ގިނަބަޔެއްގެ މަގުބޫލުކަން ލިބިފައިވާ އެއް ކާޓޫނުކަމަށްވާ "ފްރޯޒެން 2" ބައިސްކޯފުގެތަކުގައި (ސިނަމާ) ތަކުގައި މި މަހުގެ 22 ވަނަ ދުވަހު އަޅުވަން ނިންމައިފިއެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ފިލްމްގެ ޓީޒާ އިން ފެނިގެންދަނީ އެލްސާ އޭނާގެ ކޮއްކޮ އާނާ އާއި ކްރިސްޓޮފް އާއި އަލުން ބައްދަލުވާ މަންޒަރެވެ. އަދި އެ ތިން މީހުންގެ އެމީހުންގެ ރަށް ކަމުގައިވާ އެރެންޑެލް އާއި ދުރު ތަނަކަށް ކުރާ ދަތުރުގެ އުސްއަލިތައް ވެސް ޓީޒާ އިން ފެނިގެންދާނެއެވެ.

ޖެނިފާ ލީ އާއި ކްރިސް ބަކް "ފްރޯޒެން' ޑައިރެކްޓް ކުރި ނަމަވެސް "ފްރޯޒެން 2" މި ފަހަރު ޑައިރެކްޓް ކުރީ ކްރިސް އެކަންޏެވެ.

ފްރޯޒެން އަކީ 2013 ވަނަ އަހަރު ގިނަ ބައެއްގެ މަޤްބޫލްކަން ހޯދި ކާޓޫންއެވެ. އެލްސާ އަދި އާނާގެ ދިރިއުޅުމަށް ބިނާކޮށް ކުޅެފައިވާ މި ކާޓޫނަކީ ހޮލީވުޑް ބޮކްސް އޮފީހުގައި 1.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ އަދި މިހާތަނަށް އެންމެ ގިނަ އާމްދަނީ ލިބިފައިވާ ބޮޑެތި ފިލްމުތަކުގެ ލިސްޓުގައިވެސް ހިމެނެއެވެ.

އަދި 2013 ވަނަ އަހަރު މި ކާޓޫނަށް ވަނީ އޮސްކާ އެވާރޑް ވެސް ލިބިފައި ވެއެވެ

ކާޓޫންގެ ފުރަތަމަ ބައި ނެރުނީ 2013 ވަނަ އަހަރުއެވެ. އެ ކާޓޫންގެ ފުރަތަމަ ޓީޒާ ޓްރެއިލާ އާންމުކުރި އިރު އެއިން ފެންނަނީ މައިގަނޑު ކެރެކްޓާސް އެލްސާ، އާނާ، ކްރިސްޓޯފް އަދި އޯލާފްއެވެ.

ކިޔުންތެރިންގެ ހިޔާލު