އިންސްޓަގްރާމް ބަޔޯ ގައި ޖަހާފައި އިންނަނީ "ތަލަސޮފީލް" އެވެ. ޕްރޮފައިލް ޕިކްޗާ އަކަށް އިނީ ފައި ފުޅާ ހަރުވާޅު ލައިގެން، ބޯ މައްޗަށް އަލަނާސިއެއް ލައިގެން ގޮނޑުދޮށުގައި ހުރި ފޮޓޯއެކެވެ. އަބަދުވެސް ދައްކަނީ އެއް ވާހަކައެކެވެ. މޫދުގެ ވާހަކައެކެވެ. މޫދަށް ދާ ހިތްވާ ވާހަކައެވެ. ހަމަ ގައިމުވެސް މިބުނާ "ތަލަސޮފީލް" ކުދިން މޫދު ދެކެ އެވަނީކީ އަމަށަކު ލޯތްބެއް ނޫނެވެ.

"ތަލަސޮފީލް" އަކީ މޫދާއި، ކަނޑާއި އެ ކަނޑުގެ ދިރުންތައް ދެކެ ލޯބިވާ މީހުންނަށް އިނގެރޭސި ބަހުން ކިޔާއުޅެ ނަމެކެވެ. އެމީހުންނަކީ މޫދަށް އެޑިކްޓުވެފައިވާ، "މޫދުން އަރާމު ލިބޭ" މީހުންނެވެ. ދިވެހިރާއްޖެއަކީ 99 އިންސައްތަ މޫދު އޮންނަ ގައުމަކަށް ވުމާއެކު މި ގައުމުގައި "ތަލަސޮފީލް" ކަމަށް ދައުވާކުރާ އަންހެން ކުދިން ގިނަވާނެ ކަމާމެދު ޝައްކެއްވެއް ނެތެވެ. އެހެނަސް ހިތާމަކުރަންޖެހޭ އެއްކަމެއް އެބަ އޮތެވެ. އެއީ، މިބުނާ "ތަލަސޮފީލް" ކުދިންގެ ތެރެއިން ގިނަ ކުދިންނަށް ފަތާކަށް ނޭނގެއެވެ.

"ތަލަސޮފީލް" އޭ ކިޔައިގެން މޫދަށް އެރި އަލަނާސި ހިފައިގެން ތިބޭއިރު، މިކުދިންނަށް ފަތަށް ނޭނގޭކަމީ ހިތާމަވެރި ކަމެކެވެ. ދިވެހިރާއްޖޭގެ ބޮޑު ބަޔަކީ މޫދު ކަމަށްވުމާއެކުވެސް، ކޮންމެ ދިވެއްސަކަށްވެސް ފަތަން އެނގުމަކީ މުހިންމު ކަމެކެވެ. އަދި ޙާއްސަކޮށް "ތަލަސޮފީލް" ކުދިންނަށް ފަތަން އެނގެން ޖެހެއެވެ.

"ތަލަސޮފީލް" ކުދިން އެހާ މޫދު ދެކެ ލޯބިވާއިރު، އިންސްޓަގަރާމް ބަޔޯގައި "ތަލަސޮފީލް" ޖަހާފައި ތިބޭ ބައެއް ކުދިންނަކީ ކަޅުވެދާނެތީ ބިރުން މޫދަށް ނޭރޭ ކުދިންނެވެ. އެ ކުދިންނަކީވެސް ހަމަ އެބުނާ މޫދު ދެކެ ލޯބިވާ "ތަލަސޮފީލް" ކުދިންބާއޭ އަހަރެންގެ ހިތަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސުވާލު

  ތަލަސޮފީލް އާއި އަލަނާސިއާ ހުރި ގުޅުމަކީ ކޮބާ؟ އެއީ ތަލަ ފޮރުވަން ގެންގުޅޭ އެއްޗަކީތަ؟

  18
  1
 2. ޕުތޫ

  ތަލަސޮފީލް އޭ ކިޔައިގެން މޫދަށްއެރި އަލަނާސި ހިފައިގެން އެ ކާންތިބޭއިރު.... ކިކިކކކކކކ ކި ކި ކި

  14
 3. ޅޮލް

  ޙޙަހަހަހަހހަހަހަހަހަ

  11
 4. އަލަބެއްޔާ

  އަލަނާސި ހިފައިގެން މޫދަށް އެރުނީމަ ބޯ ތަލައެއް ނުވާނެޔޯ އެ ނުލާ އެރުނީމާ ބޯ ތަލަ ވެދާނެތީ ބިރުން ތޯއްޗެއް ހެހެ

  11
  1
 5. ނަޖީބު އައްބާސް

  އަންހެނުންގެ އާބާދީގެ ބޮޑުބަޔަކައް ފަތައް ނޭގުމަކީ ނާތަހުޒީބު ސަގާފަތާ ގުޅިފަވާކަމެއް ކަމުގަ ދެކެން! ފަތައް އަތްފައިގެ ހަރަކާތް ނުހަނު ބޮޑައް ބޭނުވާއިރު؛ އަތްފައި ފަސޭހަކަމާއެކު ހަރަކާތް ތެރިވެވޭވަރު ހެދުމެއް ތުރު ނުކުރެވޭބަޔަކައް ފެތޭނެތޯ´؟ އިސްނުން ތަރައްގީވެގެން އައިގޮތައް ބަލާއިރު ވަކިކަމެއް ކުރަން ވަކި ހެދުން ތަކެއްހުރޭ! ފެކުޓަރީ މަސައްކަތާ ހޮސްފިޓާ އިންނެރިންގެ އިތުރުން ތަހުޒީބޭ މުޖުތަމާތަކުގަ ދެމަފިރިން އެދުގަ ރޭކުރަން ވަކިހެދުމެއް އެޅުމަކީ އޮންކަމެއް

  7
  6
  • XD

   އާދެ! މޫދަށްވެސް ދަނީ ބަރު ފޮތި އަޅައިގެން އެ ދޫ ނަމަ ފަސޭހައިން އޮޔާ ދިއުމުގެ ފުރުސަތު ބޮޑު ރަނގަޅަކަށް އެއްޗެއް ބުންޏަސް ގަބޫލު ނުކުރުވޭ މީހުން އުޅޭ.

   5
   7
 6. ޖަވާބެއްދީބަލަ

  ވައި އަލަނާސި އިން ބީޗް؟

 7. މޫމި

  އަލަނާސިއަކީ އާންމުކޮށް ރާއްޖޭގަ ހެދޭ އެއްޗެއްވެސް ނޫން މާރީތިވާނެ ކުރުނބައެއް ބޮލަށް ލައިގެން ފޮޓޯ ނެގިއްޔާ