އިންޑިއާގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަމުންދިޔަ ވޭޓަރެއްގެ ގައިގައި ރެސްޓޯރެންޓަށް ދިޔަ ބަޔަކު ތަޅައި އަނިޔާކުރި މައްސަލައެއް ހޫނުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މަހެންދްރަ ޕްރަދޭޝްގެ މެދުތެރޭ އަވަށެއްގައި ހުންނަ އެ ރެސްޓޯރެންޓުގެ ތެރޭގައި ވޭޓަރަށް އަނިޔާކޮށްފައި ވަނީ 17 މީހުންގެ ގްރޫޕަކުންނެވެ. އެމީހުން ވޭޓަރަށް އަނިޔާ ކޮށްފައި ވަނީ އެމީހުންގެ އޯޑަރު ލަސްވުމުން ކަމަށް ވެއެވެ.

މި މަންޒަރު، ރެސްޓޯރެންޓު ތެރޭގައި ހުރި ކެމެރާއަކަށް އަރާފައ ވާއިރު، ރެކޯޑުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި 17 މީހުންގެ ގުރޫޕުން ރެސްޓޯރެންޓުގެ ބަދިގެއަށް ވަދެފައި ވަނީ ހޫނު ޒުވާބެއްގެ ތެރެއިންނެވެ. އެމީހުން ވަނީ ބަދިގެ ތެރޭގައި ހުރި ފުޅިތަކާއި ތަށިތައް ނަގައިގެން ވޭޓަރަށް އަނިޔާ ކޮށްފައެވެ. އަދި އޭގެ ތެރޭގައި ހުރި ފިރިހެނަކު މޭޒެއް ވޭޓަރާ ދިމާލަށް ހޫރާލަން އުޅުނު މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މި ހާދިސާ އާއި ގުޅިގެން އެ ރެސްޓޯރެންޓުން ބުނެފައި ވަނީ ވޭޓަރަށް ހަމަލާދިން މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި އަދި ފުރަތަމަވެސް ވޭޓަރާ މުހާތަބު ކޮށްފައި ވަނީ ރުންކުރުކޮށް ކަމަށެވެ. އޭނާ ބުނިގޮތުގައިި ވޭޓަރަށް އެ މީހުން ހަމަލާ ދިނީ ތައްޓެއް ތަޅާލިކަމަށް ބުނެއެވެ. އަދި އެމީހުން ވަނީ ކާއެއްޗިހި ލަސްކަމަށް އެތައް ފަހަރަކު ޝަކުވާ ކޮށްފައި ކަމަށާއި ނަމަވެސް އެހާ ބައިވަރު މިހުންނަށް ކުޑަ ވަގުކޮޅެއްގެ ތެރޭގައި ކާނާ ފޯރުކޮށްދިނުމަކީ ދަތިކަމެއް ކަމަށް ރެސްޓޯރެންޓުން ވަނީ ބުނެފައެވެ.

އެހާދިސާގައި ބޮޑަށް އަނިޔާވެފައި ވަނީ ވޭޓަރަށް ނަމަވެސް އެކަން ހުއްޓުވަން މަސައްކަތްކުރި މީހުންނަށް ވެސް އެގުރޫޕުން ވަނީ އަނިޔާކޮށްފައެވެ. އޭގެ ތެރޭގައި ރެސްޓޯރެންޓުގެ ޝެފުންނާއި ޖެނެރަލް މެނޭޖަރު ހިމެނެއެވެ. މިހާރު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އެ ރެސްޓޯރެންޓުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު