ވަކި ޖިންސަކަށް އުމުރަކަށް ބެލުމެއް ނެތި މީހުންނަށް ޖިންސީ ގޯނާ ކުރަމުން ދިޔަ އޮސްޓްރޭލިއާ އަށް ނިސްބަތްވާ ފިރިހެނަ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އުމުރުން 64 އަހަރުގެ ޖެރީ ނާކަލް އުމުރަށް ޖަލަށްލުމަށް ހުކުމް ކުރި އިރު 40 އަހަރުގެ ކުށުގެ ރެކޯޑް އޮންނަކަމަށް އޮސްޓްރޭލިއާގެ ފުލުހުނާ ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެދުވަސްތަކުގެ ތެރޭގައި އޭނާ ޖިންސީ ގޯނާ ކޮށްފައި ވަނީ ހަމައެކަނި އަންހެނުންނަށް ނޫން ކަމަށާއި ފިރިހެނުން އަދި ކުޑަކުދިންނަށްވެސް އޭނާ ގޯނާ ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

އަދި އޭނާ މަޝްހޫރުވެފައި ވަނީ ދެކުނު އޮސްޓްރޭލިއާގެ އެންމެ ނުރައްކާތެރި "ރޭޕިސްޓް"ގެ ނަމުން ކަމަށާއި އެކިގޮތްގޮތުން މީހުންނަށް ފާރަލައި އޭނާ ވަނީ ޖިންސީ ގޯނާ ކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޖީޕީއެސް ހުންނަ އާލާތްތައް ހިމެނެއެވެ.

އޭނާ އުމުރަށް ޖަލަށް ލުމަށް ހުކުން ކޮށްފައި ވަނީ އޭނާގެ ސަބަބުން އެހެން މީހުންނަށް ލިބެމުންދާ ގެއްލުމާއި ފުރައްސާރައިގެ ސަބަބުންނެވެ. ނާކަލް ޖަލަށް ލުމަށް ހުކުމް ކުރުގެ ކުރިން އޭނާގެ އެދުމުގެ މަތިން ނަފްސާނީ ބަލިތަކާއި ބެހޭ މީހަަކަށް އޭނާ ދައްކައިފައިވާކަަމަށާއި އަދި އެޑޮކްޓަރުވެސް ބުނެފައި ވަނީ އޭނާގެ "ކޮންޓްރޯލް" ކުރުމުގެ ބާރެއް ނެތް ކަމަށާއި މުޖްތަމައުގެ ތެރެއަށް އޭނާ ދޫކޮށްލައިފި ނަމަ އެހެން މީހުންނަށް ގެއްލުން ދިނުމަށް އޭނާ ފަހަކަށް ނުޖެހޭނެ ކަމަށެވެ.

އަދި އުމުރަށް ޖަލަށް ލާން ހުކުން ކުރުމުގެ ކުރިން އޭނާ އަށް އޭނާގެ އަނބިމީހާ އާއި އެކު އުޅެން ބޭނުންވާ ކަމުގައިވާނަމަ އެކަން އިހްތިޔާރު ކުރުމުގެ ފުސަތު ދެވުން ކަމަށާއި އެހެން ނަަމަވެސް އެއަންހެން މީހާ އަށްވެސް ނާކަލް ވަނީ އެކި ގޮތްގޮތުން އަނިޔާ ދީފައި ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ. އަނިޔާ ދީފައި ހުރި ނަމަވެސް އެއަންހެން މީހާ ބޭނުންވަނީ ނާކަލް އާއި އެކު އުފާވެރި ދިރިއުޅުމެއް އުޅެން ކަމަށް އޭނާ ބުނެފައިވާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.