މިއީ ރާއްޖޭގައި އެންމެ ތަފާތުކޮށް، އަދި އެންމެ މީރުކޮށް ކޭކު އަޅާ މީހާގެ ފޭސްބުކް ޕޭޖާއި އިންސްޓަގްރާމްް ޕޭޖެވެ. ހުަސް ފޮނީގެ ނަމުގައި ހިންގާ އެ ދެ ޕޭޖަށް ވަންނާށެވެ. ޒުވާނެއްގެ ފުރިހަމަ އަދި ތަފާތު މަސައްކަތެއް ފެނިގެން ދާނެއެވެ.
ކުރިން އަމިއްލަ ގޭގެ މީހުންނަށް ކޭކު އަޅައިދީ އުޅުނު، ރީނީގެ ނަމުން ގިނަ ބަޔަކު ދަންނަ ޒުވާނާ މިހާރު ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ކޭކު އަޅަައިދޭން އޭނާ ހުރީ ތައްޔާރަށެވެ. އޭނާ އަޅާ ކޭކުގެ ރަހަ ތަފާތު ވާނެއެވެ. މީރު ވާނެއެވެ. އަގުތައް ވެސް ރަނގަޅުވާނެއެވެ. ޔަގީނުން ވެސް އޭނާގެ ކަސްޓަމަރުން ދެރަކޮށެށް ނުލާނެއެވެ. އޭނާ ދޭނީ ކަސްޓަމަރުންނަށް ވެސް ސަޕްރައިޒެވެ. އޭނާ އަޅައި ދޭ ކޭކު އެހާ ފުރިހަމަ ވާނެކަމުގެ ޔަގީންކަން އޭނާ ދެއެވެ.
ރީނީގެ ފޭސްބުކް ޕޭޖުން ފެނުނު އެންމެ ތަފާތު ކޭކުތަކުގެ ތެރޭގައި، ފަހާ ފޮށްޓެއްގެ ބައްޓަމަށް އަޅާފައިވާ ކޭކާއި، ބިރިޔާނީ ތަށްޓެއްހެން ހީވާ ގޮތަށް އަޅާފައިވާ ކޭކާއި، ޑޮލަރު ކޭކާއި، ސައިކަލެއް ގޮތަށް ތައްޔާރު ކޮށްފައިވާ ކޭކު ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން ސައިކަލު ކޭކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.
https://www.facebook.com/581052305732399/posts/738111536693141?sfns=mo
ކޮންމެ ކަހަލަ މުނާސަބަކާއި ގުޅިގެން ކޭކެއް އަޅަން ބޭނުންވިޔަސް އޭނައަށް ގުޅާލަންވީއެވެ. އެ މަސައްކަތަށް އޭނާ ހުރީ ތައްޔާރުވެ ދެއަތުކުރި އޮޅައިލައިގެންނެވެ.
މި ޒުވާނާގެ ކޭކު އެޅުމުގެ މަސައްކަތުން ފަށައިގަތީ....
ރީނީ ބުނީ، އޭނާ ކޭކު އެޅުމުގެ މަސައްކަތް ފަށައިގަތީ 2018 ވަނަ އަހަރު ދަރިފުޅަށް ކޭކެއް އަަޅަން ބޭނުން ވި ހިސާބުންނެވެ. އެ ދުވަހު ދަރިފުޅު ބޭނުންވާ ގޮތަށް ކޭކެއް އަޅަން ބޭނުންވެގެން ފެށި މަސައްކަތް މިއަދު ވަރަށް ކާމިޔާބު ވެއްޖެއެވެ. ގިނަ ބަޔަކު އޭނާގެ މަސައްކަތް ބަލައިގެންފިއެވެ.
"އޭގެ ކުރިން ކޭކު އަޅައެެއް ނުވެސް އުޅެން. ގޭގައި އަަވަނެއްވެސް ނީންނާނެ، ހަމައެކަނި ފްލޭވާސް ކޭކްސް އެއްޗެސް އަޅަނީ، އެއިރުވެސް އިންޓްރެސްޓިންގއެއް ނުހުރޭ، މި ބުނާ ދުވަހު ކިޑްގެ ބާތްޑޭއަށް އޭނާ ރިކުއެސްޓް ކޮށްގެން އަޅަން ޓްރައިކުރީ، ދެން އޭތީ ވަރަށް ރީތިކޮށް އެޅުނު، ދެން އެފަހުން އިންޓަރެސްޓް އުފެދުނީ"، ހުސް ފޮނި ކޭކު ޕޭޖުގެ ވެރިޔާ ރީނީ ބުންޏެވެ.
ރީނީ ބުނީ، އެ ކޭކު ރީތިކޮށް އެޅުމުން އަނެއްކާ ވެސް އެ އަހަރު ޑިސެމްބަރު މަހު އިތުރު ކޭކެއް އަޅަންޖެހުނުކަމަށެވެ. އެއީ ވެސް އޭނާގެ ގޭ ކުއްޖަކަށް އަޅައިދިން ކޭކެކެވެ.
"އޭތިވެސް ރީތިވެގެން ގިނަ ބަޔަކު އުޅުނީ. ދެން މި އަހަރު މާރިޗްގައި އަސްލު ކަސްޓަމަރުންނަށް އަޅައިދޭން ފެށީ"
އޭނާ މި މަސައްކަތް ފަށައިގަތީ އެއްވެސް ކަހަލަ ތަމްރީނުތަކެއް ހޯދައިގެން ނުވަތަ ކޯހެއް ހަދައިގެނެއް ނޫނެވެ. އަމިއްލަ ޝަޢުޤުވެރިކަމުގެ ސަބަބުންނާއި އަމިއްލަ ހިޔާލު ބޭނުންކޮށްގެންނެވެ.
ފޭސްބުކް އާއި އިންސްޓަގްރާމް ޕޭޖްގެ ފެށުން
ރީނީ ބުނީ، ފޭސްބުކް ޕޭޖެއް ހަދާ ކަސްޓަމަރުންނަށް ހުޅުވާލީ މި އަހަރު މާރިޗް މަސް ތެރޭގައި ކަމަށެވެ. އަދި އޭގެ ފަހުން އިންސްޓަގްރާމް ޕޭޖެއް ވެސް ހުޅުވަައި، އެ ޕޭޖުތަކުގައި އޭނާގެ މަސައްކަތް ދައްކުވައި ދީ، ކަސްޓަމަރުން ހައިރާން ކޮށްލީއެވެ. ހައިރާން ނުވާންވީ ސަބަބެއް ނެތެވެ. އެއީ އަސްލު ކޭކެއް ތޯ، އެ ކޭކަށް ބަލާ މީހުންނަށް ވެސް ނޭގޭ ވަރުގެ ކޭކުތައް އެ ޕޭޖުގައި އެބަ ހުއްޓެެވެ.
ތަފާތު ހިޔާލުތައް އައި ގޮތް
"އަސްލު ބޭނުންވާ ގޮތަކީ އާއްމުކޮށް ރާއްޖޭގައި އަޅާފައި ހުންނަނީ، ސްކޮޔާ ކޭކެއް އަޅާފައި ނޫނީ ރައުންޑް ކޭކެއް އަޅާފައި އޭގައި މާތަކެއް ޖަހާފައި، ނޫނީ ކޮންމެވެސް ގޮތެއް ހަދާފައި، ނޫނީ ކޭކް ޓޮޕާސްއެއް ޖަހާފައި، އަސްލު އެ ތިންކިންގ ޗޭންޖް ކުރަން ބޭނުންވީ. އައިޑޯންޓް ވޯންކް ކޮންމެހެން ކޭކަކަށް ކޭކެއް އަޅަން" ހުސް ފޮނި ޕޭޖް ހިންގާ ރީނީ ބުންޏެވެ.
އޭނާ ބުނީ، ކަސްޓަމަރު ވަކި ތީމެއް ނުަވަތަ ކޭކް ހުންނަން ބޭނުންވާ ގޮތެއް ބުނުމުން، އެ ކަސްޓަމަރު ކޭކު އަޅަން ބޭނުންވާ ފަރާތުގެ މައުލޫމާތު ހޯދުމަށްފަހު، އެ ކަސްޓަމަރުގެ ހިޔާލު ހުރިގޮތެއް ވެސް ބަލާކަމަށެވެ. އަދި އެ ހިޔާލުތަކާއެކު އެ ކަސްޓަމަރެއްގެ ބަޖެޓަށް ފައްތައިގެން ނޫނީ ކަސްޓަމަރަށް ކިޔާދީގެން ކުރިޔަށް ގެންދާކަމަށް އޭނާ ބުންޏެވެ.
"އެ ހުރިހާ ކްރިއޭޓިވިޓީއެއް އަޅުގަނޑު މި ގެންނަނީ އަމިއްލައަށް، އާއްމުކޮށް ކަސްޓަމަރަށްވެސް ކޭކު ފެންނާނީ ފިނިޝިންގގައި. ކަސްޓަމަރު ޕިކްޓައެއް ދައްކާފައި މި ބުނަނީ މިގޮތަށޭ ބޭނުންވަނީ ބުނީމަ، އަޅުގަނޑު ބުނަން އެޅިދާނެ އޭ، މައްސަލައެއް ނޯންނާނެ އޭ އެކަމަކު ތި ކޭކަށް ކުޑަކޮށް ޗޭންޖެއް ގެނެއްސިއްޔާ އަދި މާ ރީތި ވާނެއޭ. އެއީ ސީދާ ކޮޕީ ކުރަންވެސް ކުރެވިދާނެ އޭ އެކަމަކުވެސް ބޮޑަށް ރީތިވާނީ މިހެން މިހެން ހެދީމައޭ".
ރީނީ ބުނިގޮތުގައި، ކަސްޓަމަރުން ދޭ ހިޔާލުތަކާއި، އޭނާ ގެންނަ ބަދަލުތަކާއެކު، ކޭކު އަޅަން ގިނަ ކަސްޓަމަރުން އެއްބަސްވެއެވެ.
"އަބަދުވެސް އޮޕްޝަންސް ދެން ހެދޭނެ ގޮތާއި ރީތިވާނެ ގޮތާއި އެ މީހުންގެ ތީމަށް ފިޓްވާނެ ގޮތާއި ހުރިހާ އެއްޗެއްވެސް"
"އަދި އެ މީހުން އެ މައުލޫމާތުތައް ދިނީމަ އައި ސަޖެސްޓް ކިހިނެއްހޭ ވާނީ މިގޮތަށް އެގޮތަށް އަޅަން. އަޅުގަނޑު އިންނާނެ ބިރިޔާނީ ކޭކެއްވެސް އަޅާފައި. އެ ކޭކުވެސް އެއީ އެ ކުއްޖާގެ ފޭވަރޭޓް ޑިޝް. ސޯ އައިތޯޓް ވައިނޮޓް އައި މޭކް ދެޓްއޭ. ދެން އަޅުގަނޑު އޭތި ސަޖެސްޓް ކުރީމަ ކަަސްޓަމަރުވެސް ވަރަށް ހިތްހަަމަ ޖެހުނު. ދޭ ވާ ލައިކް ޝޮކްޑް. ސޯ ރިއަލްއޯ ބުނީ، ޗިކަންއާއި އެއްޗެހި ހުރީމަ،އަނެއްކާ އެ ކުއްޖާ ބޭނުން ނުވި އެ ފަޅާކަށްވެސް".
އޭނާ ބުނީ، އެ ކޭކު އަޅާ ނިންމުމަށްފަހު، އެ ކޭކު ގެންދިޔުމުން ކަސްޓަމަރަށް ވެސް އަދި އެ ކުއްޖާއަށް ވެސް އެ ކޭކު އެއީ ކޭކެއްކަން ވެސް ގަބޫލު ނުކުރެވުނު ކަމަށެވެ.
މިގޮތަށް އޭނާގެ ޕޭޖުން ފެނުނު ފަހާފޮށި ކޭކު ވެސް ފެނުމުން ކަސްޓަމަރު ހުރީ ވަރަށް އަޖައިބުވެފައެވެ.
ތަފާތު ފްލޭވަސް ތަކުގެ ކޭކު އަޅައިދެން
ރީނީ އަކީ ތަފާތު ފްލޭވާސްތަކާއި، ތަފާތު ރަހަތައް ކޭކަށް ގެނެސްދީ ކޭކުގެ ރަހަވެސް މީރުކޮށްލަދޭ ޒުވާނެކެވެ. މިގޮތުން ދިވެހިންގެ ރަހަތަކާއި ގުޅޭ އަމިއްލަ ފްލޭވާސްތައް އޭނާ އަމިއްލައަށް ތައްޔާރުކޮށްފައި ހުރެއެވެ.
"މިސާލަކަށް ޝަރުބަތު ކޭކު އެއީވެސް އަޅުގަނޑު އަމިއްލައަށް އުފެއްދުމެއް، އެއީވެސް ވަރަށް ހިނގާ އެއްޗެއް ކަސްޓަމަރުންގެ މެދުގައި. ދެން އަޅުގަނޑު ހަދަން ރާނބާ ފްލޭވާޑް ކޭކު. އެއީވެސް ވަރަށް މަޝްހޫރު އެއްޗެއް. އެންމެ މަޝްހޫރު އެއްޗަކަށް އިންނާނީ ނައްޓެއްލާ ކޭކު ކިޔާ އެއްޗެއް. އެެވެސް އަޅުގަނޑު އަމިއްލައަށް ދެ ތިން ފަހަރެއްގައި ހަދާފައި ރަހަ އެޑްޖަސްޓް ކޮށް އެކްސްޕެރިމެންޓްކޮށްފައި ހަދާފައި ހުންނަ އެއްޗެއް". ރީނީ ބުންޏެވެ.
އޭނާގެ ކޭކުތައް މީރުވެގެން އެ ވާހަކަވެސް ގިނަ ބަޔަކު ދައްކައެވެ.
"ހަމަ އެކަނި ނޯމަލް ބަޓާ ކްރީމެއް ނޫން އަޅުގަނޑު ކޭކުގައި ޖަހާނީކީ. މިސާލަކަށް އެ ކޭކު ފަޅާލާއިރު އެތެރޭގައިވެސް ހުންނާނެ ޑިފަރެންޓް ޓައިޕްސް، މިސާލަކަށް ސްޓްރޯބެރީ ޖޫރީސް ބްލޫބެރީ ޖޫރީސް ހަދާފައި ނޫނީ ޗޮކްލެޓް އެއްޗެހި ހަދާފައި. އެއީ ކަސްޓަމަރު ކައިރިން އަހާފައި މިވެނި މިވެނި ފްލޭވާއެއް.". ރީނީ ބުންޏެވެ.
ހުސް ފޮނި މެދުވެރިކޮށް ކޭކު އަޅަން ބޭނުންވާ ފަރާތްތަކުން ކަންތައް ކުރަންވީ ގޮތް
ހުސް ފޮނި ޕޭޖް ހިންގާ ރީނީ ބުނީ، އޯޑަރު ދޭނަމަ ހަފްތާއެއް ކުރިން އެންގުމަށެވެ. އެ މަސައްކަތް ކުރަމުން ދަނީ އެކަނިމާ އެކަނި ކަމުން އޭނާއަށް އެ ވަގުތު ބޭނުން ނުވެއެވެ. ހުސް ފޮނި ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެންނާއި، އަދި އިތުރު މައުލޫމާތު ބޭނުންނަމަ ގުޅާލައިގެން ވެސް މި މީރު އަދި ތަފާތު ކޭކްތަކަށް އޯޑަރު ދެވޭނެއެވެ.
ހުސް ފޮނި ޕޭޖްގެ ނަމްބަރަކީ 9875758 އެވެ.
"އެއީ އޭތި ކުރަހާފައި، ގެނެސް ދޭނެގޮތާއި އެއްޗެހި ހަމަޖައްސަން ނީޑް އެޓްލީސްޓް އަ ވީކެކޭ".
ރީނީ ބުނީ، އޭނާގެ ކޭކުތައް އަގުބޮޑު ކަމަށް ކަސްޓަމަރުން ބަލާ ބެލުމަށް ހީވިއަސް، ކަސްޓަމަރުންގެ ބަޖެޓާއި އެއްވަރަށް އޭނާ ކޭކު އަޅައި ދޭ ކަމަށެވެ. އަދި އޭނާއަކީ ޕައުންޑަށް ބަލައިގެން ކޭކު އަޅާ މީހެއް ނޫންކަން ވެސް އޭނާ ފާހަގަކުރިއެވެ.
އެހެންކަމުން މިއީ "ހުސް ފޮނި" ކޭކުު އިން ކަނޑާ ފޮންޏެއް ނޫންކަން ސާބިތުކޮށްކޮށްލުމަށް ނިކަން އެ ޕޭޖަށް މެސެޖްކޮށްގެން ބޭނުން ވައްތަރެއްގެ ނޫނީ ފްލޭވާއެއްގެ ނޫނީ ބޭނުން ޑިޒައިނެއްގެ ކޭކަކަށް އޯޑަރު ކޮށްލާށެވެ. އެ ޕޭޖްގެ ވެރިޔާ، އެ ކޭކަކީ ކަސްޓަމަރު ބޭނުންވާ ވަރަށް ވުރެވެސް ރަނގަޅަށް އަދި ފުރިހަމަކޮށް އަޅައިދޭނެއެވެ.
މިފަދަ ކޭކު ކެއުމަކީ ކޮންކަހަލަ ކަމެއްތޯ
ވާވް ހާދަ މޮޅޭ، ماشاءالله
ޓީއެލްސީގަ ދައްކާނެ އެކި ފާޑުގެ ތިޔަބުނާ ވައްަތަރުގެ ކޭކްތައް ހަދާތަން ވަރަށް ތަފްސީލްކޮށް ކޭކުއެޅުމަށް ކޭކްތައްޔާރުކުރުމަށްބޭނުންވާ ހުރިހާކަމެއް ، އެޕްރޮގްރާމް ބަލާނަމަ ތިޔައީ އުނދަގޫ ކަމެއްނޫން ކޭކް ފުށްގަނޑު ތައޔާރު ކުރުމުން ފެށިގެން ޑިޒައިން ހެދުމާ މާ ހެދުމާ ހުރިހާ ކަމެއް ހަމަ އ. އިން ޔާ. އަށޭ ބުނާގޮތަށް
މާޝާ ﷲ ވަރަށް ރީތި އަދިވެސް ހެޔޮވިސްނުމައިއެކު ކުރިއަށް ގެންދަވާށި.
'ފްލޭވަރސް ކޭކްސް އެއްޗިސް އަޅަނީ' އޭ؟ އެއްޗިސް އަކީ ދިވެހިރާއްޖޭގެ ބަހެއްބާ؟ ޕިސްޕިސް....
'ފްލޭވަރސް ކޭކު ކަހަލަ އެއްޗެހި އަޅަނީ'.' މިހެން ނޫންބާ ތިޔަ އިބާރާތް އޮންނަން ޖެހެނީ؟