މާލޭ ގެއެއްގެ ތެރޭގައި އޮޅު ކޮށްގެން ގެންގުޅު ދޫންޏެއް ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯ އެއް އާއްމު ވެއްޖެއެވެ.

އާއްމު ވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ޒުވާން ފިރިހެނަކު ވަނީ ބޮލުގައި ތޮތްޕެއް އަޅައިގެން މީހެއްގެ ގެއަށް ވަދެފައެވެ. އަދި އެ ގޭގައި މީހަކު އުޅޭތޯ ބެލުމަށް ފަހު ދޫނި އިން ކޮށި ހިފައިގެން އެ މީހާ ވަނީ ފިލާފައެވެ.

ދޫނީގެ ވެރިފަރާތުން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "ރެއިންބޯ"ގެ ނަން ދެވިފައިވާ އެ ދޫންޏަކީ އެ ގޭގައި އުޅޭ ކުޑަ 2 ކުދިންނާއި އެކު ކުޅޭ ދޫނި ކަމަށާއި، އެ ކުދިން ގެއަށް އައުމުން ދޭނެ ޖަވާބެއްވެސް ނޭނގޭ ކަމަށެވެ.

"ދެ ބުރު މަތިން މި ގެއަށް ވަދެ ފާރަ ލާފައި ދޫނި ކޮށި ހިފައިގެން ދިޔައީ. ލޯބިން އޮޅު ކޮށްގެން ގެންގުޅެވުނީ މިކަލޭގެ އެއްޗެއް ކަމެއް ނުދެނެހުރިން. މި ވާހަކަ ސަރާ ސްކޫލުން އަންނައިރު ސަރާ ކާރި ބުނާނެ ގޮތެއްވެސް ނޭނގޭ. ސަރާ އާއި އަލްވް ކޮންމެ ދުވަހަކުވެސް ގިނަ ވަގުތުތަކެއް ރެއިންބޯ އާއި އެއްކޮށް ކުޅެ، ވާހަކަ ދައްކަން ހޭދަ ކުރޭ" އެ ދޫނީގެ ވެރިފަރާތުން ބުނެފައި ވެއެވެ.

ފޮޓޯތަކުން ފެންނަ ފެނުމަށް އެއީ ސަންކޯނާ އެކެވެ. އެއީ ވަރަށް އަގުބޮޑު ދޫންޏެކެވެ. މި ދޫނި ވަގަށް ނެގި މީހާ އެނގޭނަމަ އަވަަހަށް އެކަން ފުލުހުންނަށް އަންގާށެވެ. އަދި މިފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށް ގޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކެންދޫ

    ތީ 1999 ގެ ވީޑިޔޯއެއް

    11
    4
    • ޮގޯނި

      އަސްލުވެސް. 1999-12-18

  2. ޅޮލް

    ވަރަށް ހިތާމަހުރި ހަބަރެއް.

    12
    1
  3. ރާންބޯ

    ޕްލާސްޓިކް ގުރާ ގެންގުޅޭ އެއިރުން ހަރަދު ކުޑަވެފަ ވަގުންގެ އަމާޒު ކުޑަވާނެ. ތިގޭގައި ގެންގުޅޭ ބޮޑުގަރާ ލަންކޯނާ ދެން ގެއްލޭނީ....

    7
    9
  4. ޓިނު

    ޕޕ އމ ކުލާގަހުރި މީހެ އް

    7
    14
  5. މާމިގިލީ މީހާ

    ތީ ކޮން ޒަމާނެއްގެ ވީޑިޔޯއެއް. 1999ގެ. މައުމޫނު ކައިރީއަހާބަލަ. އޭނަގެ 30 އަހަރުގެ ވެރިކަމުގައި ގެއްލުނު އެއްޗެއް ތީ.

    13
    6
  6. ދޫނިމާލަމް

    އެއްވެސް ބިރެއް ނެތި ބިރު ފަހަނައަޅައި، ވަރަށް ކެރިހުރެގެން އަމިއްލަ ގެއިން އަމިއްލަ އެއްޗެއް ނަގައިގެން މީހަކުދާނެފަދައިން އެނައެދިޔައި ވަދެފައި ނުކުމެގެން އެދިޔައީ ދިޔަތަނަކަށް... އެދޫނި ކޮށިނަގައިގެން، . ކޮއްކޮ މެން ވަރަށް ދެރަވާނެ ދޫނި ގެއްލުނީމަ، ކީކޭ ދެންބުނާނީ