2024ވަނަ އަހަރު އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާން ބޭނުންވާ ކަމަށް މަޝްހޫރު ރެޕާ، ކަންޔޭ ވެސްޓު ބުނެފިއެވެ.

ފެސްޓިވަލް އެއްގެ ތެރޭގައި ވާހަކަ ދައްކަމުން ކަންޔޭ މިހެން ބުނެފައި ވާއިރު އޭނާ ވަނީ ރައީސް ކަމަށް ކުރިމަތިލުމުގެ ކުރިން އެއް އަހަރު ދުވަހަށް އޭނާގެ ނަން ބަދަލު ކުރާނޭ ކަމަށްވެސް ބުނެފައެވެ.

"މީހުން ބުނޭ އަމިއްލަ އަށް ތިމަންނަ އަކީ ބިލިއަނަރެކޭ ބުނުމަކީ ވަރަށް މޮޔަ ކަމެކޭ. އެކަމަކު އަހަރެން މި ވިސްނަނީ އަހަރެންގެ ނަން "ކްރިސްޓިއަން ޖީނިއަސް ބިލިއަނާ ވެސްޓް" އަށް އެއް އަހަރު ދުވަހަށް ބަދަލުކުރަން. އޭރުން އެންމެނަށް އެނގޭނެ އޭގެ މާނަ އަކީ ކޮބާކަން. ކާރުގެ ލައިސެންސް ޕްލޭޓުގަވެސް އިންނާނީ އެ ނަން." ކަންޔޭ ބުނެފައި ވެއެވެ.

އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް ބުނެ މީގެ ކުރިންވެސް ވާހަކަ ދައްކާފައިވާ ކަންޔޭ ރައީސް ކަމަށް ކުރިމަތިލާ ވާހަކަ ދައްކާފައި ވަނީ ސަމާސާ ރާގެއްގައެވެ. އޭގެ ފަހުން އޭނާ ވަނީ ރައީސް ކަމަށް ކުރިމަތިލާ ވާހަކައިން އެހެން މައުޟޫ އަކަށް ވާހަކަ ބަދަލުކޮށްފައެވެ.

ކިމް ކާޑަޝިއަން އާއި އެކު ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭ ކަންޔޭގެ މިލްކިއްޔާތުގައި އަސްުލު ހުރިވަރު އެކަކަށްވެސް ނޭނގެއެވެ. ނަަމަވެސް ރިޕޯޓުތައް ބުނާގޮތުން މި އަދަދު އުޅޭނީ 250 މިލިއަނާއި 1 ބިލިއަން އެެމެރިކާ ޑޮލަރާއި ދޭތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަބީޙް

    އިންސީންގެ ތެރެއިން ވާ އެންމެ ބޮޑު އެއް ޝައިތާނާ ތިއީ
    އަމިއްލަޔައް ބުނި ޝޯއެއްގައި ތިމަންނަގެ ނަފްސު ޝައިތާނާއައް ވިިއްކާލި ކަމައް

  2. ދޮން ހަސަނު

    ކަންޔޭގެ ވެރިކަމެއްގަ ފަސްޓް ލޭޑީ އަކަށް ވެދާނެ ކިމް ކާޑޭޝަން