މަރުގެ ޙުކުމް ކޮށްފައިވާ އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ މީހަކު މަރަން ޖެހި ތިން ލީތަލް އިންޖެކްޝަނުން ވެސް އޭނާ މަރުނުވެ ސަލާމަތް ވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މަރަން ކުރި ހުކުމާއި އެއްގޮތަށް އޭނާއާއި މެދު އަމަލުކޮށްފައި ވީނަމަވެސް އޭނާ ސަލާމަތްވުމުން މިހާރު ވަނީ މިނިވަން ކުރުމަށް ނިންމާފައެވެ.

މިކަމާއި ގުޅިގެން އެ ފިރިހެން މީހާގެ ވަކީލުން ބުނެފައިވަނީ، ޤާނޫނާއި އެއްގޮތަށް އޭނާއަށް އަދަބު ދެވިފައިވާ ކަމަށާއި ނަމަވެސް މިހާރު އޭނާއަށް ލިބުނީ ދިރިއުޅުން ކުރިޔަށް ގެންދިއުމަށް ދެވަނަ ފުރުސަތެއް ކަމަށެވެ. އަދި އެއީ އޭނާ ކުރި ކުށާއި ބަލައި ލިބެން ޖެހޭ ފުރުސަތެއް ކަމަށްވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.

ނޫސްތައް ބުނާގޮތުގައި އެމީހާ މެރުމަށް ޙުކުމް ކޮށްފައިވަނީ 1997 ވަނަ އަހަރުއެވެ. އެ ހުކުމް އޭނާއަށް ކޮށްފައިވަނީ އަވައްޓެރިއަކު ގެންގުޅުނު ޖަނަވާރުތަކެއް މަރާލާއި އަވައްޓެރިންނަށް ގެއްލުންދިން މައްސަލައަކާއި ގުޅިގެންނެވެ. މި މައްސަލަ އާއި ގުޅިގެން ޝަރީޢަތުގައި އޭނާ ވަނީ އޭނާ އާއި ދެކޮޅަށް ކޮށްފައިވާ ދައުވާތަކަށް އިއުތިރާފްވެސް ވެފައެވެ. އެއާއެކު ޝަރީޢަތުން ޙުކުމް ކޮށްފައި ވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން އޭނާ މެރުމަށެވެ.

މި މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުރުމަށްފަހު އޭނާ މެރުމަށް ބޭނުންކޮށްފައިވާ ލީތަލް އިންޖެކްޝަނަކީ ވަރަށް އަވަހަށް މީހާގެ ފުރާނަ ހަށިގަނޑާއި ވަކިކޮށްލާ އިންޖެކްޝަނެކެވެ. ނަމަވެސް މި އިންޖެކްޝަން ތިން ފަހަރު ޖަހައިގެންވެސް އޭނާ މަރުން ސަލާމަތްވި ގޮތެއް އެނގިފައެއް ނުވެއެވެ. މިކަން މިހާރު އިދާރާތަކުން ތަހުޤީޤު ކުރަމުންދާއިރު، އެކަމާއި ގުޅޭގޮތުން ތަފާތު އެކި ތުހުމަތުތައް ކުރެވެމުން ދެއެވެ.

މަރުގެ ޙުކުމް އެކި ގޮތްގޮތަށް ތަންފީޒު ކުރާއިރު، ލީތަލް އިންޖެކްޝަން ގެ އިތުރުން ނޭވާ ހާސްކޮށްލައިގެންނާއި ކަރަންޓު ޖައްސައިގެން އަދި ދަން ޖައްސައިގެން ވެސް މަރަން ޙުކުމް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    އެހެންމީހެއްގެ މަރުގެ ބަދަލުގައެއްވެސް ނޫންދޯ؟ ޖަނަވާރަކު މަރައިގެން އިންސާނަކަށް މަރުގެ އަދަބު ދިނުމަކީ އެމެރިކާގެ ޑިމޮކްރަސީއާ ޚިލާފުކަމެއް. އެހެންޤައުމުތަކަށް މީހުންނަށް މަރުގެ އަދަބު ނުދިނުމަށް އިންޒާރުކުރާއިރު މިމީހުން ވަރިހަމަ ކޮންމެ ކަމެއް ކުރިޔަސް. ދުނިޔޭގެ ސުޕަރޕަވަރުވީމަދޯ!؟

    11