މެލޭޝިއާގެ ކެލްޓަންގެ ކުރީގެ ރަސްގެފާން ސުލްތާން މުހައްމަދަށް ހެދުނު އެންމެ ބޮޑު ގޯހަކީ ރަޝިއާގެ ރީތީގެ ރާނީއަކާއި ކައިވެނި ކުރުން ކަމަށް އޭނާ އަނެއްކާވެސް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު، އެންމެފަހުން ދެމީހުންނަށް ލިބުނު ދަރިފުޅަށް ޚަރަދު ކުރަން އެއްބަސްވެއްޖެއެވެ.

އުމުރުން 50 އަހަރުގެ މުހައްމަދު ކައިވެނި ކުރީ ރަޝިއާގެ އުމުރުން 27 އަހަރުގެ އޮކްސާނާ ވޮއެވޮޑިން ނަމަކަށް ކިޔާ ރީތީގެ ރާނީއަކާއި އެވެ. ދެބޭފުޅުންނަށް ވަނީ ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފައެވެ. ނަމަކީ ލިއޯ އެވެ. ލިއޯ އަކީ މުހައްމަދުގެ ދަރިއެއް ކަމަށް ފުރަތަމަ މުހައްމަދު އެއްބަހެއް ނުވިއެވެ. ނަމަވެސް ޑީއެންއޭ ކޯޓަށް ހުށަހަޅައިގެން މިހާރު ވަނީ އެއީ މުހައްމަދުގެ ދަރިއެއް ކަން ސާބިތުވެފައެވެ.

ދަރިފުޅަށް ޚަރަދު ކުރަން މުހައްމަދު އެއްބަސްވިއިރު ވަނީ ބައެއް ޝަރުތުތައް ކުރިމަތިކޮށްފައެވެ. އެއް ޝަރުތަކީ ދުވަހަކު ވެސް ލިއޯ ވެސް އަދި އޭނާގެ މަންމަ އޮކްސާނާ ވެސް މުހައްމަދު އާއި ބައްދަލު ކުރަން މަސައްކަތް ނުކުރުމެވެ. ދެވަނަ ޝަރުތަކީ ސުންނީ މުސްލިމެއްގެ ގޮތުގައި ލިއޯ ބޮޑު ކުރުމެވެ. ތިން ވަނަ ޝަރުތަކީ އިސްލާމްދީން ކިޔަވައިދޭ ސްކޫލަކަށް ލިއޯ ފޮނުވުމެވެ.

މީގެ އިތުރުން އޮކްސާނާގެ މީސް މީޑިއާގެ އެކައުންޓްތައް ޑިލީޓް ކޮށްލުމާއި ރަސްގެފާނާއި އެކު ނަގާފައިވާ އެއްވެސް ފޮޓޯއެއް ކުރިއަށް އޮތްތަނުގައި ވެސް އާއްމު ނުކުރުމަށް ވަނީ ޝަރުތު ކޮށްފައެވެ.

ބަދަލެއްގެ ގޮތުން ލިއޯގެ ޚަރަދުތައް ބެލެހެއްޓުމަށް މުހައްމަދު މިހާރު ވަނީ ޓްރަސްޓް ފަންޑެއް ހުޅުވާފައެވެ. އެފަންޑް ހުޅުވާފައި ވަނީ އެއްލައްކަ އެމެރިކާ ޑޮލަރުންނެވެ. އޭގެ އިތުރުން ކޮންމެ މަހަކު 1500 އެމެރިކާ ޑޮލަރު ފަންޑަށް ޖަމާކުރުމަށާއި ލިއޯގެ މަންމަ އަށް އެއް ލައްކަ އެމެރިކާ ޑޮލަރު ދިިނުމަށް މުހައްމަދު ވަނީ އެއްބަސްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮކްސާނާ އާއި މުހައްމަދު ފުރަތަމަ ބައްދަލުވީ 2017 ވަނަ އަހަރު އެވެ. އޮކްސާނާ އިސްލާމްވީ 2018 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އޮކްސާނާ އާއި މުހައްމަދު ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ.

މެލޭޝިއާގައި ހުންނަނީ ދައުރުވާ ރަސްކަމުގެ ނިޒާމެއް ކަމުން އަންނަ ޖަނަވަރީ މަހު އަނެއްކާވެސް މުހައްމަދަށް ރަސްކަން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހެހެހެ

  މި ޤައުމުގަ ވެސް ތިކަހަލަ ގޯހެއް މީހަކަށް ހެދިގެން އުޅެނީ ހަމައެލަނި ތަފާތަކީ އެ މީހަކަށް ހެދިގެން މިއުޅެނީ ގޯހެއްކަން ނުވިސްނޭތީ އަދި. މަ ނުބުނާނަން ބައެއް މީހުން ސޭޓޭ ކިޔައެކޭ.

  36
  8
  • ސޭޓް

   ސޭޓްއަންހެނުންގެ ފިރިމީހާދޯއެއީ

   16
   1
 2. ކިޔާ

  ފުރަތަމަ ޝަރުތަކީ ހާދަހާ ވޭން ދެނިވި ޝަރުތެކޭ..އެެކުއްްޖާގެ މަންމަދެކެ އައިސްފަވާ ރުޅިން ކުއްޖާއަށް ނިކަމެތިކަން ލިބޭފަދަ ޝަރުތެއް ކުރީމަ ވ.ދެެރަ..ތަނަކުން ވިދާހާ އެއްޗެއް ފެންނައިރަށް އޭގެ ފަހަތުން ދުވުމަކީ ގިނަފަހަރަށް ލަނޑު ލިބޭކަމެެެެއް...އަހަރެންގެ ފިރިމީހާއަށްވެސް ލިބުނީ ތިލަނޑު..

  23
 3. ސަމޭދާން

  މަޖާކަމެއް އިނގޭ.

  15
 4. ...

  ދެން އެދެމީހުން ވަރިވާން މެދުވެރިވި ސަބަބު ބަޔާންކޮއްލިނަމަދޯ.

  22