ކައިވެނީގެ އަނގޮޓި ގެއްލިގެން ބިންމަތި ކޮންނަމުން ދިޔަ ފިރިހެނަކަށް ރަނުން ހަދާފައިވާ 84 ފައިސާފޮތި ފެނިއްޖެއެވެ.

ބޭރުގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕައުލް ރޭނާޑް ކިޔާ އެފިހެން މީހާ އަށް ފައިސާފޮތިތައް ފެނިފައި ވަނީ ރަހުމަތްތެރިއެއްގެ ކައިވެނީގެ އަނގޮޓި ބިންމައްޗަށް ވެއްޓި ގެއްލުމުގެ ސަބަބުން އެހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެތައް ފައިސާ ފޮއްޗެއް ފެނި މުއްސަނދިވުމުން އޭނާ އަށް ވަނީ އުފަލުން ރޮވިފައެވެ.

އެ 84 ހަތަރު ފޮއްޗަކީވެސް ކިންގެ ހެރީ 8 ވަނައިގެ، ވެރިކަމުގައި ތައްޔާރުކޮށްފައިވާ ތަކެތިކަން ހޯދިފައިވާކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އެފަދަ އަގުބޮޑު އެއްޗެއް ލިބިދާނެ ކަމަށް ދުވަހަކު އުންމީދު ނުކުރާ ކަމަށާއި އެހެން ނަމަވެސް އެކަމާއި ވަރަށް އުފާކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެކަމަކީ އޭނާގެ ރަހުމަތްތެރިޔާ އަތުން ގެއްލުނު އަގުހުރި އަނގޮޓި ހޯދުމުން ލިބިފައިވާ ބޮޑު ފައިދާއެއް ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވަނީ ބުނެފައެެވެ.

އެ ފައިސާފޮތިތައް ގަތުމަަށް "އަލްސްޓާ މިއުޒިއަމް" އިން މިހާރު ތައްޔާރު ވަމުން އަންނަ ކަމަަށާއި ގާތްގަނޑަކަށް އެއްލައްކަ ޑޮލަރަށް އެހުރިހާ ކޮއިން އެއް ވިއްކާލެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ކަމާބެހޭ މާހިރުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ކައިވެނީގެ އަނގޮޓި ހޯދަން ކުރި މަސައްކަތް ބޭކާރުވެފައިވާ ކަމަށާއި، ގޯލްޑް ކޮއިންތައް ފެނުމުން އިތުރު ކޮއިންތަކެއް ހޯދުމަށް މުޅި ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެެވެ.