އެމެރިކާގެ އަލަސްކާގެ ކޮލެޖެއްގައި ޕާކިން ޓިކެޓްގެ ބަދަލުގައި ކާއެއްޗެހި ޕާކު ކުރަން އަންނަ ފަރާތެއްގެ އަތުން ހޯދަން ފަށައިފިއެވެ.

ކޭޓީޔޫޔޫ ޓީވީން މައުލޫމާތު ދެމުން ބުނެފައިވަނީ ހުރިހާ ފަރާތްތަކަށް މި ފުރުސަތު އެބަ އޮތް ކަމަށާއި އެކަން ކުރަނީ ވަކި ބޭނުމެއްގައި ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމުން ޕާކް ކުރާ ފަރާތްތަކުގެ އަތުން ލާރި ނުގޮސް ކާއެއްޗެއް ދިނުމުން ޕާކް ކުރަން އަންނަ ފަރާތްތަކުގެ އަދަދު އިތުރުވާނެ ކަމަށެވެ.

ޕާކިން ޓިކެޓްގެ ގޮތުގައި އެކޮލެޖުން ހޯދަމުން އަންނަނީ "ޕީނަޓް ބަޓަރ" ގެ އިތުރުން "ޖާމް" އެވެ. އެކޮލެޖުގެ އޮފިޝަލަކާއި ހަވާލާދީ އެ ޓީވީން ބުނެފައިވަނީ އެގޮތަށް އެފަރާތުން ހޯދާ ކާއެއްޗެހި ހަދިޔާ ކުރަމުން އަންނަނީ ކާއެއްޗެހި ނުލިބި ބޭނުން ޖެހިފައިވާ ކުދިންނަށް ކަމަށެވެ.

މީގެ އިތުރުން 454 ގްރާމް އަކީ 10 ޑޮލަރު ކަމަށާއި، އަދި ޕީނަޓް ބަޓަރގެ 3 ފުޅި އަކީ 35 ޑޮލަރު، އަދި 5 ފުޅި ވަނީ 60 ޑޮލަރުގެ ގޮތުގައި ވަނީ ނިންމާފައެވެ. މިދެންނެވި ތަކެތީގެ އިތުރުން އެއްވެސް ގޮތަކަށް ނުކަނޑާ ހުރި ކާއެއްޗެހި ގަބޫލު ކުރާނެ ކަމަށް އެކޮލެޖުން ވަނީ ބުނެފައެވެ.

މި ކޮލެޖްގެ އިތުރުންވެސް ބައެއް ކޮލެޖްތަކުން އަންނަނީ ކާއެއްޗެހި ގަންނަން ދަތިވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން އެކި ކަހަލަ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ.