ލުބްނާން ގައި ކުރިއަށްދާ މުޒާހަރާގައި ބައިވެރިންތަކެއް ކުރީގެ އެކްޓަރު މިއާ ހަލީފާ އަށް ވެރިކަން ދިނުމަށް ގޮވާލައިފިއެވެ.

ލުބްނާންގައި ރައްޔިތުން މުޒާހަރާ ކުރަމުންދަނީ ސަރުކާރުގެ ތެރޭގައި ހުރި ބައެއް ކަހަލަ ކަންތަކުގެ ސަބަބުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން ނަގަމުން އަންނަ އިންކަމް ޓެކްސްގެ އަގު ބޮޑު ކުރުމުން ނުރުހުން ފާޅުކޮށްފައެވެ.

މުޒާހަރާގެ ތެރެއިން ބައެއް ފަރާތްތަކުން މިއާ ހަލީފާ އަށް ވެރިކަން ދިނުމަށް ގޮވާލާފައިވަނީ އޭނާ ޓްވިޓާގައި ޖަހާފައިވާ ޕޯސްޓެއްގައެވެ. މިއާގެ އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އެގައުމުގައި ތިބި އެހެން ފަރާތްތަކުން އެމީހުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު ދަންނަވާކަމަށާއި އެ މުޒާހަރާގައި ބައިވެރި ނުވެވުނު ފަރާތްތަކުންވެސް އެކަމަށް އެއްބާރުލުން ދޭކަމަށެވެ.

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ މިއާގެ ފޮޓޯ ހިފައިގެން އޭނާ އަށް ވެރިކަން ދިނުމަށް ގޮވާލާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އޭނާ ގާތު އެމީހުންގެ ރައީސަކަށް ދެންއަންނަ ފަހަރަކު ކުރިމަތި ލުމަށް އާދޭސްކޮށްފައެވެ. އަދި އޭނާ މިހާރު ހުރި ހިސާބެއްގައި ވެސް އެކަމާއި ގުޅިގެން މުޒާހަރާ ކުރުމަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

އެމެރިކާގަައި އެކްޓްރެސް އެއްގެ ގޮތުގައި ތިން މަސް އުޅުމަށް ފަހު އޭނާ އެ ދާއިރާ ދޫކޮށްލާފައިވާއިރު މިހާރު މަސައްކަތް ކުރަނީ ސްޕޯޓްސް ކޮމެންޓޭޓަރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަރީބު

    ނަސީދަށް ވުރެ ރަގަޅުވާނެ

    16
    2
  2. ލުބުނާ

    ކޮބާ މަ އޭރުވެސް ބުނިންދޯ މިއާ ހަލީފާއޭ ވެރިކަން ކުރުމަށް އެންމެ ގާބިލް މީހަކަށް ހުރީ

    5
    6