ފުލުހަކު، ކުނި އުކާ ކޮންޓެއިނަރެއް ތެރޭގައި ތާށިވެފައި އޮތް ސާރިދޯޅެއް ސަލާމަތް ކޮށްފިއެވެ.

އެ ކޮންޓެއިނަރުގައި ތާށިވެފައިވަނީ "ޓީޝާޓު" ނަމުން ނަން ދީފައިވާ ސާރިދޯޅެކެވެ. މި ހާދިސާ ހިނގާފައިވަނީ ކެލެފޯނިއާގެ ޓަހޯ ކޯރު ކައިރީގައި އޮންނަ ކިންގްސް ބީޗް ސަރަހައްދުގައެވެ.

މި މަންޒަރު ވަނީ އެތަނުގައި ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާއަކަށް ވެސް އަރާފައެވެ.

އެ މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، އެ ކޮންޓެއިނަރު ތެރޭގައި ޓީޝާޓް ތާށިވުމުން، އޭގައި ހުރި ކުޑަ ލޯވަޅަކުން އޭތި ނުކުންނަން މަސައްކަތް ކުރި ކަމަށެވެ. އަދި އޭތި ތާށިވެފައި ވަނީ އެ ލޯވަޅުން ނުކުންނަން އުޅުމުގެ ތެރޭގައިކަމަށެވެ.

ޓްވިޓާ އަދި ފޭސްބުކްގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި އެ ސާރިދޯޅު އަމިއްލައަށް އެލޯވަޅުން ދެމިގަންނަން މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ. އެ މަންޒަރު ފެނުމުން ފުލުހުންގެ ދެ އޮފިސަރަކު ވަނީ އެ ކޮންޓެއިނަރު ހުޅުވައިލައިފައެވެ. އަދި އެ ކޮންޓެއިނަރު ހުޅުވައިލުމުން އެ ސާރިދޯޅު ވަނީ އޭގެތެރެއިން ތެރެއިން ނުކުމެ، ސަލާމަތް ވެފައެވެ.

މިފަދަ ހާދިސާތަކަކީ އަލަށް ދިމާވާ ހާދިސާތަކެއް ނޫނެވެ. މީގެ ކުރިންވެސް ސެޕްޓެމްބަރ މަހުގެ ތެރޭގައި ކެލިފޯނިއާގައި ވަނީ ސާރިދޯޅެއް ހަމަ ކޮންޓެއިނަރެއްގައި ތާށިވެގެން އޭގެ މައިންބަފައިން، އޭތި ސަލާމަތް ކުރަން އުޅުނު މަންޒަރު ފެންނަ ވީޑިއޯ ދައުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަންޑި

    ވީޑިއޯ އިސްޓަކުވަނީ

  2. އޯބޯއި

    އަމައްޔާއި ހާދަހާވާ ބޮޑު ޓީޝާޓެކޭ ސުއްބޫސް