްރިޔަންކާ މިގޮތަށް ބުނުމުންނެވެ. އެހެންވެ އޭނައަށް ޖޯކު ޖަހާ މީސް މީޑިއާގައި ގިނަބަޔަކު ދަނީ އެއްޗެހި ކިޔަމުންނެވެ.

މީގެ ތެރެއިން ބައެއް މީހުން ވަނީ، ޕްރިޔަންކާ ސިގިރެޓް ބުއިމާއި ދުރަށް ދިއުމަށް އެދިފައެވެ. އެއީ ޕްރިޔަންކާ އަކީ އަސްތަމާ ހުންނަ މީހެއް ކަމަށް ބެލެވޭތީ ކަަމަށް ބައެއް ފޭނުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރިޔާނީ

    ތިހެން ނުކިޔާ ސުނީ ހިތުގަޖެހިދާނެ

    10
  2. މުބީނު

    ސުނީ ގެ ޕީސީ ވިއްޔަ. އަޅެ.