ފައިސާ ހުރިނަމަ އެކި މީހުން ކުރަން ބޭނުންވާ ވަރަށް ތަފާތު ކަންތައްތައް ހުރެއެވެ. އެއް ބަޔަކު ބޭނުންވަނީ އެފައިސާ ނިކަމެތިންނަށް ޚަރަދު ކުރާށެވެ. އަނެއް ބަޔަކު ބޭނުންވަނީ އަދި އެއަށްވުރެ ވެސް ގިނަ ފައިސާ ހޯދާށެވެ. އަނެއްބަޔަކު ބެނުން ބޭނުންވަނީ ހުރި ފައިސާތައް ޚަރަދު ކުރެވެން ހުރިގޮތަކަށް ޚަރަދު ކުރާށެވެ.
ނަމަވެސް ރަނާއި ޖަވާހިރުގެ މަތީގައި ފާހާނާ ކޮށްލަން އިށީންދެވުމުން ލިބޭނެ ވަކި އިތުރު ހިތްހަމަޖެހުމެއް އޮންނާނެ ހެއްޔެވެ. މި ސުވާލު ޖަވާބު އެނގެނީ އެފަދަ ކަމެއް ކޮށްފައިވާ މީހުންނަށެވެ.
ޗައިނާ ލަގްޒަރީ އުފެއްދުންތައް އުފައްދާ ކުންފުންޏަކުން މިވަނީ ރަނާއި ޖަވާހިރު ބޭނުންކޮށްގެން ފާހާނާއެއް އުފައްދާފައެވެ. ވަރަށް ވަރުގަދައަށް ވަޒަން އަރަިއގެން ވެސް ގެއްލުމެއް ނުލިބޭ ގޮތައް ތައްޔާރުކޮށްފައިވާ މިފާހާނައިގައި 40000 އަލިމަސް ބޭނުންކޮށްފައިވެއެވެ. އަދި އޭގެ އިތުރުން 334 ކެރެޓްގެ ރަން ވެސް ފާހާނާ ހެދުމަށް ބޭނުން ކޮށްފައިވެއެވެ.
އެހެންކަމުން ފާހާނައިގެ އަގު ވެސް ބޮޑެވެ. މިފާހާނާތަށީގެ އަގަކީ 1.2 މިލިއަން ޑޮލަރެވެ. ދިވެހި ރުފިޔާ އިން ބަލާނަމަ ވިއްސަކަށް މިލިއަން ދިވެހި ރުފިޔާ އާއި ގާތް ކުރެއެވެ.
ޗައިނާގެ ކުންފުންޏެއް ކަމަށްވާ އާރޮން ޝުމް ނަމަކަށް ކިޔާ ކުންފުނިން އުފައްދާފައިވާ މިފާހާނާ ގަތުމުގެ ނަސީބު ނުލިބޭ މީހުންނަށް ވެސް އުފާވެރި ޚަބަރެއް އެބައޮތެވެ. އެއީ އެންމެންނަށް ވެސް ބޭނުން ކުރެވޭ ގޮތައް މިބާވަތުގެ ފާހާނާއެއް މިއުޒިއަމެއްގައި ބަހައްޓަން ފާހާނާ އުފެއްދި ކުންފުނިން ނިންމާފައިވުމެވެ. އެހެންކަމުން މަދު އަދަދެއްގެ ފައިސާ ދައްކައިގެން ވެސް މި ފާހާނާ ބޭނުން ކޮށްލުމުގެ "އުފަލާއި ހިތްހަމަޖެހުން" ލިބިދާނެއެވެ.
ޝަންހާއީގައި ކުރިއަށްދާ އެކްސްޕޯއެއްގައި މި ފާހާނާ ދައްކާލަން މިހާރު ވެސް ބަހައްޓާފައި އެބަހުއްޓެވެ.
ތިފާޚާނާ ތަށި މައުމޫން ޢަ ބުދުލްޤައްޔޫމަށް ހަދިޔާ ކުރޭ.
ތީޔައީ ދުނިޔެމަތީގައި ކާފަޜުންނަށް ހުރި ތަކެތި.. އަހަރެމެންނަށް ތި ތަކެތި ހުރީ ޢާޚިރަތުގައި..
ރަނުންނާއި ރިހިންނާއި ހިފާއިގެންނާއި ގެންގުޅޭ ތަކެތި ބޭނުން ކުރުމަކީ ހަރާމް ކަމެއް! ގްރޭޑް ދިހައެއްގެ ފޮތުގަ އޮންނާނެ އެވާހަކަ. ދެން ޝަހިންދާމެން ބުނާނެ މިހައްދުފަހަނައެޅި މީހުން އިސްލާމް ފޮތް ހަދައިގެން ރަނުގެ ފާހާނާ ތައްޓެއް މަތީ ފާހަނައެއް ނުވެޔޭ. ????