އެމެރިކާގެ ޓެކްސަސްގެ އަންހެނެއް ކަމަށްވާ އުމުރުން 34 އަހަރުގެ ބްރިއާނާ ބާކްސްޑަލް މީގެ ދުވަސްތަކެއް ކުރިން މީޑިއާގެ ސަމާލުކަން ހޯދީ އޭނާގެ ފިރިމީހާ ބޭވަފާތެރިވުމުން ކައިވެނި ޕާޓީގެ ހެދުން އަންދާލައިގެންނެވެ.

ފިރިމީހާ ބޭވަފާތެރިވުމުން ކައިވެނި ޕާޓީގައި ލައިގެން ހުރި ހަނދާނީ، ރީތި ހެދުން އަންދާލުމަށް ފަހު ބްރިއާނާ ވަނީ ފިރިމީހާ ކައިރިން ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މިފަހަރު އަނެއްކާވެސް ބްރިއާނާ މީޑިއާގެ ސަމާލުކަން މިހޯދީ ތަފާތު ކަމެއް ކޮށްގެންނެވެ. ވަރީގެ މައްސަލަ ކޯޓުން ނިންމުމުން ބްރިއާނާ ފޭސްބުކްގައި ބުނެފައި ވަނީ އެންމެ ފަހުން އެއްވެސް އަގެއް ނެތް، ބޭވަފާތެރިވި، އަނިޔާވެރި ފިރިމީހާ ކައިރިން ވަރިވެވިއްޖެ ކަމަށެވެ.

އަދި ވަރިއަށް ފަހު މިހާރު އޭނާ ބޭނުންވަނީ ދެމަފިރިން ހޯދާފައި ހުރި ހުރިހާ އެއްޗެއް ވިއްކާލަން ކަމަށް ބްރިއާނާ ބުންޏެވެ. އެގޮތުން ގޭގައި ހުރި ކާމޭޒާއި، ބަދިގޭގައި ހުރި ހުރިހާ އެއްޗަކާއި، ކިންގް ސައިޒް އެނދާއި ދެން ވެސް ހުރިއްޔާ ހުރި އެއްޗެއް ވިއްކާލަން އޭނާ ވަނީ މިހާރު އިއުލާން ކޮށްފައެވެ.

ބްރިއާނާ ބުނީ އެއިން އެއްވެސް އެއްޗަކީ އޭނާގެ ގޭގައި ބެހެއްޓޭ ވަރަށް ވުރެ އަގު ދަށް އެއްޗެއްސަށް މިހާރު ވަނީ ވެފައެވެ. އެއީ އެތަކެތީގެ އެއް ހިއްސާދާރަކީ އަގެއް ނެތް މީހަކަށް ވުމުން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ބްރިއާނާގެ ހިތްވަރަށް މީސް މީޑިއާގައި ވަރަށް ގިނަ މީހުން ދަނީ ތައުރީފް ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިންސާނާ

    ދެން ތިޔަބުނާ އަގެއް ނެއް ފިރިމީހާގެ އަގެއްނެއްް މުދާކޮޅު ވިއްކާލާފަ ލިބޭ ފައިސާކޮޅުގަ އަގެއް ހުންނާނެބާ އެފައިސާ ކޮޅައް ހަދާނީ ކިހިނެއް

    • ޙެހެހެ

      ލޮލް

    • ލާލަ

      އަގެއްނެތޭ އެބުނަނި އޭގެ އަގު ދަށްވީމަ އެއް ނޫނޭ. އެއައްވުރެ މާ ފުންމާނައެއްގައޭ. މުދާ ވިއްކާލެވޭނި ފިިރިމީހާގެ ހަނދާންތަކާއެކު. އޭގެން ލިބޭ ލާރީގަ އެ ހަނދާންތަކެއް ނުުހުންނާނެއެއްނު. ވިސްނާލާފަ ކޮމެންޓުކޮއްބަލަ.

      • ަާހުސް ސުވާލު؟؟؟

        ދެން ހިތާއި ސިކުނޑީގަވާ ފިރިމީހާގެ ހަނދާންތަކަށް ހަދާނީ ކިހިނެއްބާ؟އަންނަ ރުޅީގަ ރަބަރަކުން ފޮހެލާނީތަ؟ނޫނީ ބުލީޗް ލައިގެން ދޮވެލާނީތަ؟ނޫނީ ހެދުން އަންދާލިގޮތަށް އަންދާލާނީތަ؟؟ނޫނީ އޭނަގެ ހިތާއި ސިކުނޑި ނަގާފަ އެހެން މީހެއްގެ ހިތާއި ސިކުނޑި ލައްވާނީތަ؟؟މޮޔަކަންތައްތައް ކުރިޔަކަސް ތިކަންތިގޮތަށް ވާކަށް ނޯންނާނެ.ހިތާއި ސިނކުނޑީގަ އެހަނދާންތައް ވާހާހިނދަކު!!

  2. ފޮތް ބަންޑެލި

    ލޮލް... އަގެއް ނެތް އެއްޗެއް ކީއްކުރަން ވިއްކަނީ؟ ހަނދާން ނައްތާލަންތަ؟ ތިކަމެއް ނުވާނެ. އެ ވިއްކާފަ ލިބޭ ލާރިކޮޅުގައި ކުރާ ކަންކަމަކީވެސް ހަމަ އެ ފިރިމީހާގެ ހިއްސާ އޮންނާނެ ކަންތައްތައް. ލޮލް.،،،..

  3. ހަސަނު

    މަބޭނުން އިންނަން ބޭވަފާތެރިއެއްނުވާމަން.

  4. ޢައިޝާ

    ތޭންކްސް ވަގުތު..އާ ކަމެއް ތި ދަސްކޮށް ދިނީ