އެހެން މީހެއްގެ ހާލަތު ގަލަމަކުން ބަޔާންކޮށްދިނުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް އެބައެއްގެ އިހްސާސްތައް ދެނެގަންނަން މަސައްކަތްކުރިޔަސް، އެފަދަ ހާލަތެއް ދިމާނުވަނީސް އެކަން ފަހުމުކޮށްދޭން ދަތިވާނެކަން ކަށަވަރެވެ.
މިއީ އުމުރުން އެންމެ 5 އަހަރުގެ ލުހްޔާ މުހައްމަދެވެ. ލުހްޔާއަށްވަނީ އުފަންވީއިރުއްސުރެ "ކާޑަލް ރިގްރެޝަން ސިންޑްރޮމް" ގެ ޝިކާރައަކަށް ވެފައެވެ. މި ބަލީގެ ސަބަބުން ލުހްޔާ އުފްންވީއްސުރެ މައިބަނދައިގެ ކަށިގަނޑުގެ އެއްބައި އަދި އުނަގަނޑުން ތިރި ފުރިހަމައަށް އުފެދިފައި ނުވުމުގެ ސަބަބުން އެ ތުއްތު ކުއްޖާއަށް އެހެން މީހުން ހިނގާބިނގާވެ އުޅޭހެން އުޅުމަށް ވަނީ ނުކުޅެދިފައެވެ.
އަދި ލުހްޔާގެ ފޫޅުން ތިރި މަސައްކަތް ނުކުރާ ކަމަށާއި، އެ ކުއްޖާއަކީ އަންހެން ކުއްޖެއް ނުވަތަ ފިރިހެން ކުއްޖެއް ކަމެއްވެސް އެކުއްޖާގެ އެތެރެ ހަށިންވެސް އިނގެން ނެތް ކަމަށެވެ. މިއަދާ ހަމައަށް އައި އިރު 9 ފަހަރު އަވައްޓެރި އިންޑިޔާއަށް ދެވިއްޖެ ކަމަށާއި އަދި ލަންކާއަށް 4 ފަހަރު ދެވިއްޖެ ކަމަށް ލުހްޔާގެ މަންމަ، އަވްލީން ވަނީ ބުނެފައެވެ.
ލުހްޔާގެ މަންމަ އިތުރަށް ބުނީ ލުހްޔާއަށް ފަރުވާކުރުމަށް ރާއްޖޭން ބޭރުގެ ދެ ގައުމަކަށް އެ އާއިލާއިން ގޮސްފައިވާ ކަމަށެވެ. އަދި ހުރިހާ ތަނަކުންވެސް ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލާފައި ކަމަށެވެ. އެހެންނަމަވެސް ލުހްޔާގެ މަންމަ އުންމީދު ކަނޑާނުލާކަމަށާއި، އަދިވެސް އުންމީދު ކުރަނީ އެކުއްޖާ ރަނގަޅުވާނެ ކަމަށެވެ.
ލުހްޔާގެ ނަންމަ އަވްލީން ބުނީ ޑޮކްޓަރުންގެ ލަފަޔާއި އެކު އާއިލާގެ ވިސްނުންހުރީ ލުހްޔާއާ އެކު އިތުރު ބޭސްފަރުވާ ކުރުމަށްޓަކައި، ސިންގަޕޫރު ނޫނީ މެލޭޝިއާއަށް ދިޔުން ކަމަށެވެ. އަދި މިކަމަށް އާއިލާއަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށާއި ލުހްޔާއާއި މެދު ކުރާ އުންމީދު އެލުވާނުލާނެކަމަށް އޭނާ ބުނެއެވެ.
އެގޮތުން ލުހްޔާއަށް ފަންޑްރައިޒް ކުރުމުގެ ގޮތުން މިއަދު މާލޭގެ ތިން ސަރަހައްދެއްގައި އެހީ ހޯދުމުގެ އެކިއެކި ހަރަކާތްތަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސަލްޓަން ޕާކާއި ބްރިޖް ވިއު ސަރަހައްދާއި ރަސްފަންނު މި ތިން ސަރަހައްދުގައި މިއަދު ހަވީރު ލުހްޔާއަށް އެހީވުމަށް ބާއްވާ އިވެންޓް ކުރިއަށް ދާނެއެވެ. މި އިވެންޓުތަކަކީ "މާސީ ޖަމިއްޔާ" އިން ކުރިޔަށްގެންދާ ހަރަކާތްތަކެކެވެ.
މާތް ﷲ ލުހްޔާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ، އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާންދޭވެ. އާމީން!
ނުޖެހޭ ފަންޑުރައޒިން ފޮށިތައް ބަހައްޓާކަށް. ބައްޔެއްވިމަ ނާށިގަނޑު ހިފައިގެން މީގެ ކުރިނއވެސް ދުވީ. މިހާރުވެސް ދުވސންވީ. ރައެްޔިތުންގެ ބަޖެޓުން ރައްޔިތުންގެ އަސާސީ މުހުތާދުތައް ފުއްދެންޖެހޭ. ވެރިންޖީބަށާ ކޮރަޕްޝަނަށް ދުއްވާލަނަޖެހޭ ފައިސާއެއް ނުންއެއީ.
އެކަ އުންޓު ނަންބަރު ޖަހާލިނަމަ
އެކައުންޓް ނަމްބަރ ނެތީމަ ވ ދެރަ.ﷲގެ ތަނަވަސް ރަޙްމަތުން އަވަސް ޝިފާ އަކަށް އެދެން.❤