މަޝްހޫރު ޓީވީ ސީރީސް "ފްރެންޑްސް"ގައި ފެނިގެން ދާ ދެ ތަރިން ކަމުގައިވާ ކޯޓްނީ ކޮކްސް (މޮނިކާ) އާއި މެތިއު ޕެރީ (ޗާންދްލާ) ގެ ސެލްފީއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ސީރީޒްގައި މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ކައިވެނިވެސް ކުރާއިރު، އެތައް ބަޔަކަށް މި ދެ މީހުންގެ ވަނީ ކަމުގޮސްފައެވެ. ނަމަވެސް ފްރެންޑްސްގެ ޝޯ ނިމުމާއި އެކު އެ ސީރީޒްގައި އެކްޓު ކުރި ފަންނާނުން އެއްތަނަކުން ބައްދަލުވެފައި ވަނީ ވަރަށް މަދުންކަން ފާހަގަކޮށްލެވެއެވެ.

ދެމީހުން ވަނީ އެކުގައި ވަނީ "ލަންޗް" ނަގާފައި

މިގޮތުން އާއްމު ގޮތެއްގައި ޖެނިފާ އެނިސްޓަން (ރޭޗަލް) އާއި ލިސާ ކުދްރޯވް (ފީބީ)ގެ އިތުރުން މޮނިކާ އެއްތަނަކުން ބައްދަލުކޮށް ހަދައެވެ. ނަމަވެސް، ސީރީޒްގެ ލީޑް 6 އެކްޓަރުން އެއްކޮށް އެހައި ގިނައިން ނުފެނެއެވެ.

މޮނިކާ އާއި ޗާންދްލާ އެކުގައި ނެގި ފޮޓޯ އިންސްޓަގްރާމްގައި ހިއްސާ ކުރުމަށް ފަހު މޮނިކާ ވަނީ ފްރެންޑްސް ޝޯގެ ހަނދާންތައް އައު ކޮށްލާފައެވެ. މި ޕޯސްޓަށް ފީބީ އާއި ދާދި ފަހުން އިންސްޓަގްރާމް ބޭނުން ކުރަން ފެށި ރޭޗަލްވެސް ވަނީ ކޮމެންޓު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ރޭޗަލް މިފަހުން ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ސީރީޒްގެ ހުރިހާ އެކްޓަރުން ބެލުންތެރިންނާއި ހަމައަށް އެއްޗެއް ގެނެސްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އެއީ ފިލްމެއް ކަމެއްވެސް، ނުވަތަ ސީރީޒް އެއް ކަމެއްވެސް ރޭޗަލް ސާފު ކޮށްދީފައެއް ނުވެއެވެ.