ފަހަކަށްއައިސް ދެ ލޯބިވެރިންގެ މެދުގައި ޖެހޭ މައްސަލަައް ހައްލު ކުރުމަށް ވާހަކަ ނުދައްކާ ފެނިގެން ދަނީ ވަގުތުން ބްރޭކްއަޕްވާ މަންޒަރެވެ.

މައްސަލަ ހައްލު ކުރުމަށް ދެފަރާތުގެ މެދުގައި އެއްވެސް ވާހަކަދެއްކުމެއް ނެތި އެ ރުޅިގަނޑުގެ ތެރޭގައި ވަގުތުން ބްރޭކްއަޕްވާ ފަހަރުތައް އަހަރެމެންގެ މުޖްތަމައުގައި މިހާރުވަނީ އަންނަނީ ވަރަށް އާންމުވަމުންނެވެ.

މިކަންކަން ގިނައިން ފެނިގެން ދަނީ މުސްތަގްބަލްގައި ގައުމުގެ ޒުވާނުންނަށް ވާން ތިބި ފުރާވަރު ކުދިންގެ ފަރާތުންނެވެ.

އެކުދިންނަށް ލޯތްބަކީ ކޯޗެއް ކަން ނޭނގި ކުދިންނާއި ރައްޓިހި ވެވެނީއެވެ. އަދި " އައި ލަވް ޔޫ އޭ" ފަދަ ބަސްތައް ބުނެ ކުދިންގެ ހިތްތައް ކަތިލާ، އިހްސާސްތަކާއި ކުޅެވެނީއެވެ. މިހާ ލޯބިން ދުވަސްތައް ގުނުމަށްފަހު ދެލޯބިވެރިންގެ މެދުގައިޖެހޭ ކުދިކުދި މައްސަަލަތައް ހައްލުކުރުމުގެ ބަދަލުގައި ރުޅި އިސްކުރެވެނީއެވެ. މައްސަލަ ހައްލު ކުރުމުގެ އެއްވެސް ވިސްނުމެއް މިހާރުއުޅޭ ކުދިންނެއް ނުގެން ގުޅެއެވެ. ފިރިހެން ކުދިން އަދި އަންހެން ކުދިންގެ ވެސް އާންމު އުސޫލަކީ މައްސަލައެއް ޖެހިއްޖެނަމަ ހަޑިހުތުރުބަސް ތަކުން ދެމީހުންގެ މެދުގައި ވާހަކަ ދައްކާ ޒުވާބު ކުރުމެވެ. މިކަމުގެ ސަބަބުން ދެމީހުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވެ ގުޅުން ކެނޑޭ ހިސާބަށް ދިޔުން މިހާރު ވަނީ އާންމު ވެފައެވެ. އަދި އެޔާއި އެކު "ބްރޭކްއަޕް" އޭ ކިޔާފައި ލޯބީ ކޮށްފައިވާ ވައުދާއި އަހުދުތައް އެއްފަހަރުން ނިމުމަކަށް ގެނެވެއެވެ.

އެހެން ނަމަވެސް މިއީ އެއްވެސް ގޮތަކަސް ބުއްދިވެރިގޮތެއް ނޫނެވެ. ކަންކަން ހައްލު ކުރެވޭނީ ވާހަކަދައްކާގެންނެވެ. ތިމާ ހިތުގައި ވާއެއްޗެއް މުށުތެރެޔަށް ލައިގެން ހުއްޓެއް ކަމަކު އަނެކާއަކަށް ނޭނގޭނެއެވެ. ތިމާ ކަމަކާއި ދޭތެރޭ ހިތްހަމަ ނުޖެހިފައި ވާކަން މޫނުމަތިން ފެނުން ކަމުގައި ވިޔަސް ހިތްހަމަ ނުޖެހިފައިވަނީ ކޮން ކަމަކާ ކަމެއް އެހެން މީހަކަށް ނޭނގޭނެއެވެ. އެކަންތައް އިނގޭނީ ވާހަކަދައްކާގެން އޭނާގެ ހިތްހަމަ ނުޖެހޭ ކަންތައްތައް ހާމަކޮށްގެންނެވެ.

ވުމާއި އެކު ޖެހޭ ކުދި ކުދި މައްސަލަތައް ހައްުލު ކުރުމުގެ ބަދަލުގައި "ސިނގު ރުޅި" އިސް ކުރުމަކީ ވަރަށް ބޭ އަދަބީ ކަމެކެވެ. އެންމެންގެ މެދުގައި ވެސް މައްސަލަތައް ޖެހޭނެއެވެ. އެހެން ނަމަވެސް އެކަން ހައްލު ކުރުމަށް ޖެހޭނީ ވާހަކަ ދައްކާށެވެ. ލޯބިވެރިން ވެއްޖެ ނަމަ ވަގުތުން "ބްރޭކްއަޕް" ވާކަށް ނޫނެވެ. ތިމާ ހިތްހަމަ ނުޖެހޭ ކަންތައްތަކާއި ހިޔާލާއި ޝުއޫރު ހިތުގައި ނުބާއްވާ ފާޅު ކުރާށެވެ. ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ކުރެވޭނަމަ މުޖްތަމައު ތެރޭގައި އޮންނަ ސުލްހަ މަސަލަސްކަން ގެއްލިގެން ނުދާނެއެވެ.

އަހަރެމެން ކޮންމެ އިންސާނަކަށް ވެސް ކުށެއް ކުރެވިާނެއެވެ. އެހެން ނަމަވެސް ކުށަށް މާފަށް އެދުމުން މާފު ކުރުމަކީ އެމީހެއްގެ އަތްމަތީގައި ވާ ކަމެކެވެ. ގެއްލިއްޖެ އިތުބާރަކީ އަލުން ލިބޭނޭ އެއްޗެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް އިތުބާރު އަލުން ހޯދުމަށް މަސައްކަތް ކުރުމަކީ އޮންނަ ކަމެކެވެ. މުސްލިމް އަޙާއަށް މާފު ކުރުމަކީ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ. އެއީ ދުނިޔެމަތީގައި އަހަރެމެންނަށް ކުރެވޭ ކުއްތަކާއި ފާފަތަކަށް ތައުބާވުމުން ﷲ ސުބްހާނަހޫ ވަތައާލާ އެކުއްތަށް އަފޫ ކުރައްވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު