މުޅި ފޭސްބުކުގައި ހުސް ކާއެއްޗެއްސެވެ. ސްނެޕްޗެޓް ސްޓޯރީއާއި، އިންސްޓަގްރާމް ފީޑުގައިވެސް އެނޫން އެއްޗެއް ނެތެވެ. ދިމާވާ ކޮންމެ ފަހަރަކުވެސް ދައްކަނީ ހަމަ ކާއެއްޗެހީގެ ވާހަކައެވެ. ލިބޭ ކުޑަ މުސާރައިން އަތާ އަނގަޔާއި ދިމާނުވެގެން އުޅޭއިރުވެސް އަބަދުވެސް ދައްކަނީ ކޮންމެވެސް ރެސްޓޯރެންޓަކަށް ކާން ދާ ވާހަކައެވެ. މިދައްކަނީ އަހަރެންނާއި އެކު އުޅޭ ބައެއް އެކުވެރިންގެ ވާހަކައެވެ.

އަހަރެންނާއި އެކުގައި ބޭރަށްދާން އޭނާގެ ގާތުގައި އެދޭ ކޮންމެ ފަހަރަކުވެސް އޭނާ ބުނަނީ އެއް ވާހަކައެކެވެ. ބަނޑުހައިވެފައި ހުންނަ ވާހަކައެވެ. ކުލާސް ނިންމާފައި ނިކުމެވެސް ބުނަނީ ބަނޑުހައިވާ ވާހަކައެވެ. މިސްކިތުން ފައިބައިގެންވެސް ދައްކަނީ ބަނޑުހައިވާ ވާހަކައެވެ. އަދި ކިތަންމެ ވަރަކަށް ކެޔަސް އެއިން އެކެއްގެ ބަނޑެއްވެސް ނުފުރެއެވެ. ބޭނުންވަނީ އިތުރަށް ކާށެވެ.

އަބަދު ބަނޑުހައިވެފައި ހުރުމަކީވެސް ހަގީގަތުގައި ބައްޔެކެވެ. މި ބަލީގެ ނަމަކީ ޕްރަޑާ ވިލީ ސިންދްރޯމްއެވެ. މި ބަލީގެ ސަބަބުން މީހާ އަބަދުވެސް ހުންނާނީ ބަނޑުހައިވެފައެވެ. ކިތަންވެ ވަރަކަށް ކެެޔަސްއެވެ. އަދި ނުކައިފިނަމަ މީހާގެ ހަކަތަ މަދުވެ، ހަށިގަނޑުގެ ބާރު ދެރަވެއެވެ. އެހެންނަމަވެސް މިބަލީގެ ސަބަބުން މީހާގެ ބަރުދަން އިތުރުވެ، ފަލަވެއެވެ.

މިއީ މިޒަމާނުގެ ބައެއް ޒުވާނުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މިކަމުގެ ސަބަބުން، މީހާގެ ހަށިގަނޑު ފަލަވެ އަދި ޞިއްޙީ އެތަކެއް މައްސަލަތަކާވެސް ކުރިމަތިލާންޖެހެއެވެ. އަދި އަބަދު ބަނޑުހައިވެ، ކާންބޭނުންވެ، ކެއުމުގެ ސަބަބުން ބޭކާރުގޮތުގައި އެތަކެއް ބައިވަރު ފައިސާއެއް ހަރަދުވެގެންދެއެވެ. މިފަދަ އަބަދު ބަނޑުހައިވެފައި ހުންނަ އެކުވެރިއެއް، ތިޔައިން ކޮންމެ މީހެއްގެވެސް ހުންނާނެއެވެ. އެ އެކުވެރިޔާއަށް ނަސޭހަތްތެރިވާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޭމާޓު

    އަހަރެން..

  2. މައުސް

    އޯކީ ޑޯކީ