ސްޕަހީރޯ އިން ވާހަކަ އަހަރެމެން އަޑުއަހަނީ ވާހަކަ ފޮތްތަކުންނެވެ. އެމަންޒަރު އަހަރެމެން ބަލަނީ ފިލްމްތަކުންނެވެ. ނަމަވެސް ކަންތައްތައް ބަދަލުވެ މިހާރު ބައެއް ފަހަރު ސްޕަހީރޯ އިން ހަމަ ހަޤީޤަތައް ވެސް އެބަފެނެއެވެ.

މިއީ ވެސް އެފަދަ "ސްޕަ ހީރޯ" އެކެވެ. ނުވަތަ "އާދަޔާއި ހިލާފު ބާރެއް" ލިބިފައިވާ ކަމަށް މީހުންނަށް ގަބޫލު ކުރެވިފައިވާ މީހެކެވެ. އުމުރުން 34 އަހަރުގެ މިއޯ ލޫޑޯ ވަނީ "މޮޅު ކަމެއް" ކޮށްފައެވެ. އޭނާ ވަނީ އެނާގެ އަތްތިލައިގެ ހަންގަނޑުގެ ތެރެއަށް "އޯޕަލް" ޓްރެވަލް ކާޑެއް ލައްވާފައެވެ.

އެމެރިކާގެ ކުންފުންޏަކުން ދޫކުރާ މިކާޑަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ދަތުރު ކުރަން ބޭނުން ކުރެވޭ ކާޑެކެވެ. މިކާޑުން އެކި ޚިދުމަތްތައް ހޯދުމަށް ފައިސާ ދެއްކެއެވެ. މިއޯ ކުރާ ކަމަކީ އޭނާގެ އަތްތިލަ ކާޑު ރީޑަރުގައި ޖައްސާލައިގެން ޚިދުމަތް ހޯދުމެވެ. ބަލަން ހުންނަ މީހަކަށް އޭނާގެ އަތުގެ ތެރޭގައި ކާޑެއް އޮންނަ ކަމެއް ނޭނގޭނެއެވެ.

މިއޯ މިކަން ކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. އެމެރިކާގެ އިތުރުން ލަންޑަނަށް ވެސް ދަތުރުކޮށް އޭނާ ވަނީ މިގޮތައް އެތައް ޚިދުމަތެއް ހޯދާފައެވެ. ނަމަވެސް އެންމެ ފަހުން އޮސްޓްރޭލިއާ އިން މިވަނީ އޭނާ ކުށްވެރިޔަކަށް ހަދާފައެވެ.

މިއޯ ޓިކެޓް ނުނަގާ ތަނަކަށް ވަން ކަމަށް ތުހުމަތުކޮށް އޭނާ އާއި ސުވާލު ކުރުމުން މިއޯ ވަނީ އޭނާގެ އަތުގެ ހަންގަނޑުގެ ތެރެއަށް ކާޑެއް ލައްވާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ ސަލާމަތްވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން މިއޯ އަށް މިވަނީ 1000 ޑޮލަރުގެ ޖޫރިމަނާ އަކާއި ކުރިމަތިލާން ޖެހިފައެވެ.