އިންޑިއާގައި އަންހެނަކު އާއިލާގެ ނުގަބޫލުގައި ހިންދޫ ދީނުގެ އެހެން ސެކްޝަނެއްގެ މީހަކާއި ކައިވެނި ކުރި މައްސަލާގައި ކުދި ގަލުން ތަޅާ މަރާލައިފިއެވެ.
މި ދެމަފިރިން ރަޖަމްކޮށްފައި ވަނީ، އަންހެން މީހާގެ އާއިލާ ބައްދަލުކުރުމަށް ކަރްޓަނަޓާއަށް އަށް ކުރި ޒިޔާރަތުގައެވެ. މި އަންހެން މީހާ ވަނީ އޭނާގެ އާއިލާގެ ނުގަބޫލުގައި ކައިވެނިކޮށް، އޭނާގެ އާއިލާ ކައިރިން ފިލާފައެވެ.

އުމުރުން 29 އަހަރުގެ މި ދެމަފިރިންނަކީ ކަރްނަޓަކާގެ އެއް ވިލޭޖަކަށް ނިސްބަތްވާ ދެ މީހުންނެވެ. މި ދެ މަފިރިން މީގެ ތިން އަހަރު ކުރިން އާއިލާގެ ނުގަބޫލުގައި ކައިވެނިކޮށް ބެންގަލޫރަށާއި، އަދި އެ ރީޖަންގެ އެކި ތަންތަނަށް ވަނީ ބަދަލުވެފައެވެ. މި ދެމަފިރިންގެ ދެ ދަރިންވެސް ތިބޭ ކަމަށް ވެއެވެ.

މި ދެމަފިރިން އެނބުރި ކަރްނަޓަކާއަށް އައީ އާއިލާ މީހުންނާއި ބައްދަލު ކުރާށެވެ.

"މި ދެމަފިރިން މަގުމަތިން އިއްޔެ ފެނިގެން، އަންހެންމީހާގެ ބޭބެއަށް އެކަން އެންގީ. ދެން އަންހެން މީހާގެ އާއިލާއިން އެއްވެ އެ ދެމަފިރިންގެ ގަޔަށް ގާ އުކާ މަރާލީ"ފުލުހުންގެ އޮފިސަރަކު އޭއެފްޕީއަށް ބުންޏެވެ.

މި ދެމަފިރިން ރަޖަމް ކުރި މީހުންގެ ތެރޭގައި ހިމެނެނީ އަންހެން މީހާގެ ބޭބެ އާއި ބޮޑު ބޭބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޅަބޭ

    ﷲ އަކުބަރު. ﷲ އައް ނަސުރު

    2
    133