އިންޑިއާގެ މަޝްހޫރު އެކްޓަރ ރިތިކް ރޯޝަންގެ ބައްޕަ ރަކޭޝް ރޯޝަން ކެންސަރާއި ހަނގުރާމަ ކުރަމުން ދިޔަ ދުވަސްތަކުގެ ވާހަކަތައް ހިއްސާކޮށްފިއެވެ.

ރަކޭޝްއަކީ ކުރީގެ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިއެކެވެ. އޭނާ ފަހުން ވަނީ ފިލްމް ހެދުމުގެ މަސައްކަތް ފަށާފައެވެ.

ރަކޭޝް ހިންދުސްތާނީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާގެ ދުލުގައި ކެންސަރު ހުރި ކަން ޑޮކްޓަރުން އެންގުމުން އޭނާ ވަރަށް ބިރުގަތް ކަމަށެވެ. ސަބަބެއް ކަަމަށް އޭނާ ބުނީ، ދޫ ބުރިކުރަން ޖެހިދޭނެތީ ކަމަށެވެ.

އޭނާ ބުނިގޮތުގައި، ދުލަކީ ކެންސަރު ޖެހެން އެންމެ ނުރައްކާތެރި އެއް ތަނެވެ. އެކަމުގެ ސަބަބުން އޭނާއަށް ފެނާއި ކޮފީއަދި ސައިވެސް ނޮބެވޭނެ ކަމަށާއި، އެ ތަކެތީގެ އަސަލު ރަހަވެސް ނުލާނެ ކަމަށް ދެތިން މަސް ވަންދެން ހީވެފައި އޮތް ކަމަށެވެ.

ރަކޭޝް ހަށިގަނޑުން މިހާރު ވަނީ ކެންސަރު ނައްތާލެވިއެވެ. އޭނާގެ އެ ހަނގުރާމަ ކާމިޔާބުވެފައި ވަނީ ކީމޯ ތެރަޕީގެ ސެޝަންތަކާއި ބޭސްތައް ބޭނުންކޮށްގެންނެވެ. އޭނާ ބުނިގޮތުގައި، އޭގެ ސަބަބުން އޭނާގެ 10 ކިލޯ ލުއިވިއެވެ. ފަހުން އޭނާ ވަނީ ތިން ކިލޯ އިތުރަށް ބަރުވެފައެވެ.

https://www.instagram.com/p/BsW-YxsnUtI/?utm_source=ig_embed

2016 ވަނަ އަހަރު ކާބިލް ޕްރޮޑިއުސް ކުރި ރަކޭޝް ބުނީ، އޭނާ މިހާރު ފިޓްނެސް ރަނގަޅު ކުރުމަށް ޖިމްވެސް ފަށާފައިވާ ކަަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ތެރޭގައި އޭނާގެ ހާލު ނޯމަލް ވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ރަކޭޝްއަށް ކެންސަރު ޖެހުނީ 2018 ވަނަ އަހަރު ޑިސެންބަރު މަސް ތެރޭގައެވެ.

ރަކޭޝްގެ ޑައިރެކްޓް ކުރާ ފިލްމަކަށް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ކްރިޝް 4 އެވެ.

ކިޔުންތެރިންގެ ހިޔާލު