ޗައިނާގައި އަންހެން ކުއްޖަކު އޭނާ އަށް 21 އަހަރުވީ ދުވަހު އަމިއްލަ އަށް މަރުވެފަ އޮއްވާ ފެނިއްޖެ އެވެ.

އުމުރުން 21 އަހަރުގެ ލިފާން މަރުވެފަ އޮއްވާ ފެނިފައިވަނީ އޭނާގެ ކޮޓަރިތެރޭގަ އެވެ. ބައެއްނޫސްތަކުން ބުނާގޮތުގައި އޭނާ މަރުވުމުގެ ކުރިން ޓްވިޓާ މެސެޖް އެއްގައި ބުނެފައިވަނީ އޭނާ އަށް ކުރިއަކަށް ނުދެވޭނެ ކަމަށާއި އަދި އުއްމީދު ކަނޑާލާފައިވާ ކަމަށެވެ.

ލިފާން އަކީ ކިޔަވާ ކުއްޖެއްކަމަށާއި އޭނާ އަކީ ކިޔަވަންވެސް މޮޅު ކުއްޖެއްކަމަށް އޭނާ ގެ އާއިލާއިން ބުނެފައިވެ އެވެ. ލިފާން ގެ އާއިލާއިން ބުނީ އޭނާ ކުއްޖަކާ ރައްްޓެހިވެގެން އުޅޭކަމެއް އެނގިފައި ނުވާކަމަށެވެ. އަދި ގޯސްކަމެއް ހިނގާކަމަށް އެނގިފަވެސް ނުވާކަމަށް އެ އާއިލާއިން ބުނެފައިވެ އެވެ.

ގިނަވަގުތު ކިޔެވުމުގައި އުޅެމުން ލިބޭ މަދު ވަގުތެއްގައި އިތުރު ކަންކަން ކުރަމުން އަންނަ ލިފާން ގެ އެންމެ ގާތް އެކުވެރިޔާ ބުނީ އޭނާ އަކީ ވަރަށް ކެތްގަދަ އިންސާނެއްކަމަށާއި ލިފާންގެ ކްލާސް ކުދިން ލިފާން އާއި ވަރަށް ޖެހިފައި ހުންނަކަމަށް ލިފާން ގެ އެންމެ ގާތް އެކުވެރިޔާ ބުނެފައިވެ އެވެ. އެކަމާ ގުޅޭގޮތުން އޭނަ ގެ ކްލާސް ކުދިންނާ ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން މިކަން ހިނގި ކީއްވެކަން ކޮންމެސް ވަރަކަށް އެނގިފައިވާކަމަށް އެއާއިލާއިން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މިކަން ހިނގާފައިވާކަމަށް ބޮޑަށް ބެލެވެނީ ބުލީ ކުރުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މިއީ މިހާރު އާއްމު ކަމެއްކަމަށާއި މިކަމަކީ ކުދިން އެންމެ ފަހުގެ ނިންމުިން ނިންމާކަހަލަ ކަންކަން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މިހާތަނަށް މިކަހަލަ ކަންކަން ކުރިއަށް ވުރެ ބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކުރަމުން ފުލުހުން ބުނީ ބުލީކުރުން ހުއްޓުވަން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަކަމަށައި އަދި މިހާތަނަށް އެންމެ ފުރިހަމަ ހައްލެއް ލިބިފައި ނުވާކަމަށް ބުނެފައިވެ އެވެ.

ލިފާން ގެ މަރުގެ ހާދިސާއަށް ފަހު އެގައުމުގެ ޔުނިވާސިޓީތަކުގެ ކަންކަން މިހާރަށްވުރެ ބޮޑަށް ފުލުހުން ބަލަމުން ގެންދާނެކަމަށް ބުނެފައިވެ އެވެ.