17 ދުވަސްވީ އަންހެން ދަރިފުޅު ދިރިހުއްޓާ ވަޅުލާ މަރާލި ބައްޕަޔަކު ހައްޔަރުކޮށްފިއެވެ.

އެންމެ 17 ދުވަސްވީ އެ ކުއްޖާ ދިރިހުއްޓާ ވަޅުލާ، މަރާލާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. މިކަން ހިނގާފައިވަނީ އިންޑީޔާގެ އަތަންޑާމަރުތޫރްގައެވެ.

އިންޑިޔާ ފުލުހުން މައުލޫމާތު ދޭ ގޮތުގައި ގެ ކުރިންވެސް އެ އަންހެންކުއްޖާގެ ބައްޕަ، އެ ކުއްޖާ މަރާލަން މަސައްކަތް ކޮށްްފައިވެއެވެ. އޭރު އެ ކުއްޖާއަށް ވީ އެންމެ ތިން ދުވަސް ކަމަށްވެސް އިންޑިޔާ ފުލުހުންގެ ތަރުޖަމާނަކު ޓައިމްސް އޮފް އިންޑިޔާ އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ. އިންޑިޔާ ފުލުހުން ބުނީ މީގެ ކުރިން އެ ކުއްޖާ މަރާލަން ކުރި މަސައްކަތް ނާކާބިޔާބު ވެފައިވަނީ އޭނާގެ އަވައްޓެރިއަކަށް ފެނިގެން އެކަން ހުއްޓުވުމުގެ ސަބަބުން ކަމަށެވެ.

ޓައިމްސް އޮފް އިންޑިޔާއިން އެ ޤައުމުގެ ފުލުހުންނާއި ހަވާލާދީ ބުނެފައިވަނީ ޑީ ވަރަދަރަޖަން ނަމަކަށް ކިޔާ އެ މީހާ އާއި، ސައުންދަރިޔާ ކައިވެނި ކޮށްފައިވަނީ މީގެ 15 މަސް ކުރިންނެވެ. އަދި އެ ދެމީހުނަށް ދަރިޔަކު ލިބިފައިވަނީ މީގެ 17 ދުވަސް ކުރިން ޕުޑުޗެރީގެ ޖިޕްމާ ހޮސްޕިޓަލުންނެވެ.

އިންޑިޔާ ފުލުހުން އިތުރަށް ބުނީ ވަރަދަރަޖަން އެ ކުއްޖާ ގޮވައިގެން ގޮސް، ކޯރެއްގެ އައްސޭރިފަށުގައި ވަޅުވާލަފައިވަނީ ސައުދަރިޔާ ނިދާފައި އޮއްވާ ކަމަށެވެ. އެންމެ ފަހުން އެ ކުއްޖާ ހޯދި އިރު ފެނުނީ ވަޅުލާފައި އޮއްވާ ކަމަށާއި، ވަރަދަރަޖަން އޭނާގެ ކުށަށް ވަނީ އިއުތިރާފުވެސް ވެފައި ކަމަށް ފުލުހުން ބުންޏެވެ. އެކަން ކުރީ އަންހެން ކުއްޖެއް ލިބުމުން ކަމަށާއި، އޭނާ ބޭނުންވަނީ ފިރިހެން ކުއްޖެއް ކަމަށްވެސް ވަނީ ބުނެވައެވެ.

ވަރަދަރަޖަން އަށް މިހާރު ވަނީ އެގައުމުގެ ޕީނަލްކޯޑްގެ 302، 315 އަދި 498 ގެ ދަށުން ދައުވާ ކޮށްފައެވެ. މިހާރު އޭނާ ހުރީ އިންޑިޔާ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އަންހެން ކުދިން ލިބުމުން އެ ކުދިން މަރާލުމަކީ އިންޑިޔާގައި ކުރީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. އިންޑިޔާގެ ގިނަ ބަޔަކު ދެކޭގޮތުގައި އަންހެން ކުދިންނަކީ ބޭކާރު ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  މިވަރު ތަނަކަށްތަ ފަނޑިޔާރުން ތަމްރީނުކުރަން އެ ފޮނުވަނީ! ތި އިންޑިޔާއިން ތަމްރީނުވެގެން އަންނަ ފަނޑިޔާރުން އަންހެން ދަރިން ވަޅުލަން ޙުކުމްނުކުރިއްޔާ ވާ ނަސީބު!

  10
  1
 2. ސާރާ

  ދެން މިކަލޭގެ އިނދެގެން ދަރިން އެ ހޯދަނީ ފިރިހެނެއްގެ ކިބައިން ހެއްޔެވެ؟

  11
 3. ކެޔޮޅު

  ކީރިތި ގުރުއާންގައި މާތްﷲ ވަހީ ކުރައްވާފައި ވެއެވެ ދިރިހުއްޓާ ވަޅުލެވުނު އަންހެން ދަރިޔާ ސުވާލު ކުރެވޭ ހިނދެވެ ފަހެ އޭނާ މަރައިލެވުނީ ކޮން ކުށެއް ގައި ހެއްޔެވެ މި ކަމުންވެސް އެނގިގެން ދަނީ ގުރުއާނުގެ ތެދު ކަމެވެ އެ ކަލާނގެ ބާވައިލެއްވި ފޮތުގެ ތެދު ކަމެވެ

  12
  2
 4. ހޫ

  ފިރިހެންދަރިން ތި ހޯދަނީ އެދަރިންނަށް ރޭޕްގެ ނުބައި ސަގާފަތް ދަސްކޮށް ދޭން ހެއްޔެވެ. އެ ދަރިންނަށް އަންހެން ކުދިންނަށް ދޭން ޖެހޭ ހިމާޔަތާ އިހްތިރާމް ދަސްކޮށް ދޭނަމަ އާއިލާ ބަދުނާމު ވެދާނެތީ އަންހެން ދަރިން މަރާކަށް ނުޖެހޭނެ އެވެ.

  8
  1