ޕަދްމާވަތުގައި ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގް އަދާކޮށްފައިވާ މޮޅު ރޯލަށް ލިބެމުންދާ ތަރުޚީބާއެކު ރަންވީރަށް ދިޔައީ އެތަކެއް ފުރުސަތުތަކެއް ލިބެމުންނެވެ.

އެގޮތުން ދާދިފަހުން ކައިވެނި ހަފްލާއެއްގައި 30 މިނެޓް ބައިވެރިވެއްޖެނަމަ ދެ ކްރޯޑް ރުޕީސް ވަނީ ރަންވީރަށް ހުށައަޅައިފައެވެ. ނަމަވެސް އެކައިވެނި ހަފްލާ އިންތިޒާމުކުރި ފަރާތުގެ އެ ހުށައެޅުމަށް ރަންވީރު ވަނީ ނޫނެކޭ ބުނެފައެވެ.

މީޑިއާ ރިޕޯޓްތަށް ބުނާގޮތުން ރަންވީރު ސިންގް އެ ހުށައެޅުމަށް އިންކާރު ކުރީ ޒޯޔާ އަޚުތަރުގެ އެންމެ އަވަހަށް ނިކުންނަން އޮތް ފިލްމު "ގަލީ ބޯއީ" ގެ ޝޫޓިންގައި އަވަދިނެތި އުޅެން ޖެހުމުގެ ސަބަބުންނެވެ. އަދި ސޫޓިންގެ މެދުތެރެއިން ކައިވެނި ހަފްލާއަކަށް ދިޔުމަށްފަހު އެބުރި އައިސް ފިލްމަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދެވޭނެ ކަމަށް ރަންވީރު ބުނެފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތަށް ބުނެއެވެ،

ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑު ރޯލުންތަކުން ފެނިގެންދާ ގަލީ ބޯއީ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ތިޔަ ޢަދަދުތައް ހުށައަޅަންވީ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ އިސް ދެ ފަނޑިޔާރުނަށް! ޝަރީޢަތްތައް ހުއްޓާލާފަވެސް ޔަޤީނުންވެސް ބައިވެރިވީސް!

    • Anonymous

      ޔަގީންތާ.......

  2. ށާ

    ކޮންމެ ކަމެއް ވެސް ސިޔާސި ކޮއްލަން ވާނެ